ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވާން ފެށުމާއެކު އެ ބަލިމަޑުކަމުން ސަލާމަތް ކޮށް ދެއްވުން އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގެ އިމާމުންނަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު މިރޭ ވިދާޅުވީ ފަރުޟު ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ނާޒިލާ ކިޔުމަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުންނަށް އަންގާފައިވާ ކަމަށެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތު (ދުއާ) އެކެވެ.

ރާއްޖެއަށް ކޮވިޑްގެ ބަލިމަޑުކަން ފުރަތަމަ ފެތުރި މިސްކިތްތައް ބަންދުކުރުމާއި ހަމައަށް ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަމުން އައެވެ. އަދި މިސްކިތްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން ވެސް ގުނޫތު ނާޒިލާ ކިޔަމުން އައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން ގުނޫތު ނާޒިލާ ފަރުޟު ނަމާދުތަކުގައި ކިޔެވުން އޮތީ ހުއްޓާލާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިމަހު މިހާތަނަށް އިއުލާން ނުކުރެވި އޮތް ކޮވިޑް ވޭދަނަތާއިއެކު މިއަދު ވަނީ 1204 މީހަކު ކޮވިޑަށް ފައްސިވިކަން އިއުލާން ކޮށްފައެވެ. މިހާރު ރާއްޖޭގައި 10376 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 244 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަލާމް

    މިހަބަރުގައި ގުނޫތު ޖަހާލިނަމަ

    13
  2. އަބްސީ

    ލޮކްޑައުން ކުރަންޔާ ؟ ގުނޫތު ކިޔަން މިސްކިތް ހުޅުވާބާ؟

    11
  3. ޑަބިޔާ

    މިހާ ވަރައް ކޮވިޑް ފެތުރޭނަމަ ވާނީ މިސްކިތްތައް ބަންދުކުރަން. ދެމީހުން ކޮވޮޑައް ޕޮޒިޓްވީމަ މިސްކިތްތައް ބަންދުކުރުރި. އިންޑިޔާ ބައެއްބާ ވެރިކަމުގަ ތިބީ އިންޑިޔާގަ ކޮވިޑް ގިނަވެގެން ފާދިރީންވެސް މުސްލިމުން ކައިރީ ދުވާކޮއްދީ މިސްކިތްތައް ހިމާށް ކޮއް ހެއްދިވި ފަރާތައް އާދޭސް ކުރަމުންދަނީ. މިސަރުކާރުވެސް އެހެންވެގެން ބާ މިއުޅެނީ. ދެންވެސް ބިރުވެތި ނުވެ ބޭނުން ހާ އެއްޗެއް ގޮވަމުން ނުދުވާނީ..
    ވަގުތު މީހުން މިކޮމަންޓް ޖަހާދޭނެހެން ހިޔެއްނުވެ. ރަނގަޅު ވާހަކައެއް ބުނެފިނަމަ.

    7
    2
  4. ގާދިރު

    މިހާވަރު ވީމަތަ މިކަންކުރަންވެސް އިނގެނީ ހަދާނެ ނުހަދާނެ ގޮތެއް ނޭގިގެން މިއުޅެނީ ކިހިނެއް ވެގެންބާ؟

    10
    1
  5. ސީނު

    ދީނަށް ފުރައްސާރަ ކުރާމީހުނަށް ހިމާޔަށް ދީފަ ގުނޫތު ކިޔަން އެންގުން ހަމައެއްނުޖެހޭ

  6. ރިއަލިޓީ

    ނައިފަރު މިސްކިތަކު ނުކިޔާނެ.. މިސްކިތް ތެރޭގައި މާސްކްވެސް ނާޅާނެ.. އުޅޭނީ ވަރަށް މޮޅު މީހުން.. މަދީނާގެ އިލްމްވެރިންނަށް ކިޔަވާދީފައި އައިސް ތިބި މީހުން އުޅޭނީ.. އާއްމުންނަށް ވިސްނަދޭން ބުނާނީ ބަލާށޭ ޙަރަމްފުޅުގައި ނަމާދުކުރާތަން.. އެކަމް ޙަރަމްފުޅުގައި ޤައިދުރުކޮށް އަދި މާސްކްއަޅާގެން ތިބިގެން ނަމާދުވެސް ކުރޭ.. އެކަމެއް ޤަބޫލްއެއްނުކުރޭ..

  7. ބަކުރުބޭ

    ފުރަތަމަ ގުނޫތުނާޒިލާ ކިޔަން ފެށިއިރު ވަރަށްދިގުކޮށް ކިޔަމުން އައީ. ރޯދަމަހަށްވުރެވެސް ދިގު. މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގޮތަށޯ. ވަކި ހިސާބަކުން އެކި އިމާމުން އެކިގޮތަށް އުނިއިތުރުކުރަމުން އައީ. މިހާރު އަލުން ފެށުނު އިރު ގުނޫތު މިވަނީ ރިޔަނަކަށް ކުރުކޮށްލާފައި. މިހާރު ކިޔަނީ ވަރަށްކުރުކޮށް. ލަފާ ކުރެވެނީ ގުނޫތުނާޒިލާއިންވެސް ވައްކަން ކުރަނީހެން.

  8. މަގޭ ޚިޔާލު

    ގުނޫތު ކިޔަން ބޭނުންވަނީ މިސްކިތެއް ނޫނެވެ. އިޚުލާޞްތެރިކަމެވެ.