ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަކުން ދިޔާނާ ކޮވިޑަށް ފައްސިވެފައިވާކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ.

ދިޔާނާ ކޮވިޑަށް ފައްސިވި ނަމަވެސް ޖާބިރު އަދި މިހާތަނަށް ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިމަހު މިހާތަނަށް އިއުލާން ނުކުރެވި އޮތް ކޮވިޑް ވޭދަނަތާއިއެކު މިއަދު ވަނީ 1204 މީހަކު ކޮވިޑަށް ފައްސިވިކަން އިއުލާން ކޮށްފައެވެ. މިހާރު ރާއްޖޭގައި 10376 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 244 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ. މިހާތާނަށް 87 މީހަކު ވަނީ ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އޭގެތެރެއިން ތިން މީހުން ނިޔާވީ މިއަދު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިމް

    ނާ ހަމަތެދެއް.؟

    6
    1
  2. ހުސޭނުބޭ

    އޭތް ޖާބިރު! އަވަހަށް އަމިއްލައަށް ފައްސިވޭ!
    މަރުވިއްޔާ ޝަރަފުގައި މަރުވާނަން!

    17
  3. މަރުމޯލު

    ޖާބިރު ބުނި ކޮރޯނާ އެއީ އެއްވެސް އެއްޗެއްނޫނޭ މަޖިލީހުގައި އާދައިގެ ރޯގާއެކޭ ތިހިރީ ބަސް ކުފުރުވެފައި

  4. ރަތަފަންޖާނީ

    މިހާރު ޖާބެގެ އަޑެއްބަޑެއް ހާދަ ނީވެޔޭ. ހަނުނހުންނަ ދުވަސް ކޮޅަކީބާ؟

  5. ޑީވޯ

    ދިޔާނާ އަށް އަވަސް ޝިފާއަކަށް އެދެން. ވީ ލަވް ޔޫ.