ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގައި މިއަދު ބާއްވަން ހަމަޖައްސާފައިވާ ހާއްސަ ޖަލްސާ އަށް މަޖިލީހުގެ އިދާރާގެ ސަރަހައްދު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރުމަށާއި އެ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް ރައީސް ހުށަހެޅި ގަރާާރާމެދު މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އިދިކޮޅު މެމްބަރުން ބައިވެރިވެ ވަޑައެއް ނުގަތުމަށްވަނީ ނިންމާފައެވެ. އިދިކޮޅުން މެންބަރުން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ، އެ ގަރާރަށް ގާނޫނީ ހައިސިއްޔަތެއް ލިބިދިނުމުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ.

ސަލާމަތީ ސަބަބު ތަކަށްޓަކައި މަޖިލީސް ހިމެނޭ ސަރަހައްދު ވަނީ މުލިޔާ ގެއާ ހިސާބުން ފެށިގެން ބަންދުކޮށްފަ އެވެ. އަދި ބައެއް މެންބަރުން މަޖިލީހުން ވަންނަން މިހާރު ވަނީ ފަށައިފައެވެ. މަޖިލިސް ޖަލްސާ ފެށޭނެ ގަޑިއެއް އަދިވަނީ އެގޭނެގޮތެއް ނުވެފައެވެ.