00:30

ފަލަސްތީނުގެ ޚަބަރުތައް ގެނެސްދިނުމަށް 11 މެއިގައި "ވަގުތު" އިން ގެނެސްދިން ބްލޮގް މިހައި ހިސާބުން ނިމުނީ. ދެން ފަލަސްތީންގެ ޚަބަރުތައް ގެނެސްދޭނީ ތިރިގައިވާ ބްލޮގް އިން.

00:01

އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގެ ގިނަ އަދަދެއްގެ ވެހިކަލްތައް ރޮކެޓް ހަމަލާތައް އަމާޒުވެ އަނދަމުންދާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނޭ.

23:58

އިސްރާއީލްގެ ވެރިރަށް ތެލްއަވީވް
އިސްރާއީލްގެ ވެރިރަށް ތެލްއަވީވް

23:50

އިސްރާއީލްގެ ވެރިރަށަށް ދިން ހަމަލާއެއްގައި މީހަކު މަރާލައިފި.

23:33

ތެލްއަވީވްގެ ބެންގްރިއޮން އެއާޕޯޓަށް ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމަށް ލަފާކޮށް ސައިރަން އަޅަން ފަށައިފި. މިހާރު އެއާޕޯޓް ވެސް ވަނީ ބަންދުކޮށްފައި. އެއާޕޯޓަށް ޖައްސަން ދަތުރުކުރަމުން ދިޔަ ފްލައިޓްތައް މިހާރު ވަނީ ސައިޕްރަސް އަށް ޑައިވާޓް ކޮށްފައި.

23:30

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި މިއީ އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް ތާރީހްގައި ވެސް ޣައްޒާ އިން އެންމެ ވަރުގަދަ ހަމަލާތައް އަމާޒުވަމުންދާ ފަހަރު.

23:26

ތެލްއަވީވްގެ ހޮލޮން އަށް އަނެއްކާވެސް އިތުރު ރޮކެޓް ހަމަލާއެއް އަމާޒުވެ ތިން މީހަކު ޒަހަމްވެއްޖެ.

23:23

އިސްރާއީލްގެ ވެރިރަށް ތެލްއަވީވް
އިސްރާއީލްގެ ވެރިރަށް ތެލްއަވީވް

23:22

ހަމަލާތައް އަމާޒުވި ތެލްއަވީވްގެ ބައެއް ސަރަހައްދުތަކުގައި ދަނީ އަލިފާން ރޯވެ އަނދަމުން.

23:21

ހަމާސް އިން ދިން ހަމަލާތަކެއްގައި އިސްރާއީލްގެ ގިނަ ބަޔަކު ޒަހަމްވެއްޖެ.

23:12

ހަމާސްގެ ގާބިލްކަމާއި ގުޅޭ އިންޓެލިޖެންސް މައުލޫމާތު ނުލިބޭތީ އިސްރާއީލް ހައިރާންވެއްޖެ.

22:06

އިސްރާއީލުން ރެސިޑެންސް ޓަވަރަށް ހަމަލާ ދިނުމުން މަދުވަގުތުކޮޅެއްގެ ތެރޭގައި އިމާރާތް ވަނީ ބިމާއިހަމަވެފައި.

22:05

އިސްރާއީލުން ބޮން އަޅައި ޣައްޒާގެ 80 އާއިލާ ދިރިއުޅޭ ޓަވަރެއް ސުންނާފަތިކޮށްލައިފި.

21:35

އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް ހަމާސް ޖަމާއަތުން ފަސް ރޮކެޓް ހަމަލާ ފޮނުވާލައިފި. އިސްރާއީލްގެ އަސްކަރިއްޔާ އިން ވެސް ވަނީ ތެލްއަވީވަށް ހަމާސްގެ ފަސް ރޮކެޓް ހަމަލާ އަމާޒުވެއްޖެ ކަމަށް އެއްބަސްވެފައި. ނަމަވެސް މިހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި އިސްރާއީލުން ހާމައެއް ނުކުރޭ.

21:16

އިސްރާއީލުން މިއަދު ޣައްޒާއަށް ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީންގެ ދެމަފިރިއެއްގެ ޖަނާޒާ މިހާރު ޣައްޒާގައި ކުރިއަށް އެބަދޭ.

18:44

ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަަދަ ކުރަން ނިންމިކަން އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔަހޫ ހާމަކޮށްފި. އިއްޔެއިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާއަށް އެތައް ސަތޭކަ ހަމަލާ ދީފި.

18:43

ބޮމުން ސަލާމަތްވުމަށް ހާއްސަ ބަންކަރުތައް ދޫކޮށް، ދިއުމަށް އިސްރާއިލް ސިފައިން އަޝްކެލޮން މީހުންނަށް އަންގާފައިވަނިކޮށް އޭގެ ދެތިން މިނުޓް ފަހުން ރޮކެޓް ހަމަލާތަކެއް އެ ސިޓީއަށް އަމާޒުވާން ފަށައިފި. މިހާރު އަނެއްކާވެސް ބަންކަރުތަކަށް ވަންނަން ވަނީ އަންގާފައި.

18:41

އަންނަ ހަފްތާގައި ކައިވެނި ކުރަން ތައްޔާރުވަމުންދިޔަ ފިރިހެނަކާއި، އޭނާގެ މަންމަ އިސްރާއީލުން ހަމަލާދީ ޝަހީދުކޮށްލައިފި. މަންމައަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް، އަދި ޝަހީދުވި ދަރިއަކީ އާއިލާގެ ހުރި ހަމައެކަނި ދަރި.

18:40

ޣައްޒާ ކައިރިއަށް އިސްރާއީލްގެ ޓޭންކަރު ފަދަ ބަރު ހަތިޔާރުތައް ޖަމާ ކުރަން ފަށައިފި

18:38

ބައެއް މީހުންނަށް ފަރުވާދެނީ ހަމަލާތައް އަމާޒުވަމުންދާ މަންޒަރު ފެނިގެން "ޝޮކް" ޖެހިގެން

18:08

ޣައްޒާއިން ދޭ ހަމަލާތަކުގައި އަނިޔާވި އިސްރާއީލްގެ 70 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް ފަލަސްތީންގެ މީޑިއާތަކުން ބުނޭ.

18:07

ހަމާސްއިން ދަނީ އިސްރާއީލަށްވެސް ހަމަލާތައް ދެމުން، އިސްރާއީލްގެ ގިނަ ސިޓީތަކެއްގައި ދަނީ ހަމަލާއެއް އަންނަ ކަމުގެ ސައިރެން އަޅަމުން.

18:06

އަނެއްކާވެސް އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފަށައިފި

18:06

އިސްރާއީލްގެ ބައެއް މަންޒަރު
އިސްރާއީލްގެ ބައެއް މަންޒަރު
އިސްރާއީލްގެ ބައެއް މަންޒަރު

18:05

އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް
އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް
އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް
އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް
އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް
އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް

18:04

ޝަހީދުވި ފަލަސްތީން ރައްޔިތުންގެ ޖަނާޒާގެ ތެރެއިން

17:59

ޣައްޒާއިން އިސްރާއީލަށް ފަސް މިނިޓް ތެރޭ 137 ރޮކެޓުން ހަމަލާދީފި

17:51

އިސްރާއީލްގެ އަޝްކެލޮންއަށް ޣައްޒާއިން ދިން ވަރުގަދަ ރޮކެޓް ހަމަލާތަކެއްގައި ޔަހޫދީންގެ ދެ މީހަކު މަރާލައިފި

16:46

އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރަމުން އަންނީ ހުއްދަ ދީފައިނުވާ އަދި ހާލަތާއި ނުބައްދަލު ބާރުތަކެއް ކަމަށް އިންސާނީ ހައްގުތައް ހޯދަން ވަކާލާތު ކުރަމުން އަންނަ އެމްނެސްޓީ ގުރޫޕުން ބުނެފި.

15:56

އަޝްކެލޮންއަށް ޣައްޒާއިން ހަމަލާދެނީ - ފޮޓޯ: ފަލަސްތީން މީޑިއާތައް
އަޝްކެލޮންއަށް ޣައްޒާއިން ހަމަލާދެނީ - ފޮޓޯ: ފަލަސްތީން މީޑިއާތައް
އަޝްކެލޮންއަށް ޣައްޒާއިން ހަމަލާދެނީ - ފޮޓޯ: ފަލަސްތީން މީޑިއާތައް

15:56

އަޝްކެލޮންގެ ގެއަކަށް ޣައްޒާއިން ދިން ހަމަލާ އަމާޒުވެފައި

15:53

ޣައްޒާއިން ދިން ހަމަލާތަކެއް އިސްރާއީލްގެ ބައެއް ގެތަކަށް އަމާޒުވެ ގެއްލުންތަކެއް ވެއްޖެ. އިސްރާއީލުން ބުނީ، އަޝްކެލޮން އާއި އަޝްޑޮޑް ސިޓީގެ އިމާރާތްތަކަށް ރޮކެޓް އަމާޒުވެފައުވާކަމަށް. މި ހަމަލާތަކުގައި އިމާރާތްތަކަށް ގެއްލުންވެ، ދެ މީހަކަށް ވަނީ އަނިޔާވެފައި.

15:51

އަނެއްކާވެސް ޣައްޒާއިން އިސްރާއީލަށް 40 ރޮކެޓް ހަމަލާ ދީފި.

15:51

އިސްރާއީލްގެ އަޝްޑޮޑް، އަޝްކެލޮން، ގަން ޔަވްނޭ، ނިރް ގާލިމްގައި ދަނީ ހަމަލާ އަންނަ ކަމުގެ ސައިރެން އަޅަމުން.

15:46

އިސްރާއީލުން ޣައްަޒާއަށް ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ ދެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި.

15:42

ޣައްޒާގެ ވަށައިގެން އިސްރާއީލްގެ 500 ސިފައިން ރުކުރުވާލަން އެގައުމުގެ ޑިފެންސް މިނިސްޓްރީން އަމުރުކޮށްފި.

15:41

ޣައްޒާ

15:38

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުން ވައިގެ މަގުން ހަމަލާތައް ދެމުންދާއިރު، ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 26 އަށް އަރާފައި.

14:54

އިސްރާއީލް ސިފައިން މުސްލިމުންގެ ތިންވަނަ ހަރަމްފުޅު، މާތްވެގެންވާ މަސްޖިދުލް އަގްސާ އަށް ދިން ހަމަލާއަކީ މުޅި މުސްލިމް އުންމަތަށް ދިން ހަމަލާއެއް ކަމަށް ތުރުކީން ބުނެފި

14:54

އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށާއި އަލް އަގްސާ މިސްކިތަށް ދިން ހަމަލާ ޕާކިސްތާނުން ކުށްވެރިކޮށްފި

12:39

އިސްރާއީލުން ދަނީ މިއަދު ވެސް ޣައްޒާގެ އެކި ސަރަހައްދުތަކުން ވައިގެ މަގުން ހަމަލާތައް ދެމުން. ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރާފައި.

12:03

އިސްރާއީލުން ދެކުއްޖަކު ޝަހީދުކޮށްލީ މަގުމަތީ ކުޅެން ތިއްބާ!

11:31

އިސްރާއިލުން މުސްލިމުންނަށްދޭ އަނިޔާތައް ކުށްވެރިކުރަން ޖަރުމަނުން ދެކޮޅު ހަދައިފި.

11:02

މުސްލިމް ހުރިހާ ގައުމަކުން ހުއްޓާނުލައި އިސްރާއިލާއި ހަނގުރާމަ ކުރަން ޖެހޭ- އީރާން

10:56

ބޭނުންވަަނީ މުޅި ޤުދުސް - ނަތަންޔާހޫ

09:33

ޣައްޒާއަށް މިހާރުވެސް އިސްރާއީލުން ދަނީ ވައިގެ މަގުން ހަމަލާތައް ދެމުން.

09:08

އިސްރާއީލުން ޣައްޒާގެ 130 ތަނަކަށް ވައިގެ މަގުން ހަމަލާތައް ދީފި.

09:07

އިސްރާއީލުން މަސްޖިދުލް އަޤުޞާ އާއި ގުދުސްގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާއި ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފި. ނަމަވެސް ބައްދަލުވުން ނިންމާލީ ބަޔާނެއް ވެސް ނުނެރެ.

01:54

އަޤުޞާ މިސްކިތުގައި އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތަކައި ދެކޮޅު ހެދުމުގެ ގޮތުން ހުޅަނގު އައްސޭރީގައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުން އެބަގެންދޭ.

01:29

ރޮކެޓް ހަމަލާތަކުގެ ސަބަބުން އިސްރާއީލްގެ ގިނަ ބަޔަކަށް އަނިޔާވެއްޖެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ. އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ރޮކެޓް ހަމަލާއެއްގެ ސަބަބުން ބިއްލޫރިތަކެއް ތަޅައިގެން ގޮސް މީހެއްގެ ގަޔަށް ހެރުމުގެ ސަބަބުން އޭނާ އަށް ފަރުވާ ދޭން ޖެހިފައިވާ ކަމަށް. އޭގެ އިތުރުން ދެމީހަކު ރޮކެޓް ހަމަލާއަކުން ސަލާމަތްވާން ބިންގަރާހަކަށް އެރެން އުޅެނިކޮށް އަނިޔާވެފައިވޭ. 15 މީހަކަށް ވަނީ ކުދިކުދި އަނިޔާތައް ވެގެން ފަރުވާ ދީފައި.

ގުދުސްގައި އިސްރާއިލް ސިފައިންނާއި ފަލަސްތީންގެ އާއްމުން ކުރިމަތިލައި އިސްރާއީލް ސިފައިންގެ 32 މީހަކު ވަނީ ޒަހަމްކޮށްލާފައި. އެމީހުން ޒަހަމްވީ ފަލަސްތީން ރައްޔިތުން އޮއްގާ އުކުމުން. މީގެތެރެއިން ހަމީހަކަށް ވަނީ ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހިފައި.

01:17

އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުން އިނގިރޭސިވިލާތުން ކުއްވެރިކޮށްފި. ނަމަވެސް އިސްރާއީލްގެ ސިފައިން ޣައްޒާއަށް ބޮން އަޅާ އާއްމުންނާއި ކުޑަކުދިން ޝަހީދު ކުރަމުންދާ ދިއުން އިނގިރޭސިވިލާތުން ކުއްވެރިކޮށްފައެއް ނުވޭ. އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ބުނީ އިސްރާއީލަށް ދެމުންގެންދާ ހަމަލާތައް އިނގިރޭސިވިލާތުން ކުއްވެރިކުރާކަމަށް.

01:13

އަލްޤުދުސްގެ އަހުލުވެރިންނާއި އަލްއަޤްޞާ މިސްކިތަށް ރައްކާތެރިކަން ދެއްވުން އެދި ދުޢާކޮށް ދެއްވުމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އެދިވަޑައިގެންފި. ޝަހީމް މިކަމަށް އެދިވަޑައިގެންނެވީ މިރޭ ކުރެއްވި ޓްވީޓެއްގައި.

01:08

ރޮކެޓް ހަމަލާތައް އަމާޒުވެދާނެތީ މާދަމާ އިސްރާއީލްގެ ގިނަ ސްކޫލްތައް ބަންދުކުރަން އިސްރާއީލް ސަރުކާރުން ނިންމައިފި.

01:07

އިސްރާއީލުން ދަނީ ޣައްޒާއަށް ވަރަށް ވަރުގަދައަށް ބޮން އަޅަމުން. ޣައްޒާގެ ގިނަ ސަރަހައްދުތަކުން ބޮޑެތި އަލިފާންގަނޑުތައް ފެންނަމުން އެބަދޭ.

01:03

އިސްރާއީލަށް މިހާރު ހަމަލާތައް ދެމުން ދަނީ ގުދުސް ހިމާޔަތް ކުރުމަށް ކަމަށާއި، އިސްރާއީލުން ހަމަލާތައް ދެމުންދާހާ ހިނދަކު ހުއްޓުމެއްނެތި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުގެން ގެންދާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފި.

00:49

ފަލަސްތީނާއި އިސްރާއީލާއި ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމަށް ފިނިކަމެއް ގެނެވޭތޯ މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މަސައްކަތް މިސްރުން ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާތައް ބަދަލު ކުރުން ހުއްޓުވޭތޯ މިހާރު މިސްރުން ވަނީ ފަލަސްތީންގެ މުޖާހިދުންނާއިއެކު ނުރަސްމީކޮށް ވާހަކަތައް ފަށަން ހުށަހަޅާފައި.

00:46

އީދު ހެދުން ގަނެގެން ގެއަށް ދަނިކޮށް ޣައްޒާގެ ނުވަ އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން މަސްޖިދުލް އަޤުޞާގެ ހަރިއްމަ ތެރޭގައި ހިންގަމުންދާ ލާއިންސާނީ، ހައްދުފަހަނައަޅާފައިވާ އަމަލުތައް އިތުރުވެ، މިއަދު ވަނީ ޣައްޒާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކާއި މިސައިލް ހަމަލާތައް ދޭން ފަށާފައެވެ.

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ވަނީ 22 މީހަކު ޝަހީދުވެފައެވެ. އޭގެތެރޭގައި ނުވަ ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުން ގެންދާއިރު ގުދުސްގެ އެކި ސަރަހައްދުތަކާއި އަޤުޞާ މިސްކިތުގައި އިސްރާއީލްގެ ސިފައިން ދަނީ ރަބަރު ވަޒަނުން ފަލަސްތީންގެ އެއްވެސް ހަތިޔާރެއް ނެތް އާއްމު ރައްޔިތުންނަށް ހަމަލާ ދެމުންނެވެ.

އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅު ހެދުމުގެ ގޮތުން ފަލަސްތީންގެ މުޖާހިދުން ގެންދަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. މީގެ ތެރެއިން އަށް ރޮކެޓެއް އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް ވެސް ވަނީ އަމާޒުވެފައެވެ. ތެލްއަވީވަށް ރޮކެޓް ހަމަލާތައް ގިނައިން އަމާޒުވުމަކީ އިސްރާއީލުން އަބަދުވެސް ވަރަށް ކަންބޮޑުވާ ކަމެކެވެ. ތެލްއަވީވަކީ ޣައްޒާއާއި ނިސްބަތުން ދުރު ސިޓީއަކަށް ވާއިރުވެސް އެހިސާބަށް ރޮކެޓް ހަމަލާތައް އަމާޒުވުމަކީ މުޖާހިދުންގެ ގާބިލްކަން ދޭހަކޮށްދޭ ކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ފަލަސްތީންގެ މަސްރަހާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  ޔާ ﷲ ފަލަސްތީނަށް ނަސްރު ދެއްވާށި ޢާމީން

  37
  2
 2. ޢަހުމަދު

  ޔާ ﷲ ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދެއްވާށި އަދި މަސްޖިދުލް ޢަޤްސާ ހިމާޔަތް ކޮށްދެއްވާށި. ޢާމީން

  26
  2
 3. Anonymous

  ޢިސްރާއީލް ޓެރަރިސްޓުން ކިޙާބޮޑު ބަލަވެރިކަމެއް😡