ކޮވިިޑް-19 ޖެހިގެން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ އެވެ. ނިޔާވި އެ މީހާއަކީ ކ. އަތޮޅު މާފުށިން ނިޔާވި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 87 އަށް އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިއަދު އެ ބަލީގައި ނިޔާވި މީހާއަަކީ، މިއަދު ހެނދުނު މާފުށިން ނިޔާވި އުމުރުން 74 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި އެ ފިރިހެން މީހާއަކީ މިއަދު ހެނދުނު 9:45 ހާއިރު ނިޔާވި މީހެއް ކަމަަށާއި، އަދި އެ މީހާ ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު މިމަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިމަހު މިހާތަނަށް ކޮވިޑް ޖެހިގެން ދިހަ 12 ވަނީ ނިޔާވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިގެން ހާލު ބޮޑުވާ މީހުންގެ އަދަދު އިތުރުވެ، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް މި ވަނީ އިތުުރުވެފައެވެ. އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން ބައެއް ސިއްްހީ މާހިރުން ގަބޫލު ކުރަނީ މިހާރު ރާއްޖޭގައި ކޮވިޑްގެ އާ ވައްތަރުތަކެއް އުޅެނީ ކަމަށެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވަމުންދާ އަދަދުތައްވެސް ވަނީ ނުރައްކާ މިންވަރަކަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދް

    ކޮވިޑޭ ކިޔާ ޖަރީމާ :
    ޗައިނާގެ ސައިންސްވެރިންނާއި އެގައުމުގެ ޕަބްލިކް ހެލްތް އޮފިޝަލުން ކޮރޯނާވައިރަސް އުފެއްދުމާއި އެ ވައިރަސް މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމާ ގުޅޭ ގޮތުން މަޝްވަރާކޮށް 2015 ވަނަ އަހަރު ތައްޔާރު ކޮށްފައިވާ ލިޔުންތަކެއް ވީކެންޑް އޮސްޓްރޭލިއަން ނޫހުން ލީކް ކޮށްލައިފިއެވެ.

    3
    7
  2. ހުދު ހުދު

    މި ވީ ތަނައް މި ގައުމުގެ ހުރިހާ ކަމެއް ބައްޓަން ކޮއްފަ އޮތީ ރަށުން ނުވާ ކަމެއް އަތޮޅުގެ ވެރިކަން ކުރާ ރަށުން ވާހެން. އެރަށުން ނުވާ ކަމެއް ރާއްޖޭގެ ވެރި ރަށުން ވާ ހެން. އުސޫލު މިހެން އޮއި އިރު ދަތުރު ފަތުރު ހުހްޓާލާފަ ރައްތައް ބަންދު ކޮއްލާ އިރު އެރައް ތަކުގަ ނެތޭ މާލެ އާ އެއް ފެންވަރުގެ ސިއްހީ ފަރުވާއެއް ލިބޭކައް. ބޭހެއް ނެތް. ހާއްސަ ޑޮކްޓަރުންނެއް ނެއި. ކޮވިޑް ޓާސްކް ފޯސް ގަ ތިބި މީހުނަށް އެގެނީ އެޗްޕީ އޭގެ މީހުން ކައިރީ މަތި އޮމާން ކޮއްފަ ވާހަކަ ކިޔަން.

  3. ރުއް

    ބުއްޅަބޭ ގެ ކަންތައްމީ ކައުންސިލް އިންތިހާބޭ ކިޔާފަ މުޅި ރާއްޖެއަށް ކޮވިޑް ފަތުރާލީ

    8
    2
  4. މަބޭ

    އިންޑިޔާގެ ޓޫރިސްޓުންނޭކިޔާފައަންނަ މަސައްކަތުމީހުން އަދިވެސް ރައްރަށުގައާއި މާލެ ހުޅުމާލެތެރެ ކުޑަކުރަނީ މާސްކްއޮންނަނީ ދަޔްދޮޅީގަ މިކަންހުއްޓުވާކައް މިސަރުކާރަކައް ކެރިކުޅަދާނަވެގެނެއްނުވޭ

  5. ޒާ

    މިހާރު މަރެއްނުވާނެ ކޮވިޑްބަލީމީހެއްނޫނީ. މިދާކަށް ދުވަހު ކަނޑުވެމަރުވި މީހާއާއި، ރުކަކުންވެއްޓި މަރުވި މީހާވެސް އޮތީ ތިޔަ ލިސްޓުގަ.