އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް އަދި އޭގައި ބައިވެރިވި ކަމުގެ ތުހުމަތު އޮތް މީހުންގެ ލިސްޓުގައި ހިމެނޭ، ސަރުކާރާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން އެ މަގާމުތަކުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު ދިރާސާ ކުރަމުންދާ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ، ތަހުގީގު ނުނިމި އޮތަސް އަދި ދައުވާ ކުރުމުގެ މަރުހަލާގައި އޮތަސް މިހާރުން ފެށިގެން ނަގަން ޖެހޭ ފިޔަވަޅުތަކެއް ހުންނާނެ ކަމުގައި އޭނާ ޤަބޫލު ކުރާ ކަމަށެވެ. ހުކުމް އަންނަން ދެން މަޑު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ އީވާ ހުށަހެޅުއްވީ މަގާމުތަކުގައި ތިބި ބަޔަކު ލިސްޓުގައިވާނަމަ އެ ބަޔަކު މަގާމުން ވަކިކުރުމަށް ލަފާ ދިނުމަށެވެ.

އީވާގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިނެވެ. ހިސާން ވިދާޅުވި ގޮތުގައި އެ މަގާމުތަކުގައި ތިބެގެން ތަހުގީގު ދާނަމަ، ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންވެގެން އޭނާ ވެސް ތާއީދު ކުރައްވަނީ ތަހުގީގު ނުނިމުނަސް އެ ބަޔަކު މަގާމުތަކުން ދުރުކުރުމަށް ކަމަށް ވިދާޅުވިއެވެ.

ޚިޔާނާތުގެ ތުހުމަތު އޮތް އެ މީހުންގެ ލިސްޓު އާންމު ކުރުމާ މެދު ވެސް ބައެއް ޚިޔާލު ތަފާތުވުންތަކެއް އެބަ އޮތެވެ. އެމްޑީޕީގެ ބައެއް އިސް މެންބަރުން ވަނީ ތަހުގީގު ކުރިއަށްދާތީވެ އެ ލިސްޓު ސިއްރު ކުރަން ޖެހޭ ކަމަށް ވަކާލާތު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. ލިސްޓު މަޖިލީހާ ޚިއްސާކުރި އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަނުން ވެސް ވަނީ އެ ގޮތަށް އެދިފައެވެ. މިކަމާ ގުޅިގެން އާންމުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ. އެކަމަކު މައްސަލަ ބެލުން ވަރަށް ބޮޑަށް އަދިވެސް އޮތީ ލަސްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބުއްޅަ

    އެއްމެފުރަތަމަ މަޖިލީހުން ފަށަމާ!

    28
  2. Anonymous

    1 ބިލިއަން ހޯދާށޭ ކިޔާފަ ކިހާވަރަެއް ޚަރަދު ކުރެވިއްޖެ ؟

    24
  3. މައިކް

    ތިހާކެރެންޏަ ތިލިސްޓެއް ރައިތުން ަނައް ދައްކަބަލަޢެޜުންތާ ތިކައްކާ އެޗެއް އެގޭނީ

    24
  4. އެމަންޖެ

    ތިކަމުގެވެސް އަޑީގަ ތިއްބެވީ އީވާ މެންނޭ.

    26
  5. ކަނޑު ކޮސް

    ތީ ހަމަހޖަމަލު ފޮޑި އެއްކަމެއްނުވާނެ ތިމައްސަލަ ބާއްވާ ފުރަތަމަ ތިމާމެން އެމްޑީޕީސަރުކާރުގަ މިހާރު މިހިންގާ ހިޔާތަތައްހުއްޓުވާބަލަ ގައުމު މިހާލުގައި އޮތްއިރު ވެންޓިލޭޓަރުތައް ވީގޮތާ ބޭގައުމުތަކުންނާ ޖަމާއަތްތަކުންދިން ބިލިއަން ރުފިޔާގެ އެހީތަކައް ވީގޮތާ ނަހައްގުން އައުވާނުންނައް ބޮޑެތިއަދަދުތަކުން ރައްޔެތުބެގެ ފައިސާއުން ބަހަމުންދާ ފައިސާތަކާ މިނިސްޓުރީތަކުގަ ކުރާ ޖިންސީފުރައްސާރަތަކެވެ.ވެރިކަންފޮނިމީރުކަމާ ހުރިހާބާރެއް ލިބި ރައްޔެތުންނައް އެއްވެސް މަންފާއެއް ފައިދާއެން ނުރި ހުސްގެއްލުން ދިންސަރުކާރެއްމީ އިތުރައް ރައްޔެތުންނައް އަނިޔާނުކޮއް އިސްތިއުފާދޭށެވެ.

    20
  6. ބުރާންތިސް

    ނަމަވެސް ޕާސްޕޯޓް ހިފަހައްޓަންވާނެ.
    މިހާރު ތިވާގޮތުން އެމީހުން ފިލަން ފުރުސަތު ތިދެވެނީ.
    ތިގޮތް ހަމަ ރަނގަޅުތަ ؟

    19
  7. ރައްޔިތުން

    ތިޔަ ލިސްޓުގައި ތިބި މަޖިލީހުގެ ހުރިހާ މެންބަރުން މިހާރުން މިހާރަށް މެމްބަރުކަމުން އިސްތިއުފާދީ އެދާއިރާތަކުގެ ބައި އިލެކްޝަން މި ހިނދުން މިހިނދަށް ބޭއްވުމަށް ސަރުކާރަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ހަރުއަޑުން ގޮވާލަން

    24
  8. އަލިބެއްޔާ

    މި ސިޔާސީ މީހުންގެ ލަދެއް ޙަޔާތެއް ނުހުންނަ ކަން..

    20
  9. ކަޑަ

    ކޚިޔާނާތް، ކޮރަޕްޓް ތި ކިޔަނީ އަމިއްލަ ޖީބަށް އެއްޗެއް ލީމަތަ. ރައްޔަތުންގެ ލާރި ރައްޓެހިންނަށް ބެހުން. ނަޝީދު ވެރިކަމަށް އައިސް ހެވީ ލޯޑަށް ދިން އެތައް މިލިއަން ޑޮލަރު، ސާކް ސަމިޓުގެ ބޮޑު ކޮރަޕްޝަން މުންކޮއަށްވެސް އެތައް މިލިއަން ރުފިޔާ. ބިޑަކަށް ނުލާ ރައްޓެހިންނަށް ދަތުރު ފަތުރު ނިޒާމޭ ކިޔާފަ ރަށްތައް ދީފައި. 800 މިލިަންޑޮަލރުގެ މައްސަލަ ބަލަން ބޮޑު ކޮމިޝަނެއް ހަދާ ބޭރުގެ ކުންފުންޏަކަށް އެތައް މިލިއަން ޑޮލަރު ދީ ވީކަމެއް ހަރާން. ވަރަށް ބާރުލާފަ ބުނާނެ އަޅުގަނޑު ލާރިއެއް ނުނަގަމޭ އެހެން މީހުންނަށް ރައްޔަތުންގެ ލާރި ދިނުން އޯކޭ. ހުސް ކޮރަޕްޓް ސަރުކާރު. އަމިއްލަ ޖީބަށް ވަންނަން ފެށީމަ އޯ.ކޭ

    17
  10. ޒަބީބު

    އެހެން ވެއްޖެއްޔާ ލިސްޓް ގައި ނަން އޮތް 40 އެތައް މަޖިލިސް މެމްބަރުން މަޤާމުން ވަކިކުރާނީ ކާކު؟ އެބޭފުޅުން ހަމަ ގޮނޑީގައި ތިބެފަ އެހެންމީހުން ވަޒީފާއިން ވަކިކުރަންވީތޯ؟ ތީޔައީ ކޮންކަހަލަ ހަމައެއް؟

    އެމްއެމްޕީއާރސީގެ ޚިޔާނާތުން ނަފާ ލިބުނު މެމްބަރުންނާއި ފިރިކަލުންނަށް ނަފާލިބުނު މެމްބަރުން ފަރުރަތަމަ އިސްތިއުފާ ދެއްވަންވީ ނޫންތޯ. އެއިރުން ދެންތިބި އެންމެން ވަޒީފާއިން ވަކިކޮށް އިސްތިއުފާ ދިން މެމްބަރުންނާއި އެކީ ޖަލަށްލުން ކީއްކުަރަން ގަން ހިންގިއަސް ދެން މައްސަލައެއް ނެތް.

    އެކަމަކު މަންމަގެ ބާ އައިޕެޑޭ ބުނެ އެހިސާބުން ނިއްމާލެވިގެން ނުވާނެ އެހެން ނޫންތޯ؟

    އަދި ކޮބައިތޯ! އިނގިރޭސި ވިލާތުގެ މިނިވަން ޖައްވުގައި ހުންނަވައިގެން އަދީބު އާއި އެކީ ވަގު ޑީލް ހަދައިގެން އަދީބުގެ އަންހެނުން ޔޫކޭއަށް ގެންގޮސްގެން ނިއުސް ކޮންފަރެންސް ބާއްވައި، އެމްއެމްޕީއާރސީ ވައްކަމުގެ ނަޖިސް ފައިސާއިން ފެންވެރުއްވި އެމްޔޫއޯގެ ލީޑަރު، ހިތުން ބޮޑުވަޒީރު، ވެސް މަޖިލިސް ރައީސްކަމުންނާއި މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭނެ ނޫންތޯ. އެވާހަކަ ނުދައްކަނީ ކީއްވެތޯ؟ ތިޔަގޮނޑި ތަންކޮޅެއް އުސްވީމާ އެހެން މީހުން މާ ދައްކޮށް ފެންނަނީތޯ؟ ނޫނީ ފައިން އަރައި ފިތާލެވޭނެ ކަމަށް ހީކުރަނީތޯ؟ ގަދަ ހިފުމަކަށް ނުކުންނަން ވީނޫންތޯ؟ އެނގިދާނެތާ؟

    26
  11. ނަައީމް

    އެންމެ ފުރަތަމަ ރައީސުން ފަށް ސޯލިހުވެސް ގޭގަ މަޑުކުރަން އަންގައިފި ދެން މަޖިލިސް ގިނަމެމްބަރުން ގޭގަ މިނިސްޓަރުން ގޭގަ ދެންސަރުކާރު ހިންގާނީ މުދިމުން އިމާމުން ސެއިހުން ވަގުންގޭގަ މައްސަލަނިމުނަސްނުނިމުނަސް . ކެރޭނެތަ ނުކެރޭނެ

    20
  12. Anonymous

    މީނަ މީ ކާކުތަ މިވާހަކަ ދައްކަން؟ މީނާގެ ބޭންކް އެކައުންޓެއް އޮންނަ ކަމަކަށްވެސް ނުވެއެއްނު.

    20
  13. އަޤީލަންބާ

    ވަޒީފާއިން މިހާރު ވަކިކޮށްފަ ޝަރީއަތުގަ ސާބިތުނުވެ އެމީހާ ސަލާމަތް ވީމަ އަލުން އެމީހާއަށް ލިބުނު ގެއްލުމުގެ ބަދަލު ދޭނެތަ؟

    12
    • ނުކުތާ

      ސީދާ އެކަމަށްޓަކައި ނިންމާ ނިންމުމެއް މީ. ރައްޔިތުންގެ ލާރިން ރައްޔިތުން ތަމްސީލުކުރާ ތަނަކުން ނިންމަން އުޅޭ ނުބައި ނިންމުމެއް

  14. ބަރުގޮނު

    މިވާހަކަ " ފާނަދަލޭކާ އަންބާ " އަށް ނުހަދާ ލިސްޓް ޢާންމު ކުރަންޏާ ޢާންމު ކުރަންވީ. ތިޔަ ލިސްޓް ބަރާބަރަށް ހާމަ ވާއިރު ސަރުކާރު އޮންނާނީ ހާއަޅާ ފުޅައްގަޑަކަށް ވެފައި. މަޖްލިސް ގެ ތަޅަމުގެ ގިނަ ގޮޑި ހުންނާނީ ފޮޅާ ސާފުކުރަން ވެފައި. އެކައުންޓަށް ފައިސާ ޖަމާވި ފަރާތްތަކަށްވުރެ ސީދާ ނަގުދު ފައިސާ އަތަށް އެރި ފަރާތްތަކެއް މަދެއް ނުވާނެ.

  15. ނުކުތާ

    ލިސްޓުގައި އޮތީ ތުހުމަތުކުރެވޭ މީހުން. އެކަމަކު އެކަށީގެންވާ ހެކި ލިބިފައި ނުވާކަމަށް ލިސްޓު ފޮނުވިއިރު ބަޔާންކޮށްފައިވޭ. އެހެންވާނަމަ، ލިސްޓުގައިތިބި އެފަދަ ބަޔަކު ވަކިކޮށްފިނަމަ އެފަރާތަކުން އެކަން ކޯޓަށް ހުށަހެޅުމުން ސާބިތުވި ދުވަހާ ހަމަޔަށް އެބަޔަކަށް ބަދަލުގެ ގޮތުގައި ރައްޔިތުންގެ މާލުން ފައިސާދޭންޖެހޭކަން އެނގި އެފަދަ ނިންމުމެއް ރައްޔިތުން ތަމްސީލުކުރާ މަޖިލީހަކުން ނިންމުމަކީ.........؟