ފިލުމު ''އިޝްގް ވިޝްގް'' އިން 2003 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު ފިލުމު އިންޑަސްޓްރީގައި އުޅޭތާ 18 ވަނީ ވެފައެވެ.

އިޝްގް ވިޝްގްއިން ކޮލެޖުގެ ދިރިއުޅުމާއި ލޯބި ދައްކުވައިދިން މި ފިލުމުން ޝާހިދަށް ''ބެސްޓް ޑެބިއު'' އެވޯޑް ލިބި އެންމެންގެ ސަމާލުކަމަށް އައެވެ. އޭގެ ފަހުން 18 އަހަރުވީއިރު ޝާހިދަކީ އިންޑަސްޓްރީގައި އެންމެ ފާހަގަ ކޮށްލެވޭ ފަންނާނުންގެ ތެރޭގައި ހިމެނޭ އެއް ފަންނާނެވެ.

ފިލުމު އިންޑަސްޓްރީގައި 18 އަހަރު ފުރުމުން ޝާހިދުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައިވަނީ އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ސެލްފީއަކާ އެކުގައެވެ.

ޝާހިދު ބުނެފައިވަނީ 18 އަހަރު ފުރުމަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ކަމެއް ކަމަށެވެ. އަދި ހަގީގަތާ އެއްގޮތަށް އުޅުމަށާއި ބަދަލު ދައްކައިދޭ މީހަކަށް ވުމަށް އޭނާ ނަސޭހަތްތެރިވިއެވެ. ކޮންމެ ވަގުތަކީ ވެސް ޝުކުރު ހައްގު ވަގުތަކަށް ހެދުމަށް އޭނާ އެދިފައިވެއެވެ.

ޝާހިދުގެ މި ޕޯސްޓަށް ލައިކްދީ ކޮމެންޓް ކުރި އެތައް ބައެއްގެ ތެރެއިން އެކަކީ ޝާހިދުގެ މަންމަ ނީލިމާ އަޒީމްއެވެ. އޭނާ ބުނެފައިވަނީ ދަރިފުޅާ މެދުގައި ފަހުރުވެރިވާ ކަމަސެވެ. އަދި އެ ފޮޓޯގައި ޝާހިދުގެ ނަޒަރު އަމާޒުވީ ސީދާ އޭނާގެ ހިތަށް ކަމަށް ވެސް ނީލިމާ ބުނެފައިވެއެވެ.

ޝާހިދު ކަޕޫރަކީ މިހާތަނަށް ތަފާތު ރޯލުތަކުގައި މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު