މާލޭގެ އާޓް ސްޓޫޑިޔޯއެއްގެ ތެރޭގައި އަންހެނާ ގަދަކަމުން ޖިންސީ ގުޅުން ހިންގިކަމަށް ބުނާ ގދ. ތިނަދޫ ހުޅަނގުގެ، އާދަމް ފާއިޒުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވާުން އުފުާަށް ދަޢުލަތުން އުފުާފައިވާ ދައުވާގެ އަޑގޮތަށް ހަމަޖެހިއްޖެއެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް މާދަމާ ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި މަޖިލިސް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.

ސްޓޫޑިޔޯގައި އަންހެނަކު ރޭޕުކުރި މައްސަލައާ ގުޅިގެން، މައްސަލަ ފެންމަތިވިތަނާ، ފާއިޒު ބުނެފައިވަނީ އޭނާ އެފަދަ ކަމެއް ކޮށްފައިނުވާނެކަމަށާއި އެއީ ބަޔަކު ރާވައިގެން އޭނާގެ ބޮލުގައި އަޅުވާފައިވާ ތުހުމަތުތަކެއްކަމަށެވެ.

އެހެންނަމަވެސް، ފަހުން، އޭނާ ނިސްބަތްވާ ތިނަދޫގައި ހުއްޓާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައެވެ. ސްޓޫޑިޔޯގައި އަންހެނަކު ރޭޕުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުގެ ރެއެވެ.