އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބި އޭގައި ބައިވެރިވި ކަމުގެ ތުހުމަތު އޮތް މީހުންގެ ލިސްޓު ދިރާސާކުރަމުންދާ ޖޮއިންޓް ކޮމިޓީއިން ކަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ އެ ކޮމިޓީއިން އާޒިމް އިސްތިއުފާ ދެއްވާފައިވާ ކަން މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ހާމަ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ ނަން އެމްޑީޕީއިން ހުށަހަޅުއްވާފައިވާތީ އެ ގޮތުގެ މަތިން އާޒިމްގެ ބަދަލުގައި ކޮމިޓީގައި އިންނަވާނީ އީވާއެވެ.

މީގެ އިތުރުން ކޮމިޓީގެ ނައިބު މުގައްރިރު ކަމުގައި އާޒިމް ހުންނެވުމުން ކޮމިޓީއަށް އާ ނައިބު މުގައްރިރަކު ވެސް ވަނީ ނަގައިފައެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 13 މެންބަރުންގެ ވޯޓުން ވަނީ ކޮމިޓީގެ ނައިބު މުގައްރިރަކަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އިންތިޚާބު ކުރިއެވެ.

މި ކޮމިޓީއިން އާޒިމް އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ. އެކަމަކު އަޑު އިވިފައިވާ ގޮތުން ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރެއްގެ ނަން ވެސް އެ ލިސްޓުގައި އޮތެވެ. ފުރަތަމަ އެ ލިސްޓު ކޮމިޓީގައި ސިއްރު ކުރުމުގެ ވާހަކަތަކެއް އަންނަން ފެށީ ވެސް ކޮމިޓީގެ މެންބަރެއް ނޫނީ މެންބަރަކު އެ ލިސްޓުގައި އޮވެގެނެވެ.

މި ކަމާ ގުޅޭ ގޮތުން އާޒިމްގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތު އޮތް މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުން ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭގެ ފަހުން އެ ލިސްޓު ދިރާސާ ކުރާނެ ގޮތެއް ކަނޑައެޅުމަށް ބޭއްވި މިއީ ކޮމިޓީގެ ތިންވަނަ ބައްދަލުވުމެވެ. ކޮމިޓީގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ލިސްޓު އަދި ސިއްރު ކުރަން ހުށަހަޅުއްވައިފައެވެ. އެކަމާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިއުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މ0006543

    މަޖިލީސް މެންބަރު ކަމުންވެސް އިސްތިއުފާދޭންވީ. ލިސްޓުގެ 90 ޕަސަންޓު މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުން.

    55
  2. ބަޅ

    ޙަހަ އެ ސޮރުގެ ނަން އޮތީ ތޯއްޗެއް އެ ލިސްޓްގައި

    49
  3. ޢަޒީމް

    ތިއުޅެނީ ސީވިޑް މީހަކަށް މިނިސްޓަރުކަން ނުދއވިގެން. އެކިގޮތްގޮތުން މަޅިޖަހަމުން މިދަނީ....

    37
  4. ޏަވިޔަނި

    ލިސްޓްގެ ކުރީގައި އާޒިމް ނަން އޮތީމަ ...

    42
    1
  5. ޏނނނނ

    ތިޔަ އުޅެނީ ޚިޔާތުގެ މައްސަލަ ބަލާ ކަށެއްނޫން.. ވަކި މިނިސްޓަރަކު ވަކިކޮށް އެމިނިސްޓްރީ އަށް ހަތަރު ކަށި މާލޭ މީހަކުލާން...

    36
    1
  6. ޖުހާ

    އަނެއްކާ ލިސްޓުގަ ހުރި ނަންތިކުގެތެރޭގަ އާޒިމްގެ ނަމެއްނެތްބާ މީއަޅުގަޑުގެހިތުގަ އުފެދޭ ސުވާލެކެވެ

    30
    1
  7. ސަލާމް

    މީހަކު އަނގަ ގަދަވެ މާބޮޑަށް އައްނިޔަށް ހުޝާމަތު ކު ރަމުން ދާ ސަބަބުވެސް ބަލަންޖެހޭ.
    އައްނި މިފަހަރު މޫނަކަށް ކަނދު ރާއަކަށް ނުބަލާނެ. ފީހޮވާލާނެ.
    ޢާޒިމްގެ އިތުރުން ޕެޑްމޭން، ދޮންބިލަތް، މިއީ މަޖިލިހުގެ ހާޒި ރީ ވަ ރަށް ރަނގަޅު އިހްލާސްތެ ރި ބޭފުޅުން.

    18
    5
  8. ދަތްނެތްކުއްޖާ

    އަދިވެސްސިއްރުކުރަންވީތޯރައްޔިތުންގެޙަޒާނާތައްކައިހުސްކޮއްފާ2023ގުޑުބައިމޑޕ

    28
  9. ޚޖހޖހ

    އައި ޑޯނޓް ޓްރަސްޓް ދަޓް ރިޕޯރޓް އެނީ މޯރ

  10. ފުރޭތަ

    އާޒިމު މީ ޗުކުޗުކު ލަށްވާ ލަށްވާ ހިޔާނާތޭ ވަތުބަތާނައޭ ކިޔަމުންދުވިމީހާ އެންމެފަހުން މިސްކިތު ހުޅުޖެހިމީހާއަށް ވީވަރު މިވީ އެމްޑީޕީ މީހުން މިލިސްޓަކު އަދި މީގެދެދުވަސްފަހުން ނުފެންނާނެ ހެކިފޮރުވައިފި ދެންލިސްޓުގެ އެންމެކުރީގައި އޮންނާނީ ރަރައީސްޔާމީން ދެން ޕީޕީ ކުދިން 1000 ޕަސެންޓު ގެރަންޓީ...

    8
    1
  11. އިމްރާން

    ބޮޑުވަގު

  12. އަހްމަދު

    ބަލައެސޮރުނަންއޮންނާނެދޯ އެލިސްޓުގަ އެހެރީބޮޑުގެއެއް އަޅާފަނޫންތަ ފަހަރެއްގަ އަދީބުބުނެފާނެ އެއީ ޢާޒިމާގެ ވާހަކަބުނަންއުޅެނިކޮށް ބުނެވިފަނަމެކޭ އޭރުންސަލާމަތްވީނު

  13. ޅަހުއްތު

    "މި ކޮމިޓީއިން އާޒިމް އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ." ސަބަބު ވަރަށް ސާފު! އޭނާ ގެ ނަން އެ ލިސްޓުގައި އެބައޮތް. އަދިވެސް ތިމަންނާ ވަރު މީހެއް ނެތިގެން މަޖިލިސް ތަޅުމުގައި އަނގަ އަރުވާތި!