23:07

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ފުރަބަންދު ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި ތައްޔާރުވެގެން ތިބުމަށް ހެލްޕް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

22:10

މިއަދު ވެސް ރާއްޖެ އިން ރެކޯޑެއް: އިތުރު 1501 މީހުން ކޮވިޑަށް ފައްސިވެއްޖެ.

20:34

މިއަދު ރާއްޖެއިން 1800 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

19:28

އިޓަލީގެ ހޮސްޕިޓަލަކުން އޮޅިގެން އަންހެނަކަށް ހަ ޑޯ ވެކްސިން ދީފި

18:15

ހދ. ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފި

17:26

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި

17:20

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ހަފްތާއަކަށް މަނާކޮށްފި.

17:15

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތައް ހަފްތާއަކަށް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި

17:02

މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުތުން މަނާކޮށްފި

16:51

ހދ. ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

15:19

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ، ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި

13:34

ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 200 އަށް އަރައިފި.

11:14

ނައިފަރުގެ ކޮވިޑް ހާލަތު ބިރުވެރި، ސިޔާސީ ވެރިންގެ އޮތީ ޒާތީ މަސްލަހަތު - ޝިޔާމް

10:49

ކޮވިޑް-19: ލަންކާ އިން ޗައިނާގެ އެހީއަށް އެދިއްޖެ.

10:00

މާލެ ފުރަބަންދު ކުރުމާއިމެދު ގޮތެއް ނިންމާނީ މިއަދު ކެބިނެޓުން.

09:49

އޮކްސިޖަން ލިބުން ދަތިވެ އިންޑިއާއިން 11 މީހުން މަރުވެއްޖެ.

01:05

ފުވައްމުލަކުން އިތުރު 17 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން މިހާތަނަށް ރާއްޖެ އިން ކުރި މަސައްކަތް އަލުން ސުމަކުން ފަށަން ޖެހޭ ހާލަތައް ކަންކަން ގޮސްފައިވާކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ބަލި ކޮންޓްރޯލް ކުރަން ކުރާނެ ވަކި އާކަމެއް ނެތެވެ. މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި، އަތް ދޮވުމާއި، ބައްދަލުވާ މީހުންގެ އަދަދު މަދުކުރުމާއި އަދި ވެކްސިން ޖެހުން ނޫންކަމެއް ކޮވިޑުން ދިފާއުވުމަށް ކުރެވޭކަށް ނެތެވެ. މި ވާހަކަ ދައްކަމުން އަންނަތާ ދޮޅު އަހަރު ވަނީއެވެ.

މިއަދަކީ ވެސް ކޮވިޑްގައި ރާއްޖެ އަށް ބިރުވެރި ދުވަހެކެވެ. ކޮވިޑަށް އަލަށް 1200 އަށްވުރެ ގިނަ މީހުން ފައްސިވެ، ކޮވިޑް ޖެހިގެން ތިން މީހަކު މިއަދު ވަނީ ނިޔާވެފައެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވެ، މާލޭ ސަރަހައްދުގެ ސިއްހީ ނިޒާމް އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ދިއުމުގެ ވަގުތު ގާތްވަމުން އަންނަ ކަމުގެ ރަނގަބީލުގެ އަޑު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ގަދަވަމުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލްތަކުން ބައެއް ފަރުވާތައް މެދުކަނޑާލަން މިހާރު ވެސް ވަނީ މަޖުބޫރު ވެފައެވެ. ނަތީޖާއަކަށް ވެގެން ދާނީ ކޮވިޑް ނޫން އެހެން ބަލިތައް ތަހައްމަލް ކުރަމުންދާ އެތައް ބަޔަކަށް ފަރުވާ ނުލިބި ދުވަސްތަކެއް ވޭތުކުރަން މަޖުބޫރު ވުމެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިހާތަލަތައް ގޮސް ކޮވިޑް ނޫން ބަލިތަކުގެ މީހުންނަށް ވެސް ފަރުވާ ނުދެވި، ބަލީގެ ވޭން ތަހައްމަލް ކުރުމުގައި އެތައް ދުވަހެއް ވޭތުކުރަން ޖެހުނު މަންޒަރު ފެނިފައި ވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން މިހާރު މާލޭގައި ބައެއް ފިޔަވަޅުތައް އަޅާފައި އޮތްނަމަވެސް އެފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރަމުން އަންނަ މަންޒަރެއް ވެސް ނުފެނެއެވެ. އެހެންކަމުން ކޮވިޑް-19 އަށް މިހާރު ފައްސިވަމުންދާ މީހުންގެ އަދަދު އަވަހަށް ތިރިއަށް ހިނގައިދާނެ ކަމުގެ އުއްމީދު ވަރަށް ކުޑައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙގޖޖކ

    އެންމެންވެސް ދުޢާކުރަންވީ އަބަދުވެސް

    15
  2. ލލ

    ރާއްޖޭގައި ޕޮޒިޓިއުވަނީ ކޮވިޑަށްތޯ ނޫނީ މަސްތުވާ ތަކެއްޗަށްތޯ ؟

  3. ޏނޖ

    މީކީ ރައްޔިތުންގެ މައްސަލަޔެއް ނޫން.
    ޙުރިހާ ރައްޔިތުންވެސް ތިބީ އަދިވެސް ކިޔަމަންތެރިކަން މަތީގައި އަދި ތިބޭނީވެސް އެގޮތަށް.

    ޔާﷲ މި ކޮވިޑުގެ ވަބާއިން މިގައުމާއި މުޅި އިންސާނިއްޔަތު ސަލާމަތް ކުރައްވާ ރަނގަޅު ޝިފާޔެއް އަވަސް ފުރސަތެއްގައި ލައްވާ ރަނގަޅު ވެކްސިނެއް ހޯދޭނެ ގޮތް މިންވަރު ކުރައްވާށި. ޢާމީން

  4. ކަމަނަ

    ކުޑަހުވަދޫ އިންވެސް މީހަކު ޕޮސިޓިވް ވެއްޖެ.އެކަމް އެދެވޭ ފިޔަވަޅެއް އަދިވެސް އަޅައިފައެއް ނުވޭ.

  5. އަހްމަދު

    ދައްކާނެ ވާހަކަ ވަރަށްގޮނަ ނަމަވެސް އަޑްއަހާނެ ވެރިޔަކު ނުވަތަ ބަޔަކު ނެތީ! ނޫސް ކޮންފަރެންސްގައި ތިބޭ ނޫސްވެރިން ބައެއްފަހަރު ކުރަނީ ބޭކާރު ސުވާލުތައް! ޑޮކްޓަރަކު ކުވެނޭނަ މާބޮޑުކަމެއްނެތޭ ބުނީމާ އެކަމާ ސުވާލު ކުރާނެ ނޫސްވެރިޔަކު ނެތް! އޮސްޓްރޭލިޔާގެ ޕާރތް އިން އެންމެ ކޭސްއެއް ފެނުމުން ލޮކްޑައުން ކުރި ނަމަވެސް މާލޭގެ ނަމްބަރުތައް 1000 ގައި އުޅޭއިރު ހުރިހާކަމެއްވެސް އޯކޭ! އޯކޭއެއްނޫން!!!!