ނިމިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް "މީ ލޮތްބަކީ" މިރޭ ފުރަތަަމަ ފަހަރަށް ޓީވީ ސްކްރީނުން ބެލުންތެރިންނަށް ބަލާލުމުގެ ފުރުސަތު އައިސް ޓީވީ އިން ލިބިގެން ދާނެއެވެ.

ޝިފާއު ޑައިރެކްޓްކޮށް ޖުމައްޔިލް ނިމާލް އާއި މަރިޔަމް އައްޒަ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ މަލްޓި ކާސްޓް ފިލްމެކެވެ.

މީ ލޮތްބަކީ ފިލްމަކީ ގިނަބަޔަކު ބުނާގޮތުންން ނަމަ މިހާތަނަށް ބެލުނު އެންމެ މަޖާ ރީތި ދިވެހި ފިލްމެވެ.

ނިމިދިޔަ ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ އައިސް ޓީވީއީން ވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓާއި ގުޅިގެން ދިވެހި ފިލްމްތަކެއް ބެލުންތެރިންނަށް އެ ޗެނަލް މެދުވެރިކޮށް ގެނެސްދީފައެވެ.

އައިސް ޓީވީން ބުނީ މި ފިލްމަކީ އައިސް ޓީވީއަށް ލޯބިދެމުންދާ ބެލުންތެރިންނަށް ދޭ އީދު ހަދިޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުން

    ޢައިސް ޓީވީން މީ ލޯތްބަކީ އެ ފިލްމު އެއްކޮން ނުވެސް ދައްކާ. ޢެކަމަކު އިނގެރޭސި ފިލްމެއް ވިއްޔާ ނިމެންދެން ދައްކާނެ. ފިލްމު އެއްޗެހި އެއްކޮން ނުނިންމަންޏާ ކީތްކުރަން ދައްކާ ފިލްމުތަކެއް