ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މީހުންނަށް ދޭން ނިންމި އެލަވަންސްގެ ގޮތުގައި މިހާތަނަށް 145.08 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ކޮވިޑާއި ދެކޮޅަށް ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެލަވަންސްއެއް ހަމަޖައްސެވީ މިދިޔަ އަހަރުގެ މެއި މަސް ތެރޭގައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އޭޕްރިލް 29 ވަނަ ދުވަހުގެ ނިޔަލަށް ކުރީ ސަފުގައި މަސައްކަތް ކުރާ 11463 މީހަކަށް 145.08 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުން ނަމަ މި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ހިރާސް ބޮޑު ފަރާތްތަކަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. ހިރާސް ކުޑަކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިއްސެ

    ނުބަހާ ރައްޔިތަކަާސް

    • ޙ

      ނުލިބޭ

  2. އަހަންމާ

    ނުލިބޭ ރައްޔިތުންނަާށް ދޮގުނުހަދާ ހަމަ ބަޑުއަޅާލީ ވަގު ސަރުކާރު

  3. ރައްޔިތުން

    ކުރީސަފުގަ ހަރަކާތްތެރި ވާހެން ހީވަނީ . ވަ ކި ވަ ކި ފަރުދުން ހެން ހީވަނީ. އެހެން މިބުނީ އެޗްޕީއޭ އޮތީ ހުރިހާ ކަމެއް ފަރުދީ ޒިންމާ ގެ ބޮލު އަޅުވާ ނިދާ ފަ. ރު ފިޔާ ނަގަން ވީ މަ ހޭލާނެ.

  4. މަމީ

    އަހަރެންނަކަ އަދިވެސް ތިލަލާރި ނުލިބެ މިހާރު 6 މަސް ވެޖެ

  5. ހިޔާލު

    ފުރަންޓް ލައިނުގައި މަސައްކަތްކުރީ މަޖްލީސް މެމްބަރުން އެކަނި................ދެން މިބިތީ ފުރަންޓް ލައިނުގައި މަސައްކަތް ކުރާމީހުން ނެންނޫން ................. ފަރުދީ ޒިންމާ އަދާކުރާމީހުން

  6. ނާނާ

    ތިޔަލާރި ތަކަށް ސޯލިހު ހިޔާނާތްތެރިވި ކުށުގައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 5 އހަރުދުވަހަށް ޖަލަށްލާ 5 ދުވަހުންޖޫރިމަނާ ކުރާނެ ދުވަސް ވަނީ ދާދި ކައިރީގަ އަލިފު ހާ..