ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ދެ ހަފްތާގެ މުއްދަތަކަށް ފުރަބަންދު ކުރަން ނިންމާފައިވާކަން "ވަގުތު"އަށް އެނގިއްޖެ އެވެ.

ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަދި މި ނިންމުން އިއުލާނެއް ނުކުރެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާ މިހާރު ވަނީ ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާ ކޮށްފައެވެ.

އެނގިފައިވާގޮތުން މިހާރު މަޝްވަރާ ކުރަމުން ދަނީ ފުރަބަންދުގެ މުއްދަތުގައި ލުއި ދޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ވަޒީފާއަށް ދާ މީހުންނަށް ވީހާވެސް ލުއިގޮތްތަކެއް ހަމަޖެއްސޭނެ ގޮތަކާއި މެދު މަޝްވަރާ ކޮށްފައެވެ.

މާލެ ފުރަބަންދު ކުރުމާއި ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން މިރޭ ނޫނީ މާދަމާ އެެޗްޕީއޭއިން އިއުލާނު ކުރާނެ ކަަމަށް ބެލެވެއެވެެ.

އެނގިފައިވާގޮތުން އެންމެ ލަސްވެގެން އީދު ދުވަހަށް މާލެ ސަރަހައްދު ފުރަބަންދު ކުރާނެ އެވެ.

މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައިވާއިރު، މިހާރު މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައްވެސް އުޅެނީ ރެކޯޑް އަދަދަކަށް މަތީގައެވެ.

އެގޮތުން މިހާރު މާލެ ސަަރަހައްދުން ކޮންމެ ދުވަހަކު 500 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއެވެ. މިއާއެކު މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އެނދުތަކުގެ 80% ފުރިފައިވާއިރު، ދަރުވަމަންތަ ހޮސްޕިޓަލްގެ އައިސީޔޫ އެނދުތައް 90% އޮތީ ފުރިފައެވެ.

ރާއްޖޭގައި މިހާރު ބަލި ޖެހިފައި 9423 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ގިނައީ މާލެ ސަރަހައްދުގައި ބަލި ޖެހިފައި ތިބި މީހުންނެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާތީ މިހާރު އެ ސަރަހައްދުގައި ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މިހާރު ރޭގަނޑު 9:00 އިން މެންދަމު 4:00 އަށް ކާފިއު އިއުލާނުކޮށްފައިވާއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކާއި،ކޮލެޖްތަކާއި އޮފީސްތަައްވެސް ބަންދު ކުރަން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޅާދީނީ

    ޢީދު ނަމާދު ކުރިޔަ ވެސް ނުދޭތި

    54
    87
    • ސޭހުބުނެބަލަ

      ކަންތަކާ ޖެހުނީ. ބަލަ ދީނުގައި ވެސް އޮންނަނީ އެހެން މީހުންނަށް ތިމާގެ ފުށުން ގެއްލުން ނުދޭން. އީދު ނަމާދަށް ގޮސް ބަލި ހިފައިގެން ގެއަށް އައިސް މުޅި ގެއާއި އަވައްޓެރިންގެ ތެރޭގައި ބަލިފަތުރާލީމާ އެއޮތީ އީދުގެ ސަވާބު އެއީ އެކަށް ލިބިފައި.

      139
      23
      • އަޙްމަދު

        ބަލި އެކަކުގައިން އަނެކަކު ގަޔަށް އަރަންޏާ ފުރަތަަމަ މީހާއަށް ބަލިޖެހުނީ ކިހިނެތް؟

        7
        6
      • ޒުހުރާ

        މިގައުމުގެ ވެރިންނާ ދޭތެރޭ ރައުޔަކީ ކޮބާ؟ އިނތިހާބު ބާއްވައިފި. އިންޑިޔާގަ ބިރުވެރި ވޭރިއަންޓް ފެތުރެނިކޮށް މިމާލެއަކީ އިންޑިޔާ މަސައްކަތު މީހުންގެ ކްއަރަންޓީން ފެސިލިޓީ އަކަށް ހަދައިފި. މީހުން ދިރިއުޅޭ ރަށްރަށަށް އިންޑިޔާ ފަތުރުވެރިން ގެނެސްފި.. ޒިންމާ ނުއުފުލަނީ ސަރުކާރުންތަ؟ ނުވަތަ ފަރުދު އެކަނިތަ؟

        23
        1
      • ގެރި

        ވޯޓުލާއިރު ކޮވިޑު ނުފެތުރޭދޯ

      • ގަމަރޭ

        އެއީ އެމީހަކު ގަސްތުގައި ކުރާ ކަމެއްނޫން.

    • ސިޓުއޭޝަން

      ދީނުގައި ސިއްހަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައި އޮވޭ. އަޅުކަންވެސް ކުރެވޭނީ ފުރިހަމަ ސިއްހަަތެއްގައި ހުރެގެން ނޫންތޯ.

      85
      3
    • 9 ކުން 4 ކަށް

      އިންތިހާބުވެސް ބޭއްވިއްޖެ ބޮން ގޮއްވާ ފިލްމުވެސް ކުޅެ ނިމިއްޖެ ދެއްތޮ. ދެން އަވަހަށް ފުރަބަންދު ކުރަން އުޅެމާ.

  2. ގައިދުރު

    މާލެ ސަރަހައްދު އެކަނިހޭ ފުރަބަންދު ކުރަންވީ އެހެން ރަށްރަށުގަ ވަރިހަމަދޯ ކިތައްމެވަރަކަށް ފެތުރުނަސް

    89
    13
  3. ފޭކްލޮކް

    ހަހަހަހަ ތިޔަ ލޮކްޑައުނަކުން ވާނޭ ކަމެއް ނޯންނާނެ. ތިޔަ ލޮކްޑައުނުގައި "ސްޕެޝަލް ޕާމިޝަން" ގެ ދަށުން އޮފީސް މަސައްކަތްކުރަން އޮފީސްތަކަށް މީހުން ހާޒިރުވާނެ. ސެލޫންތަކާއި ޖިމްތަކާއި މާރުކޭޓުތަކަށް ހާއްސަ ހުއްދައިގެ ދަށުން މީހުން ޖަމާވެ ތޮއްޖެހޭނެ. ހާއްސަ އެކްސްކުލޫޝަންގެ ދަށުން ބަންގާޅި ބޭފުޅުންނަށްވެސް އެކި ކަންކަން ކުރެވޭނެ. ހެހެހެހެހެހެ އެޗް.ޕީ.އޭ އޮންނަނީ ވަރަށް ސައިޒުވެފަ މިހާރު.

    83
    6
  4. ޢލަި

    ބޮން ގޮއަވާލަން އުޅުނު ވާހަކަ ވެސް ކުރިން ވަގުތައް އެނގުނުނަމަ ދޯ އޭރުން އެކަން ވެސް ހުއްޓުވުނީސް ނުން

    47
    14
  5. އަކޭ

    ބޭން ކުތައް ރައްޔިތުން ފަހާ ދުވަނީ.

    54
    4
  6. ސިދުޤީ

    މީ މިބުނާ ވާހަކަ އަކީ.. ހުރިހާކަމެއް އަތައް ގޮއްވާލާފަ ދެން ރައްޔިތުން ބިކަކޮށްލާ.. ތިހެން ހަދައިގެން.. މީގެ ކުރިންވެސް ކިތައް ކިތައް އާއިލާ މިކަމަކާއިގެން ހެދި ބިކަވެގެން ދިޔައީ.. އިންތިހާބު ބާއްވަން ވީމަ މައިމޫނާ އަކަށް ކޮވިޑްއެއް ނުފެނުނު.. މައިމޫނާގެ މައްސަލަމީ ތަޙްޤީޤްކޮށް ބަލަންޖެހޭ މައްސަލައެއް. މި ހުރިހާކަމެއްގެ ޒިންމާ އެޗް.ޕީ.އޭ އިން ނަގަން ޖެހޭނެ..

    60
    9
  7. ހިލަމެއް

    މިހާރުވެސްް މާލަސްވެއްޖެ. މިހާވަރު ވަންދެން ޒިންމާނަންގަވަން ދެކޮޅުހައްދަވާ، ނުވިތާކަށް ރައްޔިތުންގެ ސިއްހަތް ގުރުބާންކުރި ހެލްތް މިނިސްޓްރީގެ އިސް ވެރިން އިސްތިއުފާދޭންޖެހޭ!
    ޑޮކްޓަރުން އާދޭސް ކުރި، ތައްޔިތުން އާދޭސްކުރި، ދިނީ ބީރު ކަންފަތެއް.

    49
    5
  8. ދެރަ

    ޢެޗްއީއޯސީ ގަ ސްޓާފުން އުތުރި އަރަނީ.... އެހާ ގާތްގާތުގަ އުޅެނީ.... އެޗްޕީއޭ މުވައްޒަފުން ސޯޝިއަލް
    ޑިސްޓެންސް ނުބަހައްޓާ، ދެން ވޮލެންޓިއަރުން ގެ ކަންތަށް ހުންނާނީ ކިހިނެތް....

    4
    1
  9. މޫރިތި

    އަދިވެސް އިންޑިއާ މީހުން އައުން މަނާ ކުރާކަށް ނުވޭތަ. ކިހާ ދެރަ ކަމެއް. ދެން ހަމަ ނުވާ ވަރު ވީމަ އެކަންވެސް ކުރާނީ. ނުމޫނާއަކަށް ބަލާ ސިންގަޕޫރު ވަގުތުން ފިޔަވަޅު އެޅިޔޭ. ރައްޔިތުންނާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނަނީއެއްނޫން. ޑިޒިޝަނެއް ނަގާކަށް ނުކެރޭ. ދެރަކަމެއް.

    15
    1
  10. އައިޝާ އިމާދު

    ސަރުކާރަށް ދަންނަވާލަން. ހުރިހާ އެންމެންގެ ހުރިހާ ބޭނުމެއް ތިބޭފުޅުންނަކަށް އެނގިއެއްނުލައްވާނެ. އެހެންވީމަ ކޮންމެ ގޭބިސީއަކުން އެކަކު ނަމަވެސް ކޮންމެ ދުވަހަކު ދެއިރަށް ނުވަތަ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ދެއިރަށް 30 މިނިޓަށް ނަމަވެސް ބޭރަށް ދެވޭނެގޮތް ހަދާދެއްވުން އެދެން. ކުރާހުރިހާކަމެއް ނުއައްސަވާ. ގޯސްކަމެއް ނުކޮށް މީހުނާއެކުވެ ނޫޅެންޏާ ނިމުނީނޫންތޯ؟

    37
    4
  11. އައިސަ

    ތި ލޮކްޑައުން އަކުން ވާނެ މާބޮޑު ފައިދާއެއް ނޯންނާނެ. ފިހާރަތަކާއި ފާ މަސީތައް އަދި ޑެލިވަރީ ކޮށްދޭ އެހެން ތަންތަނުގެ ނަ މމމމމމމ މުގަ އެ މީހުންގެ ރައްޓެހިންނަށާއި ތިމމމމމމމމމމމމމމ މާގެ މީހުންނަށް ޑެލިވަރީ ހުއްދަ ދީފަ އޮންނަނީ. އެތަނުގަ މަސައްކަތް ކުރާ މީހުން ކަ މަށް ހަދާފަ.

    5
    1
  12. ާައަކިފް ހަހަހަހަހަހަހަހސ

    މިހުރީހާ ކަމަވީ އިންޑިޔާ ފަތުރުވެރިން ރާއްގެޔައް އައުން މަނާ ނު ކުރާތި.
    ދެން ޢީދު ނަމާދު ކުރިޔަ ވެސް ނުދާނެ😥☹️😷😤

    6
    1
  13. ނިބުރޭ

    3/1000=333 މި އީ ހަގީގަތަކީ

    3
    1
  14. ރުއްޖެހި މިނިސްޓަރު

    ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ ރައީސް އަންގަނީ ތިނަދޫ އަދި "ވާސްޓް ސިނާރިއޯއަކަށް" ނުދެޔޯ. އިތުރު ފިޔަވެޅެއް ނޭޅޭނެޔޯ. އެންމެން ޕްރޮޓިނާއި ކޮލޮސްޓްރޯލް ކައިގެން ތިބޭށޯ. ޕްރޮޓިނާ ކޮލޮސްޓްރަޮލް ކައިގެން އަމިއްލައަށް ހުއްޓސް ތިނަދޫ ގަ ކާފިއު އިއުލާނު ކުރަންވީ އގިއްޖޭ

    5
    1
  15. ފަލަސް

    ސިޔާސީ އެއްޗެއް .ގަމާރު އެޗް ޕީ އޭ.

    6
    1
  16. އަހުމަދު

    އަޑުތަށް އިވޭ ގޮތުގަ ބުރޯ ބޭނުން ވަނިއްޔޯ އެތެރޭގެ އިންތިހާބު ހުއްޓުވަން، އެހެންވެގެން ލޮކްޑައުން ކޮއްގެންނޯ އިންތިހާބު ހުއްޓުވޭނީ. މިމީހުން ނުބަލާ ކިތަށް މީހުންގެ ވިޔަފާރި ހަލާކު ވާނެ ކަމަކަށް.

    7
    1
  17. ޖޖ

    އެޗްއޯސީ ގެ ސްޓާފުން އެންމެ ބޯނުލަބަނީ.... ހާއްސަކޮށް އެޗްޕީއޭ... އެތާ ގެ މުވައްޒަފުން ޓެސްޓް ކޮށްލާ ފެންނާނެ އެންމެެ ބޮޑު ކްލަސްޓަރ

  18. Anonymous

    ފުރަބަންދު ކުރިޔަސް އީދު ނަމާދު ކުރެވޭނެއެއްނު.. ގައިދުރުކޮށް. ބައްޔަށް ބޭހެއް އުފައްދަން ނޫޅޭތަ.. ފުރަބަންދު ކޮއްފި، ގޭގައި ތިބެފި، މާސްކު އަޅައިފި.،ގައިދުރުކޮއްފި ވެކްސިން ޖަހައިފި, ކޮންޓްރޯލް ނުވި. އެހެންވީމައި ހުރިހާގެއަކުން އަޑުހަރުކޮށް ގުރުއާން ޖަހައި، އަޑުހަރުކޮށް ދުއާކުރަންވީ. ޢިސްލާމީ އެއްބައިވަންތަ ގައުމެއްގެ ގޮތުގައި، އެކަނި ކުރާ ދުއާތަކަށް ވުރެ ޖަމާއަތުގައި ކުރެވޭ ދުޢާ އިޖާބަކުރައްވުން އަވަސްކަމަށް އިލްމުވެެރިން ބުނޭ.. ނިކަން ސަރުކާރުން ކޮންމެގެއަކަށް ސްޕީކަރ ހަދިޔާކޮށް މުޅި ގައުމު ކީރިތި ގުރުއާނާއި، ދުއާ،ގެ އަޑު ގުގުމާލަންވީ. ޢިރާދަކުރެއްވިއްޔާ އިސާހިތަކު މި ގައުމުން ކޮރާނާ ވައިރަސް ގެންދަ

  19. އިބިލީސް

    ހެޔޮ އެއްގޮތެއްވެސް މި ދިވެހިންނަކަށް ނޯންނާނެ. ލޮކްޑައުން ނުކޮށް މިކަން ކޮންޓްރޯލް ކުރާނެ ގޮތެއް އަހަންނަކަށް ނުވިސްނޭ. ކަލޭމެން ޗޫސްކުރަންވީ ލޯބިވާ މީހުން ވަކިވެދާތަން ބަލާނީ ތޯ ނުވަތަ ކެތްތެރިވެ މާއްދީ ވަގުތީ ގެއްލުމެއްތޯ ނަގާނީ. އެހެން ނޫނަސް މި ސަރުކާރުން ލޮކްޑަައުން އެއްވެސް ނުކުރާނެ. ފަރުދީ ޒިންމާ އަށް ކަޑާލާފަ ހަބަޑަށް ލާރި ބަނޑުއަޅައިގެން ތިބޭނީ. ރައްޔިތު މީހާ ހުރިހާ ވޭނެއްގަ

  20. ގަމަރޭ

    ބޮޑެތީންނަށް ތިބޭ މީހުން ނާޗަރަންގީ ކުޅޭތީ މިހެން މިވަނީ. "ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ"