އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާއިރު އެ ލިސްޓު ސިއްރު ކުރުމަށް އެ ލިސްޓު ދިރާސާ ކުރާ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލާވާލާފައިވާ ޖޮއިންޓް ކޮމިޓީގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެދިވަޑައިގެންފިއެވެ.

އެކަމަކު މިއީ މީގެ ދުވަސްތަކެއް ކުރިން ހަސަން ވަކާލާތު ކުރެއްވި ގޮތެއް ނޫނެވެ.

އޮކްޓޯބަރު 23، 2019 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހަޅުއްވައި ހަސަން ލަތީފް ގޮވާލެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ މީހުންގެ ނަންތަކާއި ބޮޑެތި މަރުތަކުގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަ ކުރުމަށެވެ.

ނަމަވެސް މިހާރު އޭނާގެ ރާގު ބަދަލުވެއްޖެއެވެ. ޖޮއިންޓް ކޮމިޓީގައި ހަސަން ލަތީފް އެދިވަޑައިގަތީ ލިސްޓު ސިއްރު ކުރުމަށެވެ. ދިރާސާ ކުރުމުގެ މަރުހަލާ ވެސް ސިއްރު ކުރުމަށެވެ. ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކޮމިޓީގެ ބައްދަލުވުންތައް ކަނޑައެޅުމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީއާއި އޭގައި ޚިޔާނާތުގެ ފައިސާކަން ނޭނގި ހުރެ ފައިސާ ލިބުނު މީހުން ވެސް ހިމެނޭތީއެވެ.

"މިއީ ރައީސް [އިބްރާޙީމް މުޙައްމަދު ޞާލިޙް] އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެއްގައި ކުރަމުންދާ މަސައްކަތެއްގެ ވާހަކަ މި ދައްކަނީ. ތަހުގީގު ކުރަމުންދާ މައްސަލަތަކެއްގެ ވާހަކަ. އަދި ބައެއް މައްސަލަތަކަކީ އަދި މައުލޫމާތު އެބޭފުޅުން ހޯއްދަވަމުން ގެންދަވާ ނަންތަކެއްގެ ވާހަކަ. މިކަހަލަ ނަންތަކެއް އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ހާމަކޮށްގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ކޮމިޓީގައި ހަސަން ލަތީފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މީސް މީޑިއާގައި ހަސަން ލަތީފަށް ދަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުންނެވެ. ލިސްޓު ފެނި ސިއްރު ކުރަން ބޭނުންވަނީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ލިސްޓުގައި ހަސަން ލަތީފްގެ ނަން އޮތްތޯ ވެސް މިހާރު ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. ބޮޑެތި މަރުތަކުގައި ޝާމިލްވާ ކަމަށް ތުހުމަތު އޮތް މީހުނާއި ޚިޔާނާތުގެ ބައިވެރިވިކަމުގެ ތުހުމަތު އޮތް މީހުންގެ ނަންތައް ހާމަކުރަން ވަކާލާތު ކުރައްވަމުން ގޮސް މިއަދު ރާގު ބަދަލުވުމުގެ ފަހަތުގައި ސާފު ނުވާ ސަބަބެއް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ހުސީ

    ސަބަބު އެބުނީނު، އެއްމެން ޤަބޫލުކުރާ ސަބަބަކަށް ނުވުމަކީ އޭނަ ކުރާނެކަމެއްނޫން، ހާއްސަކޮށް ވަކި އެއްޗެއް އަޑުއަހަން ބޭނުންވެފަ ތިބޭ ތިކަހަލަ ނޫސްވެރިން.

    23
    65
  2. ބަކުރުބެ

    މި މީހުންގެ ނަންތައް އޮތީމަ ސިއްރު އެ ކުރީ. ލިސްޓުގަ ހުސް އިދި ކޮޅު މީހުންގެ ނަން އޮތްނަމަ މުޅި ލިސްޓް މިހާރު ސޯޝަލް މީޑިއާގަ ދައުރުވާނެ. ޙަހަހަަހަހަ

    111
    4
  3. ަްއަހުމަދު

    ހަސަންކޯ އުނބައްޖެހީދޯ

    92
    3
  4. ހުސޭނުބޭ

    މި ސަރުކާރުގެ އަދުލު އިންސާފު ފެނިފައި ދެފައި ކައިރިކޮށްލަންވެސް ނުކެރޭ

    101
    2
  5. އޭނާ

    މުޅި އޮޑީގައި ހަސަނުގެ ދެފައި، ކީ ކުރާނީ މީ ތަހުގީގު ކުރަން އުޅޭ މީހުންގެ ވައްތަރު.މުޅިންވެ ވެސް ހަކުރު ދެންނާ ބޮޑުބޭބެ.

    88
    1
  6. ނަމުނަސް

    އެއްވެސް މީހެއްގެ ނަންހާމަކުރާނެ ކަމެއްނެތް ވޭތުވެގޮސްފައިވާ ކަންކަން ދޫކޮށްލާ އަބަދުވެސް ބަލާ އިތުރަށް އެފަދަކަމެއް ނުވެވޭ ގޮތަށް އެންމެހާމަގުތައް ބަންދުކުރޭ މިސާލް: އަލައްއިސްލާންވާމީހާވެސް އިސްލާމްދީނަށް ވަނުމުން އަމަލް ކުރަންޖެހެނީ ތިކަން ދެން އިތުރައްބަލާނެކަމެއްނެތް އިތުތަށް ދެންހޯދާ ކޮންމެ ހެއްކަކީ ބާޠިލްވެގެންދާ ހެއްކަށްވާނީ .........؟

    25
    17
    • ކުކުޅުމުދި

      ދެން ކޮން ޖަލުތަކެއް މިހުރީ ބޮޑު ހަރަދުކޮށްގެން އަޅާފަ އެންމެންދޫކޮށްލާފަ އިތުރަށް ކުށް ނުކުރާނެގޮތް ހަދާ

      40
      1
  7. ގައުމީ ލޯބި

    ނިއުޅެމުންގޮސް ރަގަޅަށް ނިއުޅިއްޖެނަމަ، އެވެރިންނާއި އެވެރިންގެ އާރުން/ޔާރުން ވައްޓެރީން ވެހީން ތަކާއި ހިސާބަށް ހިގާދާނެ ކަމަށް ލަފާކުރެވުމުން.. ރާގު ކީއްކުރަން ތޯ.. ވަސްވެސް ރަހަވެސް އަދި އަޑައި ކުލަވެސް ބަދަލުވާނެ..ތޯއްޗެއް.

    އޭރުގެ ރަހަ އަރުތެރޭގައި ހުރިހައި ހިދަކު، މަ ހުންނާނީ ޖެހިލުންވެ، ގުޑުންއަރާފައި، އެހެންވީމާ، ސިއްރުކުރެވެން އޮތްވަރަކަށް ސިއްރު ކުރާނެ ދޯ؟

    އެކަމަކު ސިއްރުނުކުރެވޭ ދުވަހު ގެ ހާލު މާ ބޮޑުވާނެ.. ﷲ ބިރުވެތިވެ ތިމާގެ ޒިންމާތައް އަދާކރުައްވާ..

    58
  8. ކައްބެ

    ބުރޯ ބުރޯ ހަމަހުރެފަ މީހަކު ކަމަކާނުލާ ލާރިގަނޑެއްދިނިއްޔާ ނާހާނަންތަ ކީއްކުރަންދިންލާރިއެއްތޯ ހަމަޔަގީން އަހާނެކަން ދެން އެފައިސާ ބޭނުންކުރީ ކީއްވެ އަދިއެފައިސާ ބޭނުންކުރުމަކީ ގާނޫނީ ކުށެއް އެކަންނޭނގޭ މީހަކަށް ހުރީ މިރާއްޖޭގެ އެމްޑީޕީގެ ހަސަންލަތީފު މިޔަށްތަކަލޭ ތިކިޔަނީ ހިޔާނާތުގެ ފައިސާ ނޭނގި ހިފުން ލޮލް..

    52
    1
  9. ސޯޕް ލައިޓް ބްރަދަރ

    ބައިއެޅީކަމަށް ލަފާކުރެވެނީ!!!!

    44
  10. ބަކުރު

    ޖުޑިސަރީ ކޮމިޓީ އާއި ސަލާމަތީ ކޮމިޓީން ލިސްޓުބަލަމުން ކިޔަމުން ބައިހާޓުކުރިޔަސް ކަލޭމެންނަށް އެލިސްޓުންފެންނާނީ އެއްމެ ނަމެއް އެއީ ކަލޭމެން ގާނޫނާއި ހިލާފަށް ހަށްޔަރު ކުރި ރައީސްޔާމީން ދެންތިބީ ހުސްސޯލިހުން ވެރިމީހާލައިގެން.

    49
    1
  11. މނބވ

    ރައްޔިތުން އިސްލާހުގެ މަސައްކަތް ވަނީ ފައްޓަވާފައި އެކަން ކައުންސިލް އިންތިހާބުން ފެންނާނެ 23 ގައި ބޮޑުނަތީޖާ ދައްކާނަން

    45
    1
  12. ޔތރ

    ރައްޔިތުން އިސްލާހުގެ މަސައްކަތް ވަނީ ފައްޓަވާފައި އެކަން ކައުންސިލް އިންތިހާބުން ފެންނާނެ 23 ގައި ބޮޑުނަތީޖާ ދައްކާނަން

    30
  13. ެފިކުރު

    ރ.ނަޝީދު ވިދާޅުވާގޮތުން ނަމަ ކޮން ސިއްރެއް. އެއީ ޚިޔާނަތުގެ ފައިސާކަން ރ. ޔާމިނަށް އިނގޭކަމަށް ބުނެ 5 އަހަރު އަދަގޮޑިއަށްލީ ކީއްވެ.

    34
  14. މާމީ

    ވަގުންތައް ފެނުނީމަ ބިރުން ފޮރުވަނީ...

    40
  15. މީރާއަލިފް

    ތީ ޓޫ ވަން ޒީރޯ މިލިއަން ގެ ވާހަކަ ދެއްތޯ؟ެ އެހެންވީމާ 210 މިލިއަން ހުރި ތަފާތަކީ ކޮބާ؟

    20
  16. ބުއްޅަބޭ

    ތި ލިސްޓު އަދި ލީ ކު ކޮށްލާނެ!

    28
  17. ކޮތަރު

    ޖޮއިންޓް ކޮމިޓީގައި ހަސަން ލަތީފް އެދިވަޑައިގަތީ ލިސްޓު ސިއްރު ކުރުމަށެވެ. ދިރާސާ ކުރުމުގެ މަރުހަލާ ވެސް ސިއްރު ކުރުމަށެވެ. ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކޮމިޓީގެ ބައްދަލުވުންތައް ކަނޑައެޅުމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީއާއި އޭގައި ޚިޔާނާތުގެ ފައިސާކަން ނޭނގި ހުރެ ފައިސާ ލިބުނު މީހުން ވެސް ހިމެނޭތީއެވެ (ރައީސް ޔާމީން އައް އެމް އެމް ޕީއާރުސީ ގެ ފައިސާ ކަމައް ބުނާ ފައިސާ ލިބުނު އިރު އެމަނިކުފާނައްވެސް އެނގިނުލައްވާ އެއީ ކޮން ފައިސާ އެއް ކަމެއް)

    25
    1
  18. ބުރޯ

    ހިޔާނާތު ލިސްޓު، ބޮޑެތި މަރުތަކުގެ ލިސްޓު، ފުލެޓު ލޮސްޓު. މި ސަރުކާރުން ހާދަ ލިސްޓެކޭ މިހަދަނީ. ދުވަހަކުވެސް މިއިން ލިސްޓެއް ފެންނަ ވަރެއް ނުވޭ. ގުރޯސަރީ ލިސްޓެއް ނެއްތަ ތުޔަކު؟

    21
  19. ސަފާ

    ވަގުންނަށް އެގޭނެ އެމީހުނާ ގާނޫނު އަރާ ހަމަކޮށް ވިއްދާެިރު.
    ކުރިން ޔޫތު މިނިސްޓްރީގެ އޮޯޓް ރިޕޯޓުގަވެސް އެ އޮތީ އެތައްއެތައް މިލިޔަނެއް ވަގަށް ނެގިކަން އސމިއްލަ ނަފްސަށް އެގޭއިރު ބިރު ނަގާނެ..ފުއްޕާފަ ހަތަތުކަށިމަތި މާލެ ވެގެން އުޅުނަސް.

    22
    1
  20. މާލޭމީހާ

    ކަލޭމެން ނަކައް ތިމައްސަލަ ބަލާކައް ނުކެރޭނެ ލިސްޓު ފެނުނީނާވެސް އެކަން އެނގިއްޖެ ކަލޭމެން ޖަލައްލާން ބޭނުންވިމީހާ އެހެރީ ޖަލުގަ އެވެސް ނުހައްގު ޙުކުމެއްގަ

    25
  21. ދިވެހިސޮރު

    ބަލަ ހަސަނާ ޔާމިން ސަރީއަތް މުޅިދުނިޔެއަށް ލައިވް ކުރީ. އޭނައަށް ނުބައި ހުކުމެއް ކުރިއިރު ޔާމީންގެ އެކައުންޓްގައިވެސް އެހެން ގޮތަކަށް ލިބުނުފައިސާހުރެދާނެ ނޫންތޯ އެއީ އުޒުރެއްކަމަށް އެހެންމީހުންގެ ނަން ހާމަނުކުރެވެނީ . ޔާމީންގެ ދުސްމަނުން ގަބޫލުކުރާގޮތުގަ ތިޔަމައްސަލައިގަ ޖަލަށްލާންޖެހޭނީ ޔާމީން އެކަނި .އެކަމު އޭނަ 1 މަސްދުަވަހަށޤ ގެއަށް ބަދަލުކުރީމަ ހުރިހާ ކުށްވެރިން ގެއަށް ބަދަލުކުރަންޖެހޭކަމަށް ރީދޫ ބައިވެރިން ގޮވާ ނަގަނީ..މީ ތޯ ދެތިލަފްތް ހަމަވާ އިންސާދފަކީ

    28
  22. Anonymous

    ހެއްދެވި ފަރާތަށް އެއްވެސް ކަމެއް ވަންހަނާވެ ވޮޑިގެންނުވޭ.
    ޢަމަލާއި ނިޔަތް އެކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވޭ.
    ޤާބިލުކަން ނެތިއްޔާ ރަނގަޅު ވަނީ އިސްތިއުފާ ދެއްވުން. ނޫނީ ކަންކަން ރަނގަޅު ކޮށް އިސްލާޙް ކުރަންވީ. ތިމާމެންގެ އަތްމަތީގައި މަޖްލީހާއި ހުރިހާ ބާރެއް. ތެދުވެރިވަމާ. ތެދުނިޔޭގައިވެސް ރަޙްމަތް ލައްވާނެ. ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭނެ

    22
  23. އިލްޔާސް ވަހީދު

    އެމްއެމްޕީއާރުސީގެ ޚިޔާނާތް ކަމުގައި ވިޔަސް، އަދި ދައުލަތުގެ އެތެރެއިން މި ގޮތަށް ރޭވިގެން ހިންގާ ބޮޑު ޚިޔާނާތްތަކުގެ ހަގީގަން ހޯދުމަށާއި އޭގައި ބައިވެރިވާ މީހުންގެ ނަތްތައް ހާމަކުރަން ގޮވަމުން އަބަދުވެސް ދާނެ ކިހިނެއްތޯ ލިސްޓްހާމަކުރާނީ ނިމިނުއިރު އަލީއާޒިމް މަހުލޫފު އިބޫ އަންނި މިހެންގޮސްކިޔާނެ ކަމެއްނެއި ހުރިހާ ވުޒާރާއެއްގެބޮޑުންވެސް މިހަރުލިސްޓް ހުލާސާކުރަނީ ވީއެންމެއަވަހަކައް ރައިޔަތުންނައްދަކާނަން.......

  24. ޙަސަން

    ދެން ލިސްޓު އެޑިޓު ކުރާނީ

  25. ނަޝީދު

    ކަލޯ ގަމާރާ ލިސްޓް އާންމު ނުކޮށް މަޑުކުރޭ ތީތި އާއްމު ކޮށްފިނަމަ ކަލޭމެން ސޯޓު ބޭލޭނެ.. އަދި ތިކަން ތިއައްވުރެ ރަނގަޅައް ބަލާނެ ދުވަސް އެބާ އާދޭ ވިސްނާ ތިބޭތި.....

  26. Anonymous

    ކަލޯ ހަސަނާ ކުރާނެ ކަމެނެތް ގައުމު ދަވާލައިފި ގައުމު ވަގުންގެ އަތްދަށުން ސަލާމަތްކޮށް ހަމަ މަގަށް އެޅުވޭތޯ މަސަށްކަތްކުރާށޭﷲ ހަސަނު ކުރާމަސައްކަތުގައި ބަރަކާތް ލައްވާށިއެވެ އާމީން

  27. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    ޤާނޫނު ހެދުމާ ޤާނޫނު ތަންފީޒު ކުރުމާ މިއީ މުޅިން ތަފާތު ދެކެމެކެވެ. ބަސްމަދުކުރާށެވެ. ޢަމަލުގިނަކުރާށެވެ.

  28. ޢިންސާފު

    ދެން އިތުރައް ސިއްރު ނުކުރެވޭނެ ދެނަމެއް އެއީ މެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފާ އައްޑޫ މީދު ދާއިރާ މެމްބަރު ރޮޒައިނާ އާދަމްގެ ނަން ހަމަ ޔަގީނުންވެސް މިދެނަން ލިސްޓުގަ އެބޮތް ފަހުން ލިސްޓު އެކުލަވާލީމަ އުނިވެސް ވެދާނެ ތޮއްޗެއް

  29. ފަތުހިބެ

    އޭގައި ޚިޔާނާތުގެ ފައިސާކަން ނޭނގި ހުރެ ފައިސާ ލިބުނު މީހުން ވެސް ހިމެނޭތީއެވެ.. މުޅި ލިސްޓުގަ އޮންނާނީ އެފަދަ މީހުން. 100% ގެރޭ..ހަވާލުވާނެ މީހަކު ނުވާނެ

  30. ހުދުކާޅު

    ޤާނުނު ތަސްދީޤު ކުރެއްވިމާ ނުހައްޤު މުއްސަނދިން ހާމަވަމުންދާނެކަން އިޙްސާސް ކުރެވެންފެށީ. މިޤާނޫނުގެ ދަށުން ނުހައްޤު މުއްސަނދިކަން ނުލިބޭ މެމްބަރަކު ހުރިކަމަށް ހީނުކުރެވޭތީ ކަރައިގަންނަންފެށީ. ބުނެވޭ މިލިސްޓަށް ރައީސް އިބޫއަށް އިނގިލި ދިއްކުރެވޭކަމަށް. ވަކިކަމެއް ޙާޞިލު ކުރުމަށް ރައީސް ނަޝީދުގެ އޯޑަރތަކާ އެމްޑީޕީގެ އިސް ސަފުގެ ގިނަބޭފުޅުންގެ ޙިއްސާވެސް ވާކަމަށް.

  31. އަސްނާ އަހްމަދު

    ކޮންމެ ކަމެއް މިމީހުން ކުރިޔަސް، ކިތަންމެ ކޮމެންޓެއް މިތާ މިކަހަލަ ކަންކަމާ ދެކޮޅަށް ރައްޔިތުން ލިޔުނަސް، ކިތަންމެ ގޯސްކަންކަންކޮށްފަ ހުއްޓަސް ދިވެހިން ހަމަ ވޯޓްދޭނީ ޕާޓީތަކަށް. މިހުރިހާ ކަމެއް ޕްރޮމޯޓް ކުރާ މީހުންނަށް. ދި އެންޑް.

    1
    1
  32. މައިކް

    ބަލަގައޭގަ އޮތީހުސަ އެމީހުންގެ ނަންތަކޭ.ރީދޫބޮޑުން ނޭ އެލާރިގަޑުކެއީ ތިކިޔާ ހިދުކޮޅުއަންނަ ނަޗީދު ޖަލުގަނޯވެފިލަނވެގެން. އެކަމުގެ ހެކި އަދީބު އެހެރީ ގޭގަ. ހީހީހަލަކު. ތި ހަސަންމެން ގެ ގަޓްނުހުންނާނެ ހަގިގަތާކުރިމަތިލާކައް. ރައިތުންނަތެދުވެރިވާކަކް..

  33. ރަށުމީހާ

    ޚިޔާނާތްވިއަސް،ނުވިއަސް ދެނެވޮޑިގެންވާފަރާތެއްވާނެ ނުބައިޢަމަލާ،ރަގަޅުޢަމަލަށް އެންމެފުރިހަމައަށް
    އިންސާފްކުރައްވާނެ ދުވަހެއްވޭ އެދުވަހުންރާގު ބަދަލުވުމުގެ ފުރުސަތެއްނުލިބޭނެ މިކަން ޙަސަން
    ލަތީފްއަށް އެނގިނުލައްވަނީތޯ އެނގިލައްވާނަމަ ރާގުބަދަލުވާންވީ ސަބަބެއްނުވިސްނޭ ތިބޭފުޅާ ލިސްޓްގައި ހިމެނެނީތޯ އެހެންވެތޯމިހާރު ރާގުބަދަލުވީ