ރާއްޖެ އިން އިތުރު 1204 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނަމަވެސް މީގެތެރެއިން މިއަދު އިރުއޮއްސި 18:00 އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ފައްސިވެފައި ވަނީ 729 މީހުން ކަމަށާއި ބާކީ ތިބި މީހުންނަކީ މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން އިއްޔެ އާއި ހަމައަށް ފައްސިވި މީހުން ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއެވެ.

މިހާރު ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިރޭ ފައްސިވިކަން އިއުލާންކުރި 1204 މީހުންނަކީ ޑޭޓާ އެންޓާ ކުރުމުގެ ބެކްލޮގްގައި ހިމެނޭ މީހުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ އިން ފައްސިވި 961 މީހުންނެވެ. އަތޮޅުތެރެއިން 235 މީހުން ރިސޯޓްތަކުން އަށް މީހުން ވެސް މީގެތެރޭގައި ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިމަހު މިހާތަނަށް އިއުލާން ނުކުރެވި އޮތް ކޮވިޑް ވޭދަނަތާއިއެކު މިއަދު ވަނީ 1204 މީހަކު ކޮވިޑަށް ފައްސިވިކަން އިއުލާން ކޮށްފައެވެ. މިހާރު ރާއްޖޭގައި 10376 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 244 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރެހެންދި

  މިއަދުގިނަތިވީ
  މިދިޔައަހަރު އެންޓަނު ކުރެވިހުރި
  ނަތީޖާތަ ކެއްފެނިގެން އެންޓަ ކުރީމާދޯ ؟؟

  18
  1
 2. ބައްލޫ

  ޝުކުރިއްޔާ ރައީސް ނަޝީދު! ރައީސް އިބޫއަށް ގޯނާކޮށް ކޮވިޑްގެ ނުރައްކާ ބޮޑުވެފައޮއްވަ ކެއިންޕެއިންކޮށް ބޮޑު އިންތިހާބެއް ބާއްވާ ނިންމާލީ! ވަރަށް ބޮޑަށް ޝުކުރިއްޔާ!

  21
 3. ކާފަ

  ކޮވިޑްޖެހިގެން ކިތައްމެ ފުރާނަޔެއް ދިޔަސް މިސަރުކާރަށް އޯކޭ! އަންނި ފުރާނަ މިވަގުތު މުހިންމީ....
  ކޮވިޑް ކޮންޓްރޯލް ކޮއްގެން އެންމެ އަވަހަށް ބޯޑަރ ހުޅުވައިގެން އެންމެއަވަހަށް ލޮކްޑައުން އުވާލައިގެން، ކޯދޮވެލައިގެން ކޮރޯނާ ފުހެލެވިގެން ފެޅި ކަރާތަށް ކޮބައިތޯއެވެ؟ މިފަހަރު ދާނީ މިޤައުމު އިނދަޖައްސާލާފަ،

  25
  2
 4. Anonymous

  ތިކަމަށް އަޅާނެ އިތުރު ފިޔަވަޅެއް ނެތްކަމަށް ބުނަނީ ޓީވީއަށް އަރާ ތިބެ. ޢެހެން ކަމަށް ވަންޏާ އިސްތިއުފާދީފަ ކަންކަން ކުރެވޭބަޔަކަށް ފުރުސަތުދިނުން އެންމެ ރަނގަޅީ. ބަލި ކޮންޓްރޯލު ނުވާ ހިސާބުގަ މިއޮތީ. ޙުރިހާ ކަމެއް އަމާބުނީތީ ފަރަށް ދާ އުސޫލުން ކުރަނީ. ޥެކްސިން ދިނުން ވެސް ހަމަ އެހެން.

  25
  2
 5. އަރީ

  ކަލޯ ތީ މިހާރު އަބުރާގޭސްގަޑެއްކަން ޔަގީން

  19
  2
 6. ހުދު

  ފެއިލްވެ ނިމިއްޖެ އިސްތިއުފާދީ އަވަހައް

  26
  2
 7. އޭކު ސަވާލް

  މިނިސްޓަރ އަދިވެސް އިސްތިއުފާ ނުދޭތޯ؟؟؟

  24
  1
 8. މާމިގިލީ މީހާ

  އަމިއްލަ ގޭގޭ މީހުން ސާމްޕަލް ނަގާދޭން އާދޭސް ކުރާ އިރުވެސް، މާމިގިލީ ސިއްހީ މަރުކަޒަކުން ނާދޭ ސާމްޕަލް ނަގާ ދޭކައް. މިހާރު 4 ދުވަސް ވީ އަރަހެން އާދޭސް ކުރާތާ، މިހާރު ގޭގެ އެމްމެންނައް ޖެހިއްޖެ. ވަރަށް ދެރަކަމެއް މީ. އެކަމަކު ގާސިމްގެ އެޔާޕޯޓް ގުޅާ އިރަށް ދޭ.

  22
  1
 9. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު ލިޔުއްވުމުގައި 1204 އަކީ، ރެކޯޑް ޢަދަދެކޭ ބުނުމުގެ ބަދަލުގައި 1204 އަކީ، ހިތާމަކުރަންޖެހޭ ޢަދަކޭ ނުބުނުއްވީ ކީއްވެގެންތޯއެވެ. ސަރުކާރުގެ ބޭނުންތަކަށް އެއްތަނަކަށް ޖަމާވެ އުޅުން ހުއްދަ ކަމުގަޔާއި ދެންހުރި ކަންތައްތަކުގައި އެއްތަނަކަށް ޖަމާވެ އުޅުން ހުއްދަ ނޫން ކަމުގަޔާއި، އިންތިޚާބަކީ، އިސްތިސްނާއެއް އޮންނަށްޖެހޭ ކަމެއް ކަމުގައި ނިންމެވުން އެއީ ކޮންކަހަލަ ކަމެއްތޯ ސުވާލުއުފެދެއެވެ.

 10. ރައްޔިތުން

  އަދިވެސް ބޯޑަރު ބަންދު ކުރާކަށް ނުވޭތޯ؟؟ ރައްޔަތުން ގެ ފުރާނަޔައް ވުރެން ބޭނުމީ ޑޮލަރު ދޯ؟؟

  8
  1
 11. ގާދިރު

  ސިޔާސީ މީހުންގެ އަމިއްލަ އެދުމާ ހެދި ނިކަމެތިން ހަލާކުވަނީ އަދިވެސް ސަރުކާރު ނިދާފަ

  10
  1
 12. ޢަލީ

  ޑޭޓާ އެންޓަރ ކުރެވިދާނެ ދޯ މާލެއިން ބޭރުގާވެސް. އަހަރެމެންނަކީ މާލެ މާލެއަކަށް ހެދި ރާއްޖެތެރޭ މީހުން. މިތާ ޑޭޓާ އެންޓަރ ކުރެވޭނެ ގޮތް ހަދައިފި.