މިރޭ ހައްޔަރު ކުރި ބައެއް މީހުން – ވަގުތު އިމޭޖްސް
މިރޭ ހައްޔަރު ކުރި ބައެއް މީހުން – ވަގުތު އިމޭޖްސް

ލިސްޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މުހައްމަދު އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށްފިއެވެ.

އަނަސްގެ ގާތިލުން ހައްޔަރުކުރީ ފުލުހުން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މ.އަސަރީހިޔާ އިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަސަރީހިޔާ އިން ހައްޔަރުކުރި މީހުންގެ ތެރޭގައި އަނަސްގެ ގާތިލުން ހިމެނޭކަން ކަށަވަރު ކަމަށެވެ. އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކިތައް މީހުން އަސަރީހިޔާ އިން ހައްޔަރުކުރިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް "ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި އަނަސް އަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހަކު މިރޭ ވަނީ ހައްޔަރުކޮށްފައެވެ.

ލިޓަސްގެ ސާވިސް ސެންޓަރުގެ ތެރޭގައި އަނަސް އަށް ހަމަލާދީ އޭނާ ޒަހަމްކޮށްލީ ޖުލައި 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ ޒަހަމްކޮށްލިތާ ކުޑައިރުކޮޅެއް ފަހުން އޭޑީކޭ ހޮސްޕިޓަލްގައެވެ.

ADS BY SHEESHA

އަނަސް މަރާލުމުގެ ދެތިން ދުވަސް ކުރިން ވެސް މަރާމާރީގައި ޒަހަމްވި ޒުވާނަކު ނިޔާވިއެވެ. ކެފޭއެއްގެ ތެރޭގައި އިންދާ ހަމަލާ ދިނުމުން މަރުވީ ނަދީމް އަބްދުލްރަހީމް ކިޔާ ޒުވާނެކެވެ.

26 ކޮމެންޓް

 1. ހިތާމަކުރަން ތިޔަ ފުލުސް އޮފީސް އޯވަހޯލްކޮށްބަލަ. ތިޔަތަނުން ނަވާޒުމެންކަހަލަގެ މީހުން ބޭރުކޮށްބަލަ. އަނަސް އަށް ހަމަލާދިނުމުގެ ކުރިން ކޮމާންޑު ސެންޓަރުން ވައިކަންމަތީ ގުރޫޕެއް މަސްއޮޑިޔާދިމާލަށް ދަތުރުކުރާކަމަށް ގޮވާއެލާޓްކުރިކަން ކަށަވަރު ނަމަވެސް އެތަނަށް އެއްވެސް ބީޓެއް ނާދޭ. އަނަސް ގެ ކުށެއްނެތި ގާތިލުން ޝައްކުކުރެވިގެން އޭނާގެ ފަހަތުން ކަތިވަޅިޔާ ވަޅިފިފައިގެން ދުއްވާގަތުމުން ކާކަށްބާ ބިރުން ނުދުވެވޭނީ. އޭނާއަށްވެސް ދިމާވީ މިހެން. ގާތިލުން އަނަސްކަތިލުމަށްފަހު ގޮސްވަނީ ތިޔަ މ.އަސަރީހިޔާއަށް ފުލުހުން އާންމުންގެ ރިޕޯރޓަށް މ.އަސަރީހިޔާއަށް ދިއުމުން އެގޭ ވެރިފަރާތުން ކޯޓުއަމުރެއްހިފައިގެން ނޫނީ އެގެއަށް ނުވަދެވޭނެކަމަށްބުނެ ގާތިލުންނަށް ރައްކާތެރިކަންދިނީ. މީންކަމެއްނުބެލޭނެ.

 2. ގަޓުހުރިއްޔާ ކީއްކުރަން ފިލަނީ.

 3. ވަރަށް ބޮޑު ކުރިއެރުމެއް

 4. އެމީހުންނައް މަރުގެ އަދަބު ދިނުމަށް ގޮވާލަން... އެެއްވެސް ކުސެއްނެތް ކުއްޖެއް މަރާލާފަ އެމީހުން އެތިބީ.... އަހަރުމެން ބޭނުމީ އަނަސް އަށް އިންސާފު.. މަރަށް މަރު ބޭނުމީ..

 5. ކީއްވެތަ ނަދީމް މަރާލި މައްސަލައިގަ އެއްވެސް މީހެއް މިހާތަނަށް ހައްޔަރު ކޮއްފަ ނެތީ..؟؟؟ އެކުއްޖާގެ ބޯ ތަންކޮޅެއް ދިގުވީމަ އެކުއްޖާގެ ހައްގެއް ނެތް ދޯ.. އެކުއްޖާ އަކަށް އިންސާފެއް ނެތް ދޯ..؟؟؟

 6. ދަރިން އެކަކުމެރީމަވެސް ދޫކޮއްލާހަތިބޭރީ މިހިންވަނީ.... އެމައިންބަފައިން ކޮށާކުދިކުރަން ރަށްޔިތުން ނިިކުންނަން ވީ.

 7. މީގެކުރިން ކޮމެންޓް ތަކުގައި ފުލުހުންނަށް ފުރައްސާރަ ކޮށް މަލާމާތްކުރަމުން ދިޔައީ ފުލުހުން ނަށް އެބަޔަކު ނުހޯދިގެން ނެވެ. މިހާރު ހޯދައިގެން އެބަޔަކު ހައްޔަރު ކުރީމާވެސް އެކަންގޯސް ވެއްޖެއެވެ. ކޮންމެއްކަސް ގަންޖާބޯގެ ލާދީނީ ޚުދު މުޚްތާރު ސަރުކާރު ވައްޓާލީއްސުރެ ކަލޭމެން، ފުލުހުން ދެކެ ތިޔަ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

 8. ތިވައް ދާ ގޮތައް އަނެއް ދޮރުން ނެރޭނެ

 9. އަވަހައްދޫކޮއްލާ މިހާރުވެސް ވެރިކަމުގައިހުރީ ނަސީދު

 10. ތިވަރު ކިރާއޮރުވެސް އެކުދިންނަށް ޕްރޮމޯސަން ގަނޑެއް ދޭންވީމަ ބަޖެޓެއް ނޯވޭ... ކެމްޕޭނު ކުރާށާ މަޖިލީހުގެ މެމްބަރު ހަލާކު ކުރާ ލެޕްތައް ހަދަން މަހަކި ފަސްލައްކަ ކަމަކު ނުދޭ އަމިއްލަ އިހުމާލުން ވާ ގެއްލުމަށް ޒިއްމާ ކުރުވެން ޖެހޭ.. ކޮންމެ މީހަކުވެސް

 11. މޮންޓް ކްރިސްޓޯ

  އަލްހަމްދުލިޢްލާހި.

 12. މޮންޓް ކްރިސްޓޯ

  އަލްހަމްދުލިޢްލާހި. އަދަބު ދިނުމުގައި ވީހާވެސް އިންސާފުން ނިންމާތި! އަނަސްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ އަނަސްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި. އާމީން.

 13. މޮންޓް ކްރިސްޓޯ

  އަލްހަމްދުލިޢްލާހި. އަދަބު ދިނުމުގައި ވީހާވެސް އިންސާފުން ނިންމާތި! ތިމީހުންތީ ދޫވެސްކޮށްލަން ބިރުބޮޑު ބައެއްކަމުން މިނިވަންވެސް ކުރުން އެއީ އެހާ ރަނގަޅު ކަމެއްނޫންކަން ދަނެ އެހެންވިޔަސް ކުރި ކަމާއި ނުކުރާކަންކަން ބަލާ ހައްޤުން އަދަބު ދޭންވާނެ! އަނަސްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ އަނަސްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި. އާމީން.

 14. ނޮޓް ޝައިނިންގް

  ނަޑޭ މަރާލި މީހުން ހައްޔަރު ނުކުރެވުނީ އެ މީހުން ސަރުކާރާ އެއްކޮޅަށް ތިބީމަ ދޯ؟

 15. ބިކޯޒް ހީ ޑިޑް އިޓް، އެންޑް ޔޫ ޕީޕަލް އާ ހައިޑިން ދެޓް، އެންޑް ލައިން ފޯ ދެޓް

 16. ދެންފަހެ ދަންނައެވެ. އެބައިމީހުންގޮސް އެގެޔަށް ވައިންއިރު ގެދޮރުގެ ހުރުމަތްވަނީ ކަނޑާފައެވެ. އެހެނީ ސަލާން ގޮވުމެއް ކަމެއް ނެތެވެ. ހިފާ ހައްޔަރުކުރިއިރު ކޯޓުއަމުރު އޮތީ ލެމިނޭޓް ނުކޮށް ފަތްޖަހާފަ ޖީބައްލާފައެވެ. އެހެންކަމުން އެބައިމީހުން ކުއްވެރި ނުވާހުއްޓެވެ. މާތްކަމޯ

 17. ތިކުރާ ހިތްވަރައް ހަމަ ސާބަސް ދޭވަރުވޭ

 18. Kobaa photo aammunukureytha

 19. ހުއްބުލްވަތަން

  ހައްޔަރުކުރަން ބޭނުންވީމާ ހައްޔަރުކުރަނީ، އާންމުން މައިތިރިވީމާ ސާބިތު ހެކިނެތިގެން ދޫކޮށްލާނެ. ވީ އޯލް ނޯ ދި ގޭމް ޕްލޭން

  • ހެކި ނުލިބެނީ މަޖއލީހުގައިތިބޭ ރައްޔޮތުނަނަށްޓަކައި މަރުދޭ މީހުނަށް އެފަދަ ގާނޫނެއްވެސް ހަދާނެ ތަންވަޅެއްނުވޭ މަޖްލީހުގައި ހަމަނުޖެހުން އުފައްދާފަ. އެއީ މަޖްލިސްމެންބަރުން ގަސްދުގައި ކުއްވެރިން ދޫކުރުވަން ކޮށފަެިވާ ކަންތައްތައް.

 20. ވަގުތުމީހުން ލިޔާ ހަބަ ސައްހަ ކަން ޔަގީން ވާނީ އެއްދުވަސްފަހުން.

 21. ދެން އަޑު އިވޭނީ ހެކި ނެތީމަ ދޫކޮއްލި ހަބަރު ..

 22. سُبْحَانَ اللّهِ ، والْحَمْدُللّهِ ، وَ لا اِلهَ اِلَّا اللّهُ ، وَ اللّهُ اَكْبَرُ – SubhanAllah, walHamdulilah, wa La illaha ilAllahu, waAllahu Akbar (Glory be to Allah, All Praise is for Allah, There is No God but Allah, Allah is the Greatest)

 23. ސާބިތު ނުވާތީ އެމީހުން ދޫކޮށްލި ޙަބަރު އަހާ ހިތުން މިހުރީ.

  • އެކުދީން ކީއްކުރަންތޯ ހައްޔަރު ކުރަނީ..އެކުދީން ބައީތީއްބަންވީ ވޯޓަބަނގަލޯގައީ އެކީ ޒާތް ޒާތުގެ ސަރުބަތު ދީފަ ބޮލުގެ އީސްތަށީ ދީގުކޮއްފަ ކަންފަތުގަ ރަނޑާލީ މުދީލާފަ ނޫންތޯ. ދެން އެކުދީންނާއީއެކު ގީނަ ގީނައީން ދައުލަތުގެ މީނީސްޓަރުން ގޮސް ފޮޓޯ ނަގާ އެކުދީންގެ ހާލު ބައްލަވަންވީ..