ރާއްޖޭގައި ކޮންޓްރޯލްް ނުކުރެވޭ މިންވަރަށް ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިިގެން ދެން އަޅާނެ ފިޔަވަޅުތަކާއި މެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއާ އެކު މަަޝްވަރާކުރައްވަމުން ގެންދަވާ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންްޓަރ (އެޗްއީއޯސީ)އިންް ހާމަކޮށްފިއެވެ.

ފިތުރު އީދަށް ފަހުު މާލެ ފުރަބަންދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ވާކަަމަށް މީޑިއާތަަކުގައި ފެތުރޭ ވާހަކަތަކަށް އިޝާރާތްކުރައްވާ އެ ރަައީސް އޮފީހުގެ ތަރުޖަމާނު މަބްރޫޫކް އަޒީޒް ރޭ ވިދާޅުވީ ފުރަބަންދުކުރުމަށް އަދި ނިންމާފައި ނުވާކަމަށާއި، ފިޔަވަޅުތައް އިތުރުކުރުމަށް މަޝްވަރާާކުރާކަމަށެވެ.

"ދެން އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅާ ގުޅޭގޮތުން މިހާރު ދަނީ މަޝްވަރާ ކުރަމުން. މިރޭގެ މީޓިން ނިމޭއިރު އިތުރު ފިޔަވަޅެއް އެޅުން އެކަށީގެންވޭ" މަބްރޫކް ރޭ ވިދާޅުވި އެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ ފުރަބަންދު ކުރިކަން އިއުލާން ކުރާނީ މިއަދު އޮންނަ ކެބިނެޓް ބައްދަލުވުމަށް ފަހުއެވެ.

މިހާރު މާލެ ސަަރަހައްދުން ކޮންމެ ދުވާލަކު 500 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއެވެ. މިއާއެކު މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އެނދުތަކުގެ %80 ފުރިފައިވާއިރު، ދަރުވަމަންތަ ހޮސްޕިޓަލްގެ އައިސީޔޫ އެނދުތައް %90 އޮތީ ފުރިފައެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާތީ މިހާރު އެ ސަރަހައްދުގައި ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މިހާރު ރޭގަނޑު 9:00 އިން މެންދަމު 4:00 އަށް ކާފިއު އިއުލާނުކޮށްފައިވާއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ކޮލެޖްތަކާއި އޮފީސްތަައްވެސް ބަންދު ކުރަން ވަނީ އަންގާފައެވެ.

މިހާރު ކޮވިޑް ކޮންޓްރޯލް ކުރަން ބައެއް ފިޔަވަޅުތައް އަޅާފައި ވީނަމަވެސް މިމަސް ނިމެންދެން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މައްޗަށް ދާނެކަމަށް ލަފާކުރެވޭ ކަމުގައި އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ލޮކްޑައުން ކޮށްފިއްޔާ މުޒާހަރާވެސް ކުރަންވީ.. ވެކްސިން ޖަހުވާފަ ލުއި ނުދީ މަކަރުހެދީ..

    26
    22
    • ވަރަށް ފޫހި

      ސަރުކާރުގެ އޮފިސްތަކާ މުއައްސަސާތައް ބަންދުކޮށް ގިނަ މުވައްޒަފުންތަކެއް އެޗްއީއޯސީ އަށް މަސެއްކަތް ކުރަން ނެރުމުން ވަނީ ކޮން މޮޅެއް...... އެޗްއީއޯސީގަ މަސެއްކަތްކުރަން މިހާލަތުގަ ބޭނުން ނުވިޔަސް އޮފީހުން އެންގުމުން ދާން މިޖެހެނީ..... އެޗްއީއޯސީގަ މާ ގައިގޯޅިކޮށް މަސެއްކަތް ކުރަން ޖެހެނީ... މިއޮށް ޕެންޑެމިކް ގަ ވެސް އެއްސެންޓި މިޓަރ ނުހުންނަ ހާ ކައިރީގަ އެޗްޕީއޭގެ މަސެއްކަތް ކުރައްވާ މުވައްޒަފުން ތިއްބަވަނީ ކީއްވެތޯ؟ ވޮލެންޓިއަރުންނަށާ އެހެން ސަރުކާރުގެ މުވައްޒަފުންގެ ހާލަތު ހުންނާނީ ކިހިނެތް؟ އެޗްޕީއޭ މުވައްޒަފުން އެޗްޕީއޭ ގަވައިދަށް ބޮނުލަބާ!! އެޗްޕީއޭގެ މުވައްޒަފުންނަށް 3 ފޫޓް ޑިސްޓެންސް ނޭގެނީތޯ؟ ނޫނީ ހަމަ ދެފުތް ދެގޮތީތޯ؟

      14
      1
  2. ރައްޔިތުން

    މާލެ ފުރަބަންދުކޮށް އަދި އެކި ބޭނުންތަކުން ކުދި މެދުފަންތީގެ ވިޔާރިތައް ކުރުމަށް ކުރުމަށް ނަގާފައިވާ ލޯނުތަކުގެ އިންޓަރރެސް ކަނޑުވާ ދެއްވައި ލޯންތައް އަންބުރާ ދެއްކުން ލަސްކޮށްދެއްވާނެ ގޮތް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަން.

    38
    1
  3. ހައްގު

    ކޯވިޑްގެ މިހާލަތުގަ އެހެން ރައީސަކާއި އަދި އެރައީސްގެ ކެބިނެޓާއި ވަގުތީގޮތުން ގައުމު ހިންގަން ހަވާލުކޮށްލަންފެނޭ. ހަމަ ތަފާތު ބަލާލަން ބޭނުންވަނީ.

    37
    5
  4. ރައްޔިތުން

    މާލެ ފުރަބަންދުކޮށް އަދި އެކި ބޭނުންތަކުން ކުދި މެދުފަންތީގެ ވިޔާރިތައް ކުރުމަށް ކުރުމަށް ނަގާފައިވާ ލޯނުތަކުގެ އިންޓަރރެސް ކަނޑުވާ ދެއްވައި ލޯންތައް އަންބުރާ ދެއްކުން ލަސްކޮށްދެއްވާނެ ގޮތް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަން. ހުރިހާ ބޭފުޅުން މިކަމަށް ޑިމާންޑްކޮށް ރައީސަށް ލިއުއްވަން ފެނޭ

    20
    2
  5. މާމީ

    މިއަނދުވެސް އިންޑިއާ މީހުން މާލެއެބައާދޭ

    15
    2
  6. ......

    ކީއްކުރަން ކުރާ ލޮކްޑައުންނެއް ބާއޭ ހިތައް އަރާ...
    ޢީދަށް އެންމެން ތައްޔާރުވާންވީ...ގައުމުގައި ހުރި ބޮޑެތި މުންކަރާތްތައް ހުއްޓާލާ އީދު ނަމާދަށްފަހު ހުރިހާާ ރަށެއްގަ އެއްފަހަރާ ދުޢާ ކުރަން ފެނޭ...ބަލި ޖައްސަވާ ފަރާތައް ބަލި ން ރައްކާތެރި ކޮށްދެވޭނެކަން އަހަރެމެން ގެ އީމާނުގައި ބަހައްޓަން ޖެހޭ...

    11
  7. މަބޭ

    މިހާލަތައްރާއްޖެދިޔަސަބަބު އިންޑިޔާ މަސއްކަތުމީހުންގެ ޓުވަރިޒަމް ނުވަތަ ކަރަންޓީންފއސިލިޓީއަކައް ރާއްޖެބޭނުންކުރުން އަދިވެސް މިކަމެއްނުހުއްޓޭ މީހުންއަންނަވަރުން އަންނަނީ ހުޅުމާލެ އަދި މާލޭގެ ގެސްޓްހައުސްތައްފުރީފަ މަގުމަތީއުޅެނީ މަސްކްއޮންނަނީ ދަތްދޮޅީގަ

    10
    1
  8. އިސްތިއުފާ

    އެޗްއީއޯސީ އުވާލާ އަދި މީޑިއާ އަށް އެޗްއީއޯސީން މައުލޫމާތު ދިނުން ހުއްޓާލާ ކޮވިޑްގެ ނަތީޖާ މީޑިއާ އަށް ހާމަ ކުރުން ހުއްޓާލާ އެޗްއީއޯސީ އުވާލާ ރާއްޖޭގެ އިގްތިސާދު ފުނޑު ފުނޑުވެ ރައްޔިތުން ހަނާވަނީއޭ ތަމެންގެ ވެރިކަމަކީ އެއީ ރާއްޖެ ދެކޭ އެންމެ ހަނަފަސް ތަދުމަޑުކަން ބޮޑު ވެރިކަމޭ މުޅި ސަރުކާރު ގަނޑު ކޮށް ހުރިހާ ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދޭންވީއޭ ސަރުކާރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    7
    2
  9. ނުވާނެއޭ

    މާލެ ސަރަހައްދު ލޮކް ޑައުން ކުރަން ޖެހޭނީ މާލެ ސަރަހައްދުގަިއ ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން އެފަދަ ވޯޓަކުން ފާސް ވެއްޖެނަމައޭ އެނޫން އެއްގޮތަކަށް ވެސް މާލެ ސަރަހައްދު ލޮކް ޑައުން ކޮށްގެން ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ

    5
    8
  10. ނެތީމޭ

    ރާއްޖެ ލޮކް ޑައުން ކުރާނީ ކަނޑުކޮހުންގެ ސަރުދާރުންނޭ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ އާއި މާލެ ސަރަހައްދު ލޮކް ޑައުން ނުކުރާތި ކަން ކުރަން ނޭގޭނަމަ މީގައި ރީތި ގޮތަކީ ކެބިނެޓް އެއްކޮށް އިސްތިއުފާ ދީފައި ތަމެން ރަށު ތެރޭން މުޑި ކާށި ހޮވުން ނުވަތަ ދިގު ވަލަށް ދަރުހޮވަން ދިޔައިއްޔާއޭ މަމެން ބުނަން ނެތީމޭ ނެތީމޭ ނެތީމޭ...

  11. އަހްމަދު

    މާލޭ ކީއްކުރަންތޯ ދިވެހިރާއްޖޭގެ އެއްވެސް ރަށެވެސް ފުރަ ބަންދުކުރާނެ ކަމެއްނެތް! މިޤައުމުގައި ކޮވިޑެއް ނެތެއްނޫން!!!

  12. އަހްމަދު

    ކެރެފާ ނަސީމް ބުނިގޮތަށް އެންމެންނަށް ބަލިޖެހުމުން ދެން ބަލީޖެހޭނެ ބަޔަކު ނުތިބޭނެއެއްނުން! އެހެންވީމާ އެއްފެސް ފިޔަވަޅެއް އަޅާކަށް ނުފެނޭ!

  13. ނަައީމް

    ހުރިހާކަމެއް އޮވާލާ މުއައްސަސާތައްވެސް އޮވާލާ އިސްތިއުފާދީ ދެން އެމީހަކާ އެމީހެއް ކަލޭމެނައް ކުރަންނޭގުނަސް އަރާތިބޭތި ހަމަ ހުސް ދަންނަ ނުދަންނަ

  14. އައްނި

    ކެވުނުވަރުމަދީ އަލުންފަށަނީ މީހުންވެސް އާކޮއްފަ ޒުވާނުމްނޭ އެބަފެނޭތަ ބަޔަކު ވެރިކަންކުރާގޮތް އަދިވެސް ރައްޔިތުން ހޭނާރާތަ