ޅ.ނައިފަރުގެ ދޭދޭ މުއައްސަސާތަކުގެ ސިޔާސީ ވެރިންގެ މެދުގައިހުރި ޒާތީ މައްސަލަތައް ގިނަ ކަމަށާއި ކޮވިޑްގެ ހާލަތު ވެސް އެރަށުގައި އަދިވެސް އޮތީ ވަރަށް ބިރުވެރިކޮސް ކަމަށް ވިދާޅުވެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާޗު މަހުގެ 23 ފެށިގެން މޮނިޓަރިންގައި ނައިފަރު އޮންނަތާ އެއް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު މި މުއްދަތުގެ ތެރޭގައި އެރަށުން 728 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ވޭތުވެދިޔަ ހަތް ދުވަސްތެރޭ އެކަނިވެސް 179 މީހަކު ބައްޔަށް ފައްސިވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 410 އެވެ. ނައިފަރުން ކޮވިޑް ބަލީގައި ހަތަރު މީހަކު މިހާތަނަށް ނިޔާވެފައިވާއިރު އެ ރަށަކީ މާލެ ފިޔަވާ މީހުން ދިރިއުޅޭ ރަށަކުން އެންމެ ހާލަތު ގޯސް އެއް ރަށެވެ.

ޝިޔާމްގެ ފޭސްބުކް ގައި އިއްޔެ ލިޔުއްވާފައިވާ ދިގު ޕޯސްޓެއްގައި ވިދާޅުވީ، މިހާ ދުވަސްވީއިރުވެސް ރައްޔިތުންގެ ހުރީ ކުރިންވެސް ހުރި ޝަކުވާތައް ކަމަށެވެ.

އިތުރުވީ ވޭދަނަކަތަކުގެ އަދަދުތައް ކަމަށާއި، ވޭދަނަ މަދުކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއްކުރާތަން ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިހާލަތުގައި ބޭނުންވާ މުހިއްމު ވަސީލަތްތައް އަދިވެސް ފޯރުކޮށް ނުދެވޭ" ޝިޔާމް ވިދާޅުވިއެވެ.

ރަށުގެ ހާލަތު ސިފަކުރައްވަމުން ޝިޔާމް ވިދާޅުވީ، މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން ސިއްހީ ދާއިރާގެ ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއް ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބުމުގެ ސަބަބުން މަސައްކަތްކުރާ މަދު މުވައްޒަފުން ވަރުބަލިވެ ރަނގަޅަށް ހިދުމަތްފޯރުކޮށް ނުދެވޭ ހިސާބަށް ގޯސްވެފައިވާ ކަމަށެވެ.

"އެހެން ރަށްރަށަށް ދަތިވާ ހާލަތްތަކުގައި ޅ.އަތޮޅު ހޮސްޕިޓަލުން އެހެން ރަށްރަށަށް މުވައްޒަފުން ފޮނުވޭ އުސޫލުން މިހާލަތުގައި ކީއްވެތޯ ހެލްތު މިނިސްޓްރީއަށް ނައިފަރުގެ ހާލަތު ނޭންގިގެން މިއުޅެނީ" ޝިޔާމް ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ސިޔާސީ ވާދަވެރިކަން ކޮވިޑަށްވުރެ މާ ބޮޑަށް ގޯހެވެ.

"ދޭދޭ މުޢައްސަސާ ތަކުގެ ސިޔާސީވެރިންގެ މެދުގައިހުރި ޒާތީ މައްސަލަތައް ކޮވިޑުގެ ހާލަތައްވުރެ ގޯސްކަމަށް ފެނޭ. ޝަކުވާތަކަށް ހައްލު ނުހޯދި މިހާ ދުވަސް ވާންޖެހޭ ސަބަބެއް ނުވިސްނޭ" ޝިޔާމް ވިދާޅުވިއެވެ.

ކޮވިޑް ޓެސްޓުކުރުމާއި ގުޅޭ ގޮތުން ޝިޔާމްގެ ޕޯސްޓުގައި ވިދާޅުވީ، ޓެސްޓު ކުރެވޭނެ ވަސީލަތްތައް އެ އަތޮޅު ހޮސްޕިޓަލުގައި ނެތުމުގެ ސަބަބުން ނަތީޖާ ލިބުން ލަސްވުމާއި ގުޅިގެން ހާސްކަމާ ލިބޭ ގެއްލުމުގެ ޝަކުވާ ބޮޑު ކަމަށެވެ.

ކޮވިޑްގެ ވޭދަނަތައް ފެނުނުކޮޅު ހޮސްޕިޓަލްގައި ޖީންއެކްސްޕާޓް މެޝިނެއް ހުއްޓަސް އެ މެޝިން ރާއްޖޭގައި ކޮވިޑަށް ފައްކާކުރާ ފަސް ހޮސްޕިޓަލުގެ ތެރެއިން ހޮސްޕިޓަލަކަށް ކަމަށް ބުނެ ސަރުކާރުން ޅ.އަތޮޅު ރައްޔިތުންގެ ނުރުހުމުގައި 2020 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައި ގެންގޮސްފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

އެ މެޝިން ނުގެންދިޔުމަށް ސިޓީ ފޮނުވި ކަމަށާއި ދެ ހަފްތާ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށް ސަރުކާރުން މިދިޔަ އަހަރު ވިދާޅުވެފައިވާ ކަމަށާއި އެކަމަކު އަދިވެސް އެކަން ހަމެޖިހިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އަދިވެސް 2 ހަފްތާ ނުވަނީ ތޯއްޗެއް" ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް މެނޭޖްކުރަން ދައުލަތުން ފަސް ބިލިޔަން ރުފިޔާ ހޭދަ ކުރެވުނު އިރު އަދިވެސް ތިބީ ކުރިންވެސް ކުރަމުން އައި ޝަކުވާތައް މަތީކަން ޝިޔާމްގެ ޕޯސްޓުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަ މި ދަނޑިވަޅުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1204 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ހަރުކަށި ފިޔަވަޅުތައް އެޅިކަމަށްވިޔަސް މާބޮޑު ބަދަލެއް އަންނަތަނެއް އަދިއެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ

    ޢެމްޑީޕީ ގުންޑާ އިން 2023 ގަ އި ވޯޓްގޯނި ބަލާ އަންނާނެ
    ާާާާާާާާާާާާާާާާާާާާާާާާާާާާާަކk ކަރުގޮހޮރުން ތަޅާބޭރު ކުރޭ

    6
    1
  2. އެދުރޭ

    މުޅިރަށް ހަލާކް ކުރުމުގައި ޝިޔާމްގެ ބައިވެރިން ޒިންމާ ނަގަން ޖެހޭނެ. 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުން ޕީ.ޕީ ބަލިވުމުންނާ އޭގެ ކުރިން އޮތް ލޯކަލް އިންތިހާބްގަ ޕީ.ޕީ ކުދިން ބަލިވުމުން ޝިޔާމަށް ތާއީދު ކުރާ މީހުންވެގެން ނައިފަރު ބައިބައި ކޮށްލުމުގެ މަސައްކަތް ފަށާގެން އޭގެ ނަތީޖާ މިހާރު ތިފެންނަނީ. ޝިޔާމްމެންގެ ވެރިކަމުގައި ނައިފަރުގައި ސަރުކާރުގެ މުހިންމު މަޤާމުތަކަށް ނަގަމުން ދިޔައީ ޕީ.ޕީ ކުދިންން. މިސަރުކާރު އައީމަ ޕީ.ޕީ ކުދިންނަށް ކުރި އަސަރެއްގެ ބޮޑު ކަމުން މުޅިރަށް ފިތުނައިގެ ހާއްޔަކަށް ހަދީލި. މިހާރު ޕީ.ޕީ ކުދިންގެ ކައުންސިލެއް ނައިފަރުގަ ތިއޮތީ ދެން ކުރިން ހެދުނު ގޯސްތައް ރަގަޅު ކުރެވެތޯ ބަލާ...

    3
    9
  3. ރާގޮޑިރާޖަ

    ސިޔާމު ކިތައްމެ ކޯ ފާވިއަސް ދެން -/30 ރު ފިޔާއަށް ތެޔޮލިޓަރެއް ނައި ފަރު ފެނަކައަކަށް ނުގަންނާނެ.

  4. ޙހ

    މުޅިރަށް ހަލާކް ކުރުމުގައި ޝިޔާމްގެ ބައިވެރިން

  5. ރަޒިއްޔާ

    ވާނިވެސް އެހެންތާ ހޮސްޕިޓަލްގަ ހުންނެވި ވަރަށް ވެރިޔެއް މީހަކުބުނާގޮތަކަށް ނުހަދާނެ. ބޯހަރު ގޮލަޔެއް. ކައުންސިލްްގަ ހުންނެވީ ރަތްްލާޖެހި ތިނަދޫމީހެއް ކައުންސިލް ރައީސްކަން ހޯދަން ނައި ފަރުގަ ރަޖިސްޓްރީވެސް ބަދަލުކޮއްލި އެންމެ ފަހުން މަގާމުން ދުރުކުރީ ނުބާނުލަ ފާކަމުން ދެންއައި ދައިތަ އެހާ ނުލަ ފާ އެޗްޕީއޭ ބުނާގޮތެއް ނުހަދާ. ރައްޔިތުން ފިއްކަޑުވާ ފަ ތިބެނީ މީހާލަކީ. ބަލިވާ މީހާ ބަހައްޓަނީ ގޭއެންމެންނާށް ބަލިޖެހެންދެން އެއްތަނެއްގައި. ހުރިހާ އެންމެންނަށް ޖެހެންޖެހޭ 60ދުވަސް ވީމަ އެގެގެއް ކަރަންޓީނުންދޫކޮއއލަނީ . އޮތީ އެމްޑީޕީގެ ބާރު. މިހާރުވެސް ހަވީރު 4 ފަހުން ތަނަކަށް ދާންވެއްޖެނަމަ ޕޮލިހުންނަށް ގުޅާ އާދޭސް ކުރަންޖެހޭ މިސްކިތުގަ ތިއްބަވެސް ހުއްދަ ދައްކަންޖެހޭ ކިހާދެރަކަމެއް ކަމާބެހޭ ވެރިންތައް އަތު ފަތު ނުޖެހި ބޮމަރެއް އެބުރޭހެން އެބުރޭ ފުރަންޓް ލައިންގަޔޯ އެއީ ގިނަ ރު ފިޔާކާން.

  6. ގާތް އެކުވެރިޔާ

    ސިޔާމަކީ މިވާހަކަ ދައްކަން އެންމެ ރަގަޅު މީހާ، ކޮވިޑް ހިފައިގެން މުޅިމާލެ ވަށާ މިމީހުން ދުވި ހަދާނެއް ނެތް