ކޮވިޑް-19ގެ 22 ވޭދަނަ ފެނިފައިވާ ފ. ނިލަންދޫގެ ހާލަތު މިވަގުތު ވަރަށް ގޯސް ހިސާބަކަށް ގޮސްފައިވާކަން ވަރަށް ބޮޑަށް މި ވަނީ އެނގިގެން ގޮސްފައެވެ. ކޮވިޑް ފެނިފައިވާ އެހެން ރަށްތަކެކޭ އެއްގޮތަށް ނިލަންދޫއިން ވެސް ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު އެރަށުގެ ރައްޔިތުންނަށް އެބަ އޮތެވެ. އެއީ ބަލި މުޖުތަމައު ތެރޭގައި އުޅެދާނެ ކަމަށް ބެލެވޭތީއެވެ.

ނިލަންދޫއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައާއި އެކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށްފަހު އެރަށް ކަރަންޓީނު ނުވެ ގޮސްފައިވާ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ އެރަށް ގޮސްފައިވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުގެ އިތުރުން 14 ދުވަސް ވެސް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. އޭނާ އެ ބައްޔަށް ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދެއްކައި ޑޮކްޓަރުންގެ އިރުޝާދާއި އެކީ ހެދި ޓެސްޓުންނެވެ.

އޭނާ ފައްސިވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ކަރަންޓީނުގައި ނެތް މީހެއް ކަމުން އެރަށަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އޭނާ އާއި ގާތުން އެއްތާވި މީހުންގެ ސުންކުތައް ވެސް ވަނީ ނަގާފައެވެ.

ނިލަންދޫއިން ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އެރަށު ކައުންސިލްގެ ޑިރެކްޓަރ މުނީރާ އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ، އިތުރު 21 މީހަކު މިހާތަނަށް ފައްސިވެފައިވާ ކަމަށެވެ. އެއީ މިމަހުގެ ހަތް ވަނަ ދުވަހު ނަގާފައިވާ ސުންކުތައް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ފައްސިވި ބޭފުޅުންގެ ތެރޭގައި ހައިރިސްކު ބޭފުޅުން ވެސް އެބަ އުޅުއްވާ. އެކަމަކު އެ އަދަދު މަދު" މުނީރާ ވިދާޅުވިއެވެ.

މުނީރާގެ ވާހަކައިން އެނގިގެން ގޮސްފައިވަނީ އެރަށް ކޮވިޑްގެ ބިރުވެރިކަން އޮތް މިންވަރެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ފައްސިވެފައިވާ 21 ބޭފުޅުންގެ ތެރޭގައި ކުރިން ފައްސިވެފައިވާ މީހާއާއި ގުޅުން ނެތް މީހުން ތިބުމުންނެވެ.

"އޭގެ ތެރޭގައި ކުރިން ފައްސިވި މީހާއާއި ބައްދަލުވި މީހުން ތިބި ކަމަށް ގަބޫލު ކުރެވޭ. އެހެން ނަމަވެސް އޭނާ އާއި ބައްދަލުވެފައި ނުވާ މީހުން ވެސް އެބަތިބި. އެހެން ކަމުން އަސްލު ކްލަސްޓަރ އަކީ ކޮބައިތޯ ނޭނގޭ. ކޮމިއުނިޓީ ސްޕްރެޑެއް އޮތީ ކަމަށް ގަބޫލު ކުރެވެނީ" މުނީރާ ވިދާޅުވިއެވެ.

ކުރިން އެރަށުން ފައްސިވެފައިވާ މީހާއާއި ގުޅުން ނެތް ބަޔަކު ފައްސިވެފައިވާއިރު، އޭގެ ތެރޭގައި އެރަށު ހޮސްޕިޓަލްގެ މަސައްކަތް ކުރާ މުވައްޒަފަކު ވެސް ހިމެނޭ ކަމަށް މުނީރާ ވިދާޅުވިއެވެ. އެހެން ކަމުން އެކަމަށް ވެސް ބަލައި އޭނާ ފައްސިވެފައިވާ ގޮތް ވެސް ހޯދަމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މުނީރާ ވިދާޅުވީ، އެރަށު ހޮސްޕިޓަލްގެ މުވައްޒަފަކު ފައްސިވުމާއި ގުޅިގެން މަރުކަޒުގެ މެނޭޖަރ ދެއްވާ މައުލޫމާތަށް ރިއާޔަތް ކުރާ ނަމަ މިރޭ 12 ގެ ފަހުން އެތަނުގެ މުވައްޒަފުން އެތަނުގެ ތެރޭގައި ކަރަންޓީނު ކުރާނެވެއެވެ. އެހެން ކަމުން މިއީ ރަށުގެ ރައްޔިތުންނަށް ބިރުވެރި ކަމެއް ކަމަށް އޭނާގެ ވާހަކައިން އެނގެއެވެ.

ރަށުން ގިނަ އަދަދެއްގެ ބަޔަކު ފައްސިވެފައިވާ މި ހާލަތުގައި ރަށުގެ އާއްމު ހާލަތު ރަނގަޅު ނަމަވެސް، ބައެއް ރައްޔިތުންނަށް ނަފްސާނީ ގޮތުން އެކި ކަހަލަ ކަންކަން ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވަމުންދާ އަދަދުތައް އިތުުރުވެ، ބަލީގެ ނުރައްކާ މި ވަނީ ވަަރަށް ބޮޑަށް ބޮޑުވެފައެވެ. އެ ބަލީގައި ނިޔާވާ ވާ މީހުންގެ އަަދަދުތައް މައްޗަށް އަރަމުންދާއިރު، މީގެ ތެރެއިން މިހާރު އަތޮޅު ތެރެއިން ކޮވިޑް ބަލީގެ ނިޔާވާ މީހުން ހިމެނެއެވެ.

މިހާރުވެސް ރާއްޖޭގެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަރެން

    ބަލީގެ އަލާމާތްތައް އިންތިހާ އަށް ހުރެމެ ހުން ނުފޮޅާތާ ތިން ހަތަރު ދުވަސް ވެގެންދާއިރުވެސް ބުނެކިޔައިގެންވެސް ސާމްޕަލް ނަގާނުދޭ ކަމީ ވަރަށް ހިތާމަ ހުރިކަމެއް... ހަމަ ރަގަޅަށް އެބައެނގޭ ކޮވިޑްގެ ހުރިހާ އަލާމާތެއް އެބަހުރިކަން.... ރަށު ތެރޭގައި ބަލިފެތުރިފަވަނީ ކިހާ މިންވަރަކަށް ކަމެއްވެސް ކޮންޓެކްޓް ވެފަނެތެއްކަމަކު އަލާމާތް ހުންނަ މީހުންގެ ސާމްޕަލްތަށް ނަގަމުން ދާ ވަރަކުން.... ސާމްޕަލް ނަގާތާ 4 ނޫނީ 5 ދުވަސް ފަހުން ނަތީޖާ ލިބުމަކީވެސް އިތުރަށް ބަލިފެތުރެން މަގުފަހިވާނެ ކަމެއް... ޙަސްބުނަﷲ ވަނިޢްމަލް ވަކީލް

  2. ކަފަކޮށީ ކަލޭގެ

    ތިޔަ ބުނާ ނަރުސް ކުއްޖާ އާއި ފީއަލިން ޕޮޒިތިވުވި މީހަކާ ކޮންތެކުޓުވި ކަމުގެ ވާހަކައެއް އަޑުއެހިން