އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އޮފިޝަލަކު ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ އެ ހުޅުދޫން ކަމަށެވެ. ހުޅުދޫން ހަތް މީހަކު ކޮވިޑަށް ފައްސިވި އިރު، ފޭދޫން ތިން މީހަކު ފައްސިވިއެވެ.

މިއާއެކު، އައްޑޫގައި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 58 އަށް އަރައިފައެވެ.

އައްޑޫގައި ކޮވިޑް ފެތުރެމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

އައްޑޫއިން އިތުރު ވޭދަނަތަކެއް ފެނިފައިވާއިރު، މިވަގުތު ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކާފިއު އިއުލާނު ކޮށްފައެވެ. އައްޑޫގައި ކާފިއު އިއުލާނު ކޮށްފައިވަނީ ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށެވެ.

މީގެ އިތުރުން އައްޑޫގެ ސްކޫލްތަކާއި ރެސްޓޯރެންޓްތައް ބަންދު ކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި އައްޑޫގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ ގިނަ ރަަށްތަކެއްގައި މި ބަލި އަންނަނީ ހަލުވިމިނުގައި ފެތުރެމުންނެނެވެ. އެގޮތުން މިހާތަނަށް ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރާއި ކ. ހިންމަފުށީގައި ވޭދަނަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިއިން ކޮންމެ ރަށަކުން 100 އަށް ވުރެ ގިނަ ވޭދަނަ މިހާރު ވަނީ ފެނިފައެވެ.

ރާއްޖެ އިން މިހާތަނަށް 35،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވި އިރު ބަލީގައި ނިޔާވެފައި ވަނީ 86 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަޙްމަދު

    ކޮވިޑޭ ކިޔާ ޖަރީމާ
    ޗައިނާގެ ސައިންސްވެރިންނާއި އެގައުމުގެ ޕަބްލިކް ހެލްތް އޮފިޝަލުން ކޮރޯނާވައިރަސް އުފެއްދުމާއި އެ ވައިރަސް މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމާ ގުޅޭ ގޮތުން މަޝްވަރާކޮށް 2015 ވަނަ އަހަރު ތައްޔާރު ކޮށްފައިވާ ލިޔުންތަކެއް ވީކެންޑް އޮސްޓްރޭލިއަން ނޫހުން ލީކް ކޮށްލައިފިއެވެ.