00:35

ފަލަސްތީންގެ ހާލަތު ގެނެސްދިނުމަށް 10 މެއި ގައި ގެނެސްދިން ބްލޮގް މިހައި ހިސާބުން ނިމުނީއެވެ. ދެން ފަލަސްތީންގެ ޚަބަރުތައް ގެނެސްދެމުން ގެންދަނީ ތިރީގައި އެވާ ބްލޮގް އިންނެވެ.

00:06

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 22 އަށް އަރައިފި. މީގެތެރޭގައި ނުވަ ކުޑަކުދިން ހިމެނޭ.

23:53

އަޤުޞާ މިސްކިތުގެ ގޯތިތެރޭގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް މައުލޫމާތު ލިބޭ. އިސްރާއީލް ސިފައިން މިރޭ ފަލަސްތީން މީހުންނާއި ކުރިމަތިލާ، ފަލަސްތީން މީހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އަލިފާން ރޯކޮށްލީ އިސްރާއީލް ސިފައިން ކަމަށް ފަލަސްތީންގެ މީޑިއާތަކުން ބުނޭ.

23:51

އަޤުޞާ މިސްކިތުގައި އިޝާނަމާދު ކުރަން ތިބި މީހުންގެ ގަޔަށް އިސްރާއީލުން ރަބަރު ވަޒަން ޖަހައިފި.

23:31

ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުން މެދުކަނޑާލާފައި އޮތުމަށްފަހު އަނެއްކާވެސް ރޮކެޓް ހަމަލާތައް ދޭން ފަށައިފި.

23:07

ޣައްޒާގެ އާއްމު ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ "އަގު ވަރަށް ބޮޑުކޮށް އަދާކުރަން ޖެހޭނެ" ކަމަށް ހަމާސް ޖަމާޢަތުގެ އަސްކަރީ ގޮފި ޣައްސާމް ބްރިގޭޑުން ބުނެފި.

22:56

އިސްރާއީލުން ހިފާފައިވާ ގުދުސްގެ ސަރަހައްދަކަށް ޣައްޒާ އިން ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގެ ބަޔަކު ދިރިއުޅޭ ގެއަކަށް ގެއްލުންތަކެއް ވެއްޖެ. ނަމަވެސް މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.

22:11

އަދިވެސް އިތުރު ރޮކެޓް ހަމަލާތައް އިސްރާއީލަށް ދޭނެ ކަމަށް ފަލަސްތީންގެ ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ބުނެފި. އެޖަމާޢަތުން ބުނީ ދެން ރޮކެޓް ހަމަލާތައް ދޭން ފަށާނީ އިސްރާއީލްގެ ގަޑިން މިރޭ 21:00 ގައި ކަމަށް. އެއީ ރާއްޖޭގެ ގަޑިން މިރޭ 23:00.

22:07

ޣައްޒާއަށް އަނެއްކާވެސް އިސްރާއީލްގެ ހަނގުރާމަތީ ޖެޓްތަކުން ބޮން އަޅަން ފަށައިފި. މިފަހަރު ބޮމުގެ ހަމަލާތައް މިދެނީ މީގެ ގަޑިއެއްހާއިރު ކުރިން ދިން ހަމަލާތަކުގައި ޣައްޒާގެ ހަތަރު ކުއްޖަކާއިއެކު ޖުމްލަ ނުވަ މީހުން ޝަހީދު ކޮށްލުމަށްފަހު.

22:05

ފަލަސްތީންގެ އަހުންނާއި އުހުތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެއްވާ އަޤުޞާ މިސްކިތް ހިމާޔަތް ކޮށްދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެ. މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައި.

22:01

ހަމާސް ޖަމާޢަތް "މައިތިރި ކުރެވެންދެން" ހަމަލާތައް ދޭނަން - އިސްރާއީލް

21:49

ހަމާސް ޖަމާޢަތް "މައިތިރި ކުރަން" ދުވަސްތަކެއް ވަންދެން ޣައްޒާއަށް ހަމަލާތައް ދޭނެ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި. އިސްރާއީލް ސިފައިން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިހާރު އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށް.

21:44

އިސްރާއީލުން ޣައްޒާގެ ހަތަރު ކުއްޖަކާއިއެކު ނުވަ މީހުން ޝަހީދުކޮށްލައިފި.

21:28

އިސްރާއީލްގެ ހަމަލާތައް ޣައްޒާއަށް އަމާޒުވާން ފެށުމުން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ މުސްލިމުން ގެންދަނީ ޣައްޒާގެ ރައްޔިތުންނަށާއި ފަލަސްތީންގެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރަމުން.

21:11

އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ޣައްޒާގެ ޖަމާއަތްތަކުން ދީފި.

21:10

ފަލަސްތީންގެ މަސްރަހު މިހާރު ހޫނުވެފައި ވަނީ އަޤުޞާ މިސްކިތުގައި ނަމާދަށް ތިބި ފަލަސްތީން މީހުންނަށް އިސްރާއީލް ސިފައިން ރަބަރު ވަޒަނުން ހޯމަ ދުވަހު ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލުމުން. އޭގެ ފަހުން ފަލަސްތީންގެ މީހުން ދަނީ އިސްރާއީލުން 1967 ވަނަ އަހަރު ގުދަސް ހިފުން ފާހަގަ ކުރަން ކޮންމެ އަހަރެއްގެ މެއި 09 އަދި މެއި 10 ގައި ބާއްވާ ހަރަކާތްތަކާއި ދެކޮޅަށް އަޑުއުފުލަމުން.

21:08

އިސްރާއީލްގެ އަނިޔާވެރި ލާއިންސާނީ އަމަލުތައް ޣައްޒާއަށް ދަނީ އަމާޒުވަމުން.

21:06

އިސްރާއީލްގެ ދެކުނުގައި އޮންނަ ސިޓީތަކަށް ޣައްޒާއިން ރޮކެޓް ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ ބިރު އޮތުމުން ދެކުނުގެ ސިޓީތަކުގައި ދިރިއުޅޭ ފަރާތްތަކުން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އިސްރާއީލް ސަރުކާރުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުން.

20:56

ތިން ކުދިން ޝަހީދުވި އިމާރާތަށް އިސްރާއީލުން އިތުރު ހަަމަލާތަކެއް ދޭން ފަށައިފި. ފަލަސްތީންގެ މީޑިއާތަކުން ބުނީ މި ހަމަލާތަކުގައި އިތުރު ބަޔަކަށް ޝަހީދުވެއްޖެ ކަމަށް.

20:55

ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ކުދިން
ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ކުދިން

20:53

ޣައްޒާގެ އުތުރު ސަރަހައްދަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ތިން މީހަކު ވަނީ ޝަހީދުވެފައި.އޭގެ ތެރޭގައި ތިން ކުޑަކުއްޖަކު ހިމެނޭ.

20:49

އިސްރާއީލުން ޣައްޒާއަށް ބޮމުގެ ހަަމަލާތަކެއް ދޭން ފަށައިފި.

20:48

އިސްރާއީލްގެ ކާރަކަށް ހަމަލާއެއް އަަމާޒުވެ އެކަކު ޒަޙަމްވެއްޖެ. އޭނާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.

20:48

ގުދުސްގެ ގެއަކަށް ހަމަލާ އަމާޒުވެފައި

20:37

ގުދުސްއަށް މިހާތަނަށް ވަނީ ހަތް ރޮކެޓް ހަމަލާ އަމާޒުވެފައި، މީގެ ތެރެއިން އެއް ރޮކެޓް އިސްރާއީލް ސިފައިން ވަނީ ވައިގެ ތެރޭގައި ނައްތާލާފައި.

20:36

އިސްލާމިކް ޖިހާދުން އިސްރާއީލްގެ ސްޑެރޮޓްއަށް 30 ރޮކެޓް ހަމަލާ މިހާތަނަށް ދީފި.

20:35

އިސްރާއީލުން އިސްރާއީލަށް ހަމަލާދެނީ
އިސްރާއީލުން އިސްރާއީލަށް ހަމަލާދެނީ

20:33

އިސްރާއީލްގެ ގެއަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެ، ބޮޑެތި ގެއްލުންތަކެއް ވެއްެޖެ

20:32

ޣައްޒާއިން ދިން މިސައިލް ހަމަލާއެއް އިސްރާއީލްގެ ކާރަކަށް އަމާޒުވެ، އެ ކާރުގައި ދަނީ ރޯވެ އަނދަމުން. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް އަދި ނުލިބޭ.

20:30

އިސްރާއީލްގެ އަޝްކެލޮންގައި ސައިރެން އަޅަން ފަށައިފި

20:29

ފަލަސްތީންގެ އިސްލާމިކް ޖިހާދުން އިސްރާއީލް ސިފައިންގެ ޓޭންކަރުތަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދީފި. މި ހަަމަލާގައި އެއްވެސް މީހަކަށް އަނިޔާވިކަން އަދި ސާފެއް ނުވޭ. މި ހަމަލާދިންކަން އިސްރާއީލުން ކަށަވަރުކޮށްދޭ.

20:27

ހަމަލާ އަންނަކަމުގެ އިންޒާރު ދިނުމުގެ ގޮތުން ސްޑެރޮޓްގައި މިހާރު ދަނީ ސައިރެން އަޅަމުން.

20:26

ޣައްޒާއިން ފޮނުވި ރޮކެޓެއް ބެއިޓް ނެކޮފާއަށް އަމާޒު ވެއްޖެ. މިހަމަލާގައި އެއްވެސް ތަނަކަށް ގެއްލުމެއް ނުވޭ.

20:25

އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުން މީހުން ހުސްކޮށްފި

20:25

ގުދުސްގެ "އޯލްޑް ސިޓީ"ން މީހުން ހުސްކުރުމުގެ މަސައްކަތް އިސްރާއީލުން ފަށައިފި

 

20:24

ހަމާސްގެ ހަނގުރާމަވެރި ގޮފިން ބުނީ އިސްރާއީލަށް ހަމަލާދެމުން ދަނީ އެ ގައުމުން ހިންގާ ޖަރީމާތަކާއި ދެކޮޅަށް ކަމަށް.

"މި މެސެޖް ދުޝްމަނުންނަށް ރަނގަޅަށް ވިސްނެން އެބަޖެހޭ". ހަމާސް އިން ބުނެފައި ވެއެވެ.

20:21

އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ޒިންމާ ހަމާސްއިން އުފުލައިކަމަ އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓް ކުރޭ.

20:20

އިސްރާއީލް ސިފައިން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ތަމްރީނުތައް ފަސްކޮށްފި. މިއީ 30 އަހަރު ތެރޭގައި އިސްރާއީލް ސިފައިން ކުރިއަށް ގެންދަން ރާާވާފައި އޮތް އެންމެ ވަރުގަދަ ތަމްރީން.

20:19

ގުދުސް އިން މިހާރު ދަނީ ހަމަލާތައް އަންނަ ކަމުގެ ސައިރެން އަޅަމުން.

20:15

ޣައްޒާއިން ގުދުސްއަށް ހަމަލާދޭން މި ފެށީ އިސްރާއީލް ސިފައިންންަށް ދިން މުހުލަތުހަމަވިތާ އިރުކޮޅެއްގެ ތެރޭގައި.

20:15

ފަލަަސްތީން މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޣައްޒާއިން ވަނީ ގުުދުސްއަށް 10 ރޮކެޓް ހަމަލާ ދީފައި.

20:14

ޣައްޒާ އިން ގުދުސްއަށް ރޮކެޓް ހަމަލާތައް ދޭން ފަށައިފި.

20:13

އިސްރާއީލް ސިފައިން އަލްއަގްސާ މިސްކިތަށް ގެއްލުން ދީފައި، މި ހާދިސާގައި އާއްމުންނަށްވެސް އަނިޔާވި - ފޮޓޯ: ފަލަސްތީން މީޑިއާތައް
އިސްރާއީލް ސިފައިން އަލްއަގްސާ މިސްކިތަށް ގެއްލުން ދީފައި - ފޮޓޯ: ފަލަސްތީން މީޑިއާތައް
އިސްރާއީލް ސިފައިން އަލްއަގްސާ މިސްކިތަށް ގެއްލުން ދީފައި - ފޮޓޯ: ފަލަސްތީން މީޑިއާތައް

20:09

އިސްރާއީލް ސިފައިން އަލްއަގްސާ މިސްކިތަށް ގެއްލުން ދީފައި - ފޮޓޯ: ފަލަސްތީން މީޑއާތައް

 

20:05

މިހާރު ފަލަސްތީން ގަޑިން ވަނީ 18:04 ވެފައި.

20:04

ފަލަސްތީން ގްރޫޕްތަކުން ބުނީ އެގަޑިއަށް ނުފައިބައިފިނަމަ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދޭނެ ކަމަށް.

20:03

ފަލަސްތީންގެ މިނިވަންކަމަށް ޖިހާދު ކުރާ ގްރޫޕްތަކުންވަނީ އެ ގައުމުގެ ގަޑިން 6:00 ގެ ކުރިން މިސްކިތާއި ގުޅިފައި އޮތް ހުރިހާ ސަރަހައްދަކުން އިސްރާއީލް ސިފައިން ފޭބުމަށް އިންޒާރު ދީފައި،

20:02

މި ހަމަލާތަކުގައި މިސްކިތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައި. އަދި މިސްކިތް އަލުން މަރާމާތު ކުރުމަށް އެތައް މަހެއް ހޭދަވާނެ ކަމަށް ލަފާ ކުރެވޭ.

20:01

އަލްޖަޒީރާއިން ރިޕޯޓް ކުރާ ގޮތުގައި މިސްކިތުން މީހުން ހުސް ކުރަން އިސްރާއީލް ސިފައިން ކުރި މަސައްކަތް ކާމިޔާބު ނުވެ މީހާރު ވަނީ މިސްކިތް ދޫކޮށް ގޮސްފައި.

މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދިސް މިސްކިތްތައް އިސްރާރީލް ސިފައިން ވަދެ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

އިސްރާއީލް 1000 އެއްހާ ސިފައިން އަލްއަގްސާ މިސްކިތަށް ވަދެ ގެއްލުން ދީ ނަމާދަށް ތިބި މީހުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މިސްކިތުގައި ތިބި މީހުންނަށް އަނިޔާ ކުރުމަށް އިސްރާއީލް ސިފައިން ރަބަރު ވަޒަން ބޭނުންކޮށްފައި ވެއެވެ. އަދި ސްޓަން ގްރެނޭޑްއެއް މިސްކިތް ތެރެއަށް އެއްލާލުމުން ކާޕެޓްގައި ވަނީ ރޯވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާގައި މިހާތަނަށް 305 މީހަކަށް ވަނީ އަނިޔާ ވެފައެވެ. އޭގެ ތެރެެއިން 228 މީހަކަށް ފަރުވާދެމުން ދަނީ ތިން ހޮސްޕިޓަލެއްގައެވެ.

އަދި ހޮސްޕިޓަލްތަކުގައި ފަރުވާދެންދާ މީހުންގެ ތެރެއިން ހަތް މީހަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގައުމު

    ތި ކަމުގެ ހިތި ކަލޭމެން ދެ ކޭކޭނެ.ވައްލާހު އައުލަމް

    19
    4
  2. ޔ

    މުސްލިމުންނަށް ކާފަރުން އަނިޔާ ކުރިޔަސްނުވޭދޯ ޓެރަރިޒަމަކަށް. މުސްލިމުން ކޮންމެކަމެއްކުރިޔަސް ވެފައޮންނަނީ ޓެރަރިސްޓުންނަށް

  3. އަސްލު

    ޔަހޫދީންނަ ކީ ދޮގުހަދާ މަ ކަރުހަދާ އިން ކާރުމުގާ ހައްދުފަހަނައަޅާފާވާ ބައެއްް.މީ ކީ މިއަދަ ކު ދިމާވެގެން އުޅޭ ކަމެއް ނޫން. ތާރީހުގާވެސް މި ހަޤީޤަތް ފެންނަން އޮތީ މިހެން. އިލާހީ ރިސާލާތްތަ ކާ ޤުރުއާނުގާ ސަރީހަ ޢިބާރާތުން އެވަނީ އެ ކަން ބަޔާން ކުރައްވާފާ.
    ޔާ ﷲ ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރުދެއްވާ އިސްލާމްދީނުގެ ޢަދާވާތްތެރިން ބަ ލި ކުރައްވާ ނި ކަމެތި ކުރައްވާށި. އާމީން.

  4. ބޮކުރީ

    ހައްދަވާ ގެންގުޅުއްވާﷲ އިސްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީންތައް ބަލިކުރައްވާ ފަލަސްޠީނުގެ މުސްލިމުންނަށް ނަޞްރުދެއްވާ އެމާތް މުޤައްދަސްބިން މުސްލިމުންނަށް އަމާން
    އަމާން ރިޒުޤު ފަސޭހަ ބިމެއްކަމުރައި ލައްވާށިއެވެ. އާމީން

  5. ސީނިއްކުރި

    ތީ ހަމަ ހަމާސް ކިޔާ ޓެރަރިސްޓް ޖަމާއަތުގެ މުސީބާތް! ފުރަތަމަ ހަމަލާ ދިނީ އެމީހުން. ދެން ކޮން ސުލްހައެއް ވާނީ

  6. އަދުރޭ

    އިސްރާއީލަށް ހަލާކުހުރި.

    6
    1
  7. އަހުމަދު

    މިކަމަށް އެންމެ ތާއީދުކުރާ މީހަކީ މޯދީ

  8. ދެރަވޭ

    އަޅޭ ހިތާމައިގެ ކޮޅެއް ނެތް...ފަލަސްތީނު ރައްޔިތުންނަކީ ފެށުނީއްސުރެ އަނިޔާ ލިބެމުންދާ ބައެއް..ޔާﷲ ދުރުގަވާ އަހަރެމެންގެ އަޚުންނާއި އުޚްތުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާ އަނިޔާވެރިންގެ ކިބައިން މިންޖުކޮށް ދެއްވާންދޭވެ..އާމީން..

  9. Anonymous

    މުސްލިމުން އަދި މައިތުލް މަޤުދިސއމް ފަތަޙަ ކުރާނެ. އެކަން އެނީހުންނަށް އެނގޭތީ އެހާވަރަށް އެ ތެޅެނީ