އިތުރު ފަރުވާއަށް ރައީސް މުހައްމަދު ނަޝީދު ޖަރުމަނުވިލާތަށް ގެންދެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް އެމަނިކުފާނު އާއިލާއިން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ބޭބެ، ޑރ.އިބްރާހިމް ނާޝިދު ވިދާޅުވީ ރައީސް ނަޝީދު ޖަރުމަނަށް ގެންދެވޭތޯ އާއިލާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވީއެންމެ އަވަހަކަށް ޖަރުމަނަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޖަރުމަންވިލާތުގައި ވެސް މިހާރު ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ޔޫރަޕްގެ ގައުމުތަކުގެ މީހުންނަށް ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް މިހާރު ޖަރުމަންވިލާތައް އެތެވެވެނީ ހާއްސަ ހުއްދައެއް އޮވެގެންނެވެ. އަދި ޖަރުމަންވިލާތައް އެތެރެވާއިރު ކޮވިޑް ޓެސްޓެއްގެ ނައްސި ނަތީޖާއެއް ގެންދަން ޖެހޭނެއެވެ.

ޖަރުމަންވިލާތަކީ މުޅި ދުނިޔެއަށް ބެލިނަމަވެސް ސިއްހީ ޚިދުމަތުގައި އެންމެ ފާހަގަކޮށްލެވޭ އެއްގައުމެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވެރިން ސިއްހީ ހިދުމަތް ހޯއްދަވަން ޖަރުމަންވިލާތައް ވަޑައިގަންނަވައެވެ.

ނަޝީދު އަވަހާރަކޮށްލަން ހުކުރު ވިލޭރޭ ދިން ވަރުގަދަ ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. އެމަނިކުފާނުގެ ގިނަ އޮޕަރޭޝަންތަކެއް އޭޑީކޭގައި ވަނީ ކޮށްފައެވެ. އެއޮޕަރޭޝަންތަކަށް ފަހު ނަޝީދުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން ކަމަށާއި މިހާރު ވާހަކަދައްކަވާ އުޅުއްވާ ކަމަށް އާއިލާ އިން ވަނީ މައުލޫމާތު ދެއްވައެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ މައްޗަށް ނިރުބަވެރި ހަމަލާއެއް ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތު ދައުލަތުން ވަނީ ކޮށްފައެވެ. ނަމަވެސް ތިން މީހުން ވެސް ވަނީ އެމީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ކޯޓުގައި އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ގފކވ

  ޖަރުމަނުގަ އެމްޑީއެންގެ ކަންކަން މިވަގުތު ހިންގަމުންދަނީ. ޝަހިންދާވެސް އުޅެނީ އެތަނުގަކަމަށް ބުނަނީ

  82
  6
 2. ކޮމެންޓު

  އަބަދު ޑުރާމާ ކުޅޭމީހަކު ފުރުޞަތެއް ލިބުނީމަ ލައްކަ ޑުރާމާ ކުޅޭނެ

  99
  8
 3. ހުސޭނުބޭ

  މާސް އަށް ގެންދަންވީނު! އޭރުންދޯ ބޮޑުވަޒީރުގެ ބޮޑާކަން އެނގޭނީ!

  80
  6
  • ޢަހޮމަދު

   ޥަރަށް އަސަރުކޮއް ފިދޯ....އެކަމަކު ވަގުންތިބެންޖެހޭތަނަކީ ޖަލު.

   13
   44
   • Anonymous

    ޑޯންޓް ވޮރީ. އަންނިގެ ގޮޅި ރެޑީއޭ

 4. ށުމަން

  ނިކަމެތި ރައްޔިތު މީހާ މިޖެހެނީ ޅަ ދަރިން ނަށް ބޭސް ފަރުވާ ކުރަން ވެސް ފޭސްބުކް ގުރޫޕް ތަކުގަ ސަލާމް ޖަހަން. ކިތަށް ޅަދަރިން އެތިބީ ހާލު ގަ ޖެހިފަ! މީތަ ތިބުނާ ހިތް ތިރި އޯގާ ތެރި މީހާ އަކީ. ގަދަޔަޢް އަތްޖަހާތި އަނގަޔާ އަތާ ދިމާ ނުވިޔަސް

  88
  5
  • ހަޖަމް ޕްލީޒް!

   މަށަކީ ވެސް މީ ރ. ނަޝީދަށް ތާޢީދުކުރާ މީހެއް ނޫނެވެ. ބުނަން މިއުޅޭ ވާހަކަޔަކީ، ދުނިޔެއަކީ ނިކަމެތި ފަޤީރުންނާ، މުއްސަދިންނާ، ައިއްޒަތްތެރިންނާ، ޢިލްމުވެރިންނާ، ޖާހިލުން އުޅޭނެ ތަނެއްކެވެ. އެބަޔަކު އުޅޭނީ އެބައެއްގެ ޙާލަތާއި، ޤާބިލުކަމާ އެއްފެންވަރެއްގަ އެވެ. އެކަން ޤަބޫލުކުރާށެވެ! ބަޔަކު އެމީހުންގެ ޙަލާލު ފައިސާއިން، ތަނަވަސްކޮށް އުޅުމަކީ ނުވަތަ މަޤާމުގެ ގޮތުން ދައުލަތުން ހަމަޖެހިފައި އޮންނަ ޚާއްޞަ ޢިނާޔަތެއްގެ ދަށުން އުޅުމަކީ، ނިކަމެތިން އެކަމާއި ޙަސަދަވެރިވާން ޖެހޭނެ ސަބަބެއް ނޫނެވެ! ހެޔޮމިންވަރާއި ނުބައި މިންވަރަށް ޢީމާންވެ ކެތްތެރިވާށެވެ! އަދި ކުރިއަރާތޯ މަސައްކަތް ކުރާށެވެ! ވިސްނުން ހެޔޮގޮތުގައި ބޭނުންކުރާށެވެ!

   26
   29
   • ބޭކާރު

    ވަރަށް ބޭކާރު ކޮމެންޓެއް

    1
    1
 5. ޙިންނަވަރުސޮރު

  ހަމަލާއިން ލިބުނުކަމަށްބުނާ ޒަޚަމްތަކަށް އޭޑީކޭ އިން ފަރުވާދީ ރަގަޅުވަމުންދާ ދަނޑިވަޅެއްގަ ދެން ކީއްކުރަންބާ ޖަރުމަނުވިލާތައްގެންދަނީ؟ މިހަމަލާގަ ފާހަގަކުރެވުނު އެހެން ކަމެއްވެސް އެބައޮތް. މަގުމަތިން އެންމެ ލޭތިއްކެއްވެސް ނުފެނޭ.

  46
  2
 6. ވަސ

  އޭނާ ގެންދަންވީ އިންޑިޔާއަށް.. އެތާގަ ނޫންތޯ ފުރެންޑު ޑޮކްޓަރުން ތިބޭނީ. އެކަމަކު ބޭނުންވާވަރައް އޮކްސިޖަން ގެންދާތި.

  34
  3
 7. އިބްރާޙީމް

  އެމަނިކުފާނަށް ލިބިފަ ވަނީ ސިޔާސީ ޒަހަމްތަކެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އެމަނިކުފާނުގެ އެއްވެސް ސީރިޔަސް އޮޕަރޭޝަންތަކެއް އޭޑީކޭގައި ކޮށްފައެއް ނުވޭ...ތިޔަ ވިދާޅުވާވަރުގެ އޮޕަރޭޝަންތަކެއް ކުރިނަމަ ކުއްލިޔަކަށް ހާލުކޮޅު ރަނގަޅުވެ އަނެއްކާ ވެސް ޤައުމަށް ނުކަތާ ވަރުގެ ބޮޑުހޭދައެއް ކުރަން ޖާރމަނީ އަށް ދަނީ ކީއްވެބާ!

  35
  5
  • ޢަހޫ

   ލަދުހަޔާތްކުޑަ ބައެއްދިވެން ރޯދައަށް ތިބެގެންވެސް ދަނީ ހިތައްއެރި އެއްޗެއް ކިޔަމުން. ...އެހެންވީމަ ވައްކަމުން ސަލާމަތްވާއްވެސް ކޮންމެއެއްޗެއްވެސް ކިޔާފާނެ.

   1
   1
 8. ....

  ޖަރުމަނުން އިޒްރޭލުގެ އަމަލުތަށް ކުއްވެރި ކުރަން ދެކޮޅު ހަދަނީ އެއޮށް މިހާރުވެސް..

  30
  1
  • ވެރިން

   އެންވީމަޔާ އެކީ ޝަހިންދާ ކާރިޔަށް ޖައްސާލަން ޖަރުމަނަށް ދާން އުޅެނީ

 9. ލަތާ

  މީހަމަ ޑްރާމާ ބޮޑުކޮށް ބޮޑެތި ގައުމު ތަކުގެ ސަމާލުކަން މީނާއަށް ހޯދުމަށް ހިންގާ ކަމެއް. މިހުރިހާ ކަމަކަށް ލާރި ހަރަދު ކުރާނީ ރައްޔިތުންގެ ބައިތުލްމާލުން. އާއިލާ މީހުންނާއި އެކު ޗުއްޓީ ދަތުރެއް ނެގުން ނޫންތަ މިއަށް ކިޔާނީ. ސިންގަޕޯރ ތަންތަނުން ވެސް އެންމެ މަތީ ލެވެލްގެ ސިއްހީ ފަރުވާލިބޭ.. އޭޑީކޭ އިން އެދިނީ އަދި ފަރުވާއެއް ނޫންތާ؟ ރައްޔިތު މީހާ ކިތަންމެ ބޮޑު ބައްޔެއް ވެގެން ވެސް ކައިރިން ޖެހިފައި އޮތް އިންޑިޔާއަށް ނޫނީ ލަންކާއަށް ގެންދަން ވެސް ޖެހެނީ ބޮޑު ހަގުރާމައެއް ކޮށްގެން. ބުނާނެ ބޭރަށް ގެންދިއަޔަސް މިކަމަށް ދެވޭނެ ފަރުވާއޭ ރާއްޖެއިން ވެސް މިދެނީ

  34
  1
  • ދާރި

   ޥަގުންގެ އަތްކަޑަން ގޮވީޔާ މާރަގަޅުވާނެ

 10. އޮސްކާ

  ރައްޔިތުމިހާ އަތްގާޑިޔާގައި ރަށު ސިއްހީ މަރުކަޒަށް. މާލޭ ބޮޑުމީހާ ޖަރުމަނަށް.

  41
  3
 11. އަޤީލަންބާ

  ބުއްޅަބޭ. ބެސްޓް އެކްޓަރ. ހުސް އާޓް. ސަޕޯރޓް ގެއްލުނީމާ

  34
  5
 12. ޒަބީބު

  ރަންގަޅުވާނީ އަވަހަށް ރައްޔިތުންގެ ލޯމަތިން ދުރަށް ގެންދިޔައްޔާ. އެހެން ނޫނީ ހުރިހާ ހަޤީޤަތެއް ފަޅާއަރާ ފޫ ދިޔަ ގޮހޮރާ، ފުއްޕާމެޔާ، ކިރިޔާ ސަލާމަތްވި ހިތުގެ ހަޤީޤަތާއި އެ ދިގު އޮޕަރޭޝަން ތަކުގެ ވާހަކަ ޗޮކުން ހިނގައިދާނެ! އާއްމުކޮށް އަންނިގެ ހަން މުރަނަކަމުން 3 ދުވަހުން ލަކުނު ފިލާނެ އެހެންވީމާ އެމަނިކުފާނަށް ގޭތެރޭގައި މަޑަކުން ނުއިންނެވޭނެ. އެހެން ވެއްޖެއްޔާ ޑޮކް ނިއާފް ކުޅެދެއްވި "ނަޝީދް އެންޑް ދަ ފާސްޓިންގް މިރަކަލް ޕޭޝަންޓް" ޑްރާމާގެ ވެސް އަގުވެއްޓިދާނެ.

  34
  3
 13. ރައްޔިތުން

  އަވަހަށް ފަރުވާ ދީގެންވިޔަސް މަޖިލީހަށް ލައިގެން އުޅޭ ލިސްޓެއް ނިކަން ހަމަޔަށް އަޅުވާލާފައި އެމީހުން ވަކިކޮށް ބައިއިލެކްޝަން ބާއްވަބަލަ

 14. ބޯގޯސް

  މަ ރަ ނގަޅޭ ބު ނާއަޑުއިވޭ މިވެރިކަމުގެ ބާކި މިއޮތްދުވަސްތަކުގަ މިކަލޭގެ ދެ ންއުޅެ ނީ މިހެ ން ތިޔައީ ކާކު

 15. މައިކް

  ދެން މިގައުމައް ނާދޭވޭގޮތައް ގެންދޭ ކިހާބޮޑު އުދަގުލެއް

 16. މުސްލިމް ސުޕަޕަވަރ

  މިކަލޭގެ ހިފާ ހައްޔަރު ކޮށްފަ ޖަލަށް ގަޅާބަލަ. މީނަޔަކީ ވަގެއް، މުޅިގައުމުގަ ހުޅުޖެހި ޚާއިނެއް، ޒުވާނުން މަގުފުރައްދާ އިނބިލީހެއް، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ޖޯކު ޖަހާ ލާދީނީ މީހެއް، ފުލުހުންނާއި ސިފައިން ގާގަ ތަޅާ ގޭންގް ލީޑަރެއް، ޒުވާނުން ބުރެއިން ވޮޟްކުރަމުންދާ މަކަރުވެރި ހީލަތްތެރިއެއް. މިކަލޭގެ ހިފާހައްޔަރު ކުރޭ.

 17. އަބްދޫ

  ސަހިންދައައި ބައްދަލުކޮށް ދޭންހުރި ލިއުންތައް ހަވާލުކުރަން ދާންވީ އުތަ؟

 18. އަލީ ހަމީދު

  އާންމުކޮށް ޑިކްޓޭޓަރު ދޭ ޖަރުމަނަށް ބޭސްފަރުވާއަށް