ނ. މާޅެންދޫ- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް / އަޝްހާދް އަބްދުﷲ

ގްރޭޑް ހަޔެއްގައި ކިޔަވަމުންދާ ކުއްޖަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ކުއްޖަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ ނ.މާޅެންދޫއިންނެވެ.

މާޅެންދޫ ކައުންސިލްގެ ރައީސް ވަނީ ކުއްޖަކު މަރުވެފައި ހުއްޓާ ފެނިފައިވާކަން "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ.

ނަމަވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެ ކުއްޖާ ހުރީ ދަންޖެހިފައިކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ހަމައެކަނި ވިދާޅުވީ އެ ކުއްޖާ ފެނުނީ "ދޮރު" ކައިރީގައި މަރުވެފައި ހުއްޓާ ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ކުޑަކުއްޖަކު ދަންޖެހުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަން "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ދަންޖެހިފައިވަނީ މާޅެންދޫ ސްކޫލްގެ ގްރޭޑް ހަޔެއްގައި ކިޔަވަމުންދާ އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެނގިފައިވާ ގޮތުން އެ ކުއްޖާ މަރުވެފައި ހުއްޓާ ފެނުނީ މިއަދު މެންދުރު 14:00 ހާއިރު ކޮޓަރީގެ ދޮރު ކައިރިންނެވެ. އެ ކުއްޖާ ދަންޖެހިފައި ހުރިއިރު ކޮޓަރީގެ ދޮރުވެސް ތަޅުލާފައި ނެތްކަމަށް ވެއެވެ. އެ ކުއްޖާ ފެނުނީ އެ ކުއްޖާގެ މަންމަ ކޮޓަރިއަށް ވަންއިރުއެވެ.

ADS BY SHEESHA

 

ADS BY ASTERS

60 ކޮމެންޓް

  1. ޙަޤީޤަތަކީ ރާއްޖޭގެ ސްކޫލްތަކުގައި ބްލީކުރުން ވަނީ އިންތިހާއަށް ހައްދުން ނެއްޓިގެން ގޮސްފައި.

  2. މިނިވަންމީހާ

    ޙަޤީޤަތަކީ ރާއްޖޭގެ ސްކޫލްތަކުގައި ބްލީކުރުން ވަނީ އިންތިހާއަށް ހައްދުން ނެއްޓިގެން ގޮސްފައި. ޓީޗަރުންތައް ގިނަފަހަރަށް އަނިޔާލިބޭ ކުއްޖާ އެވާހަކަ ބުންޏަސް އެކަމާއަޅާނުލާ. ބުނަނީ އޭނަ އަބަދުވެސް ޝަކުވާކުރަނީއޭ. އަނިޔާލިބޭ ކުއްޖާގެ ފަރާތުން އެއްޗެއް ބުނެފިނަމަ ބްލީކުރާ ޓީމްވެގެން އެކުއްޖާއަށް މަރުގެ އިންޒާރުދީހަދާ. އިންޓަވަލްއަށް ގެންދާ ލާރިކޮޅުވެސްނަގާ. މިކަމުގެ ސަބަބު ސްކޫލަށް ދިއުމަށް އިންކާރުކުރުމާއި، ކިޔެވުމަށްދޭންޖެހޭ ސަމާލުކަން އެކުއްޖާއަށް ނުދެވޭ. އެކުއްޖާއަށް ވިސްނެނީ އެންމެ ރަގަޅުގޮތަކީ ތިމަންނަ މަރުވުމޭ. މިއީ މިހާރުވެސް ރާއްޖޭގެ ސްކޫލްތަކުގައި ވާކަންތައްތައް. ޚާއްޞަކޮއް މާލޭގެ ސްކޫލްތަކުގައި މިކަން ވަރަށްބޮޑު. މިކަމުގެ ޝިކާރައަކަށް މިވަނީ ކްލާހުގައި ބަސްއަހައިގެން ރަގަޅަށް މަޑުން އިންނަ ކުއްޖާ. ކޮންމެ ދުވަހަކު ދަރިފުޅު ގެއަށްއައިސް ރޮއިރޮއިފައި މިވާހަކަ ދައްކާ. ޤަވާއިދު ހެދިއަކަސް އެ ޤަވާޢިދުތަށް ތަންފީޛެއް ނުކުރެވޭ. އެކަންކަން ބަލާނެ ބަޔަކުނެތް. އެވާހަކަ ދައްކާ ކުއްޖަކު ގޯސްވަނީ. ބާރުހުންނަ މީހުންގެ ދަރިން ގިނަފަހަރަށް މިކަންކަން ކުރަނީ. މިކަންހުއްޓުވަން ޤައުމީ ފެންވަރުގައި މަސައްކަތްކޮށްގެންނޫނީ މިވަބާއިން ސަލާމަތެއް ނުވާނެ. ސަރުކާރުން މިވާހަކަތައް އަޑުއަހާނެބާ؟؟؟؟؟؟؟؟؟؟ މިކޮމަންޓް ޖަހާދޭނެބާ؟؟؟؟؟؟

  3. މިތާ ކޮމެންޓް ލިޔާކުދިން ދަންޖެހިގެން މަރުވި ކުއްޖާގެ މައްސަލަ ތަޙުޤީޤް ކުރީ ކަންނޭންގެ... އާނ އެހެންވެތާ ބުނާނީ އެޑިއުކޭޝާން މިނިސްޓްރީ ފެއިލްވީއޭ.. ވާނުވާ އެނގިގެން އުޅިބަލަ.ސިޔާސީ ވިނަސް ތީ ބޮޑުވަރު.

  4. ޢެވަރުގެ ކުއްޖަކަށް ދަންޖެހޭކަށެއް ނެއެނގޭނެ. ތިޔައީ ބޮޑު މައްސަލައެއް.

  5. މީހަކު ނުވަތަ ކުއްޖަކު ދަންޖެހުމުން އަހަރުމެންވީ އެކަކު އަނެކަކަށް ބްލޭމްކުރަން. އޭގެ ބަދަލްގަ ވެއްޖެއެއްނުން ކަން ވީ ގޮތްބަލަން. އެ އީ އެޑިއުކޭށަން މިނިސްޓްރީ ގެ މައްސަލައެއްތަ؟؟ ބައްޔެއް ސަހާދަތް. ކޮންމެ ތަނެއްގަވެސް ޕޮލިޓިކްސް. ކުރާނެކަމެއް ނޭގެނޏާ ސީލާފަ ނުދޮވެ ކާލާ?

  6. ވެދާނެ ނުން ދަންޖެހޭ ގޮތް ދަސް ކުރަން އުޅުނީ ކަަމަށްވެސް . ބުލީ ކުރިއްޔާ ފަހަރެއްގައި ނޯޓެއްވެސް އޮވެދާނެ .

  7. އެޑިއުކޭޝަން މިނިސްޓްރީ ފެއިލްވެއްޖެ. ރާބިޔާ ހޭބަލިވެއްޖެ. ރާބިޔާ މެން މަވަރެއް ނެތިގެން ޒާތްޒާތުގެ ކޮމެންޓް ކުރާއިރު އެއްޗެއް ހިތައް އަރާބާ. މީސްމީހުންނާ މުއައްސަސާ ތަކަށް ކަންކަމުގެ ތުހުމަތު ކުރުމުގެ ކުރީގައި އެއީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްތޯއާ އެކުއްޖާގެ މައިން ބަފައިންގެ ފަރާތުން ތަހުގީގަށް ލިބުނު މަޢްލޫމާތަކަށްވެސް ބަލަންޖެހޭނެ. މިހެން މިބުނީ އަހަރެންގެ ރައްޓެއްސެއްގެ ހަމަ މިއުމުރުގެ ކުއްޖަކު ކުޅޭކުޅޭ މަތިންދާބޯޓެއް ގަނެނުދީގެން މަރުވާންވެގެން ބްލީޗް ފުޅިއެއް ބޯލަން އުޅެނިކޮށް ސަލާމަތް ކޮށްފަ އެބަހުރި. ހިތަށް އެރިހާ އެއްޗެއް ނުލިޔެ ވިސްނާލުން ބުއްދިވެރި.

  8. ޭެކިޔުންތެރިއެއް

    އަޅުގަނޑަށް ފެންްނަގޮތުގައި އެހެން މީހަކު އޭނަ މަރާލާފައި ކަންނޭގެ އެއޮތީ

  9. 11 އަހަރު ގެ ކުއްޖަ ކަށް އަމިލިޔަށް ދަންޖެހެން ކެރިދާނެ ކަމާމެދު ސުވާލު އުފެދޭ؟؟؟؟ ތަހުގީގު އިދާރާތަކުން ރަގަޅަށް ތަހުޤީގު ކުރުމަށް ގޮވާލަން.

  10. ާާއެނޮނީމަސް ދިވެހިރާއްޖެ

    މިތަނައް ސިޔާސީ ކަންކަން ލާ މީހުންނަކީ މިގައުމައް ލިބިފައި ތިބި މުސީބާތެއް.
    ކަލޭމެން އަމިއްލަ އަަށް ގައުމު ހަލާކު ތިކުރަނީ ރައީސް އެއް ނޫން.

  11. ‫ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‬ ދެން ކޮންއިރަކުންތޯ އެމްޑީޕީއިން ބުނާނީ މިކުއްޖާ މަރާލީވެސް ޔާމީނުއޭ

  12. ތަހްގީގް ނިމުމުން މެނުވީ އަދި އެއްޗެއްބުނަން އަވަސް

  13. އަހަރެން ކޮމަންޓުކުރިފަހުން ލިއުން އިސްލާހްކޮއްފަ ތިއޮތީ އެއަރު އުމުރެއްވެސް ނެތް އޮތީ ގުރޭޑް6ގެ ކުޖަކް ވާހަކަ

  14. މިކަހަލަ ކަންތައް އެބަޖެހޭ ވަރައް ރަނގަޅައް ތަހުގީގުކުރަން" ގިނައިން މިކަހަލަ ކަންކަން ކުރިމަތިވަނީ
    * އާއިލާގެ ލޯތްބާ އަޅާލުން އެންމެ އެކަށީގެންވާ ވަރައް ނުލިބުން
    * ބުލީގެ ށިކާރަޔަކައްވެޗއެކަމުން ސަލާމަތްނުވުން" މީވެސް ގިނަފަހަރު ދިމާވާ ކަމެއް

  15. އެޑީއުކޭސަން މީނީސްޓަރީ ފޭލީވެއްޖެ.. ސުކޫލުތަކުގަ ކީޔަވާ ކުދީންގެ ދީނީ އަދީ ނަފްސާނީ ދުޅަހެޔޮކަން ނީގުލެކްޓު ކުރެވީފައީވަނީ.. ވާނީވެސް ހަމަ އެހެންތާ.. ކެބީނެޓުގެ ކަމަކައް ވެފާ މީއޮންނަނީ ސައުވީސް ގަޑީއީރު ކެމްފޭނު ކުރުން ވީއްޔާ.. ޒީންމާ އަދާ ކުރަން މަސައްކަތް ކުރާ ހަމަ އެކަކަުވެސް ކެބީނެޓުގަ ނެތޭ ބުންޏަސް ރަނގަޅު.

    • ރާބިޔާ ބުނީ ރަގަލޅު ވާހަކަަ. އަޑުއެހިން މިނިސްޓަރުގެ ކަމަކީ ޓްވިޓާ އަޕްޑޭޓް ކުރުމޭ

  16. ހާދަ އެނގޭ މީހުންގިނަޔޭދޯ

  17. ވާނުވާ ނޭގޭ ވާހަކަ ނުދެއްކުން އެދެން..މިއުޅެނީ ކުއްޖަކު މަރުވެގެން..ހިތަށް އަރާ ކޮންމެ އެެއްޗެއް ނުކިޔުން އެދެން..ވަރަށް ހިތާމަ ވެރި ކަމެއް މީ..މިހާރު މި ރާއްޖޭގެ ހާލަތް މީ..

  18. މިހާރުދެން ތި ބުލީ އަކުން ސަލާމަތެއް ނުވެޔެއްނު ، ބަލަ އަހަރުމެންވެސް ކުދަވެގެން ބޮޑުވެފަ މިތިބީ ބުލީ ވެސް ކޮށްފަ ހުންނާނީ އެވެސް އަމިއްލައަކަށް ސަލާމަތްވާނެގޮތް ދަސްކުރަން ޖެހޭކަމެކޭ ތަރުބިއްޔަތު ދިނުމަކީ އަބަދު ދަރި ދޮންފުތު ކޮށްގެން ގެންގުޅުމެއް ނުން ރަނގަޅު ދީނީ ތަރުބިއްޔަތެއް ދެވިއްޖެއްޔާ ތި ބުލީ ނުވާނެ އެއްޗަކަށް، ކޮންމެދުވަހަކު ގެއަށް އަންނައިރު ދަރި ކައިރީ މީހަކުބުލީ ކުރިތޯ އަހާ އެކަމުގަ އުޅެންވެއަޖެއްޔާ ދުވަހަކުވެސް ދަރިން އެކަމުން ސަލާމަތެއް ނުވާނެ

  19. انا لله وانا اليه راجعون

  20. އިސްލާމްދީނުގެ ހުކުމްތަކާއި އިސްލާމްދީނުގެ ފުރިހަމަ މައުލޫމާތި ކުދިންނައް ފޮރުކޮއް ނުދިނުމުގެ ނަތީޖާ ތިފެންނަނީ. ކެތްތެރިކަމަކީ ކޮބައިކަން އަދި ކެތްތެރިވާނެ ގޮތް ކުދީންނައް ބުނެނުދީ ދަސްކޮއް ނުދިނުމުގެ ސަބަބުން ކުދިންގެ ފަރާތުން މިކަހަލަ ކަންކަން ވަމުން މިދަނީ. ނަމާދް ނުކުރިޔަސް ކިޔަވަނިކޮއް ނިމުނީ. އިސްލާމްދީނުގެ ވާޖިބުތައް އަދާ ނުކުރިޔަސް ދުނިޔަވީ ގޮތުން ކިޔަވާ ކަމުގައި ވަނީނަމަ މައިން ބަފައިންނައް އޯކޭވޭ. ކުދިންނައް ދަސްކޮއްދޭން ޖެހޭ ކަންކަމުން ކުދީން ދުރުކުރުމުގެ ނަތީޖާ. އަމިއްލަޔައް މަރުވުމަކީ ކިހާ ވަރެއްގެ ކަމެއްކަން ބުނެދޭން ޖެހޭ. އެއީ ނަރަކަ އަބަދައްޓަކައި ހޯދައިގަތުން.

    • ތިޔަ ކޮމެންޓްގައި ހުރި ގިނަވާހަކައް ޖެނެރްލް ކޮށް ރަގަޅު. އެކަމަކު 11 އަހަރުގެ ކުއްޖެއް ޤިޔާމަތްދުވަހާއި ނަރަކައިގެ ވާހަކަ ދައްކައިގެން މާބޮޑު އަސަރެއް ނުކުރާނެ އެއީ އެކުދިންގެ ބުއްދި ނުލައިހިކު ޅަވާނެ. 11 އަހަރުގެ ކުއްޖެއް ނަމާދުކޮށް ޤުރުއާން ކިޔަވަފާނެ. އެކަމަކު ނަފްސާނީ ގޮތުން ފަދަ ގޮތްގޮތުން ގޭތެރެއިން ނުވަތަ ސްކޫލުން ބުލީ ކުރުމުގެ ސަބަބުން މިފަދަ ކަމެއް ހިގާފާނެ.

  21. އަޅުގަނޑަކީ އިސްކޫލް ދަުރު ގުރޭޑް ހައެއް ހިސާބުން ބުލީގެ ޝިކާރައަކަށް ވީ ކުއްޖެއް ބޮޑަށް ސުކޫލުން، އެއިރު ހިތައް އަރާ ދަންޖެހިމަރުވަން އަދި އޭގެެ ސަބަބުން މުޅިއުމުރަށް ހިތާމަކުރަން މިޖެހެނީ މަންމަ އާއި ބައްޕަ ތިބި އެމީހުން އުޅުނީ ދުނިޔެވީ ކަންކަމުގައި އެހެންވީމާ އެހެންވީމާ ބުލީގެ ސަބަބުން ތިކަހަލަ ހިތާމަވެރި ކަމެއް ވުމަކީ އެކަށީގެންވާކަމެއް.

  22. ކްރަައިމް ޕެޓްރޯލް ކަހަލަ ޓީވީ ސީރީޜް އެކުދިންނަށ ދެއްކުމުގެ ނަތީޖާ މި ފެންނަނީ

  23. ކޮމެންޓް ލިޔާން ތިބޭ ވަނުވާނޭނގޭ މީހުން ގިނައީ. އެއްޗެކޭ ނުބުނިއްޔާ ކަމެއްވަނީތަ. އަމިއްލައަށް ދަންޖެހުނަސް ބުނާނީ ދަންޖެހުނީއޭ މީހަކު ދައްޖައްސާފަ ހުއްޓަސް ދަންޖެހިފައޭ ބުނާނީ. ދެން ބުލީ ކުރީކަންވެސް ނުވަތަ ނޫންކަން ވެސް އިނގޭނީ ތަހްޤީޤުކުރީމަ. އެއުމުރުގެ ކުދިން ކުޅެން އުޅުމުގައި ވެސް އެފަދަކަމެއް ވެދާނެ. އިހްމާލެއް ކަމަށް ތިބުނާ މިއުނމުރުގެ ކުދިންގެ މައިން ބަފައިން ބުނެބަލަ ކިތައްމީހުންކަން ހުރިހާ ވަގުތެއްގައި އެކުދިން ގާތު ހުރިހާ ވަގުތެއް ހޭދަކުރަނީ؟؟؟ ވަރަށް ދެރަވެ ރޮވިއްޖެ މިފަދަ ހިތާމަވެރި ވަގުތުވެސް ބައެއްމީހުން ވާނުވާނޭނގި ކޮމެންޓް ކޮށްފަހުރީމަ?????

  24. ސްކޫލްތަކަށް ދަރިން ފޮނުވުމުގެބޭނުމެއްނެތް، ދަރިން ދީނާ ދުރަށް ގެންދުވަނީ، ޢަޤީދާ ދަހެއް ނުކޮށްދޭ ނަމާދު ކުރަން ދަހެއް ނުކޮށްދެވޭ، ނަމާދު ގަޑިތަކުގައި ދަރިން ސްކޫލްތެރޭގައި، ލައިފް ސްކިލްސް އޭ ކިޔާފައި ހުޅަނގުގޮތް ދަސްކޮށްދެނީ، ދީނަށް ލޯބިކުރާށާއި އަމިއްލަ ނަފްސުގެ އަގުވަޒަންކުރާށާއި ޤަޟާޤަރަށް އީމާންވާކަށް ދސްކޮށްނުދެވޭ، ދެން ކުދިންނަކަށް ނޭގޭ ރަގަޅުގޮތެއް ނުބައި ގޮތެއް، ދަރިން ބޮޑުވާއިރު އޮންނަނީ ޔަހޫދީން ބޭނުންވާކަހަލަ ކުއްޖެ ގިނަފަހަރަށް ބޮޑުކުރެވިފައި، މީ ވިސްނަންޖެހޭކަމެއް

    • ސްކޫލަށް ދަރިން ފޮނުވީމައެނިމުނީތަ؟ މައިން ބަފައިންގެ ޒިންމާއެއް ނޯވޭތަ؟

    • ބަލަ ދޮނާ މައިންބަފައިންގެ ވެސް ޒިންމާއެކޭ ކުދިންނަށް ހެޔޮ ނުބައި ވަކި ކޮށްދިނުމަކީ..ދޮނާ މެނަށް ހީވަނީ ހުރިހާކަމެއް ދަސްކޮށްދޭންޖެހޭ ތަނަކީ ސްކޫލޭ..މައިންބަފައިންނަށް ޖެހެނީ ހަމަ އެކަނި ދުނިޔެއަށް އުފަންކުރަން ދޯ...

  25. ރާއްޖޭގަ އެއްމެ ގިނައިން ބުލީ ކުރެވޭ ކަމަކައް ވެފަ އޮއްނަނީ މިހާރަކައް އައިސް ސްކޫލް ތަކުގަ އިސްމަގާމް ތަކަށް ކުދިން ހޮވާ ހިސާބު. އެކަން އޮންންނީ ޑަރޓީ ޕޮލިޓިކްސް އާ އެއްގޮތަށް.އިދިކޯޅަށް ނިކުންނަ ކުއްޖާގެ ދުވަސް ދުއްވާލަނީ.ވަގުތު ފާއިތުވުމުގެ ކުރިން މިކަމާ ވިސްނާލުން ރަނގަޅު.

  26. ނޭގޭވާހަކަ ނުދައްކާ ބަލަ،

  27. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. ދަރިންނަށް (ޙާއްޞަކޮން ހަމަބުއްދި

    ޖެހެމުންދާ ކުދިންނަށް) މަންމަގެ ހިތްހަމަޖެހުމާއި ލޯބި މަންމަގެ އިތުބާރު ވަރަށް ބޮޑަށް

    ބޭނުންވާނެ1 ބައްޕަ އެއްގެ ހައިޞިއްޔަތުން ބުނެލަން މަންމަ ހިތްހަމަ ނުޖެހޭ ކަމެއް ކުރިޔަސް އެއްޗެހިކިޔާ ނުހަދާތި.

    • މުންޖޭ ތަ ތި ކިޔަނީ

      ކޮން މުންޖެކޭ ކަލޭ ތި ކިޔަނީ؟ މި ލިޔުމުގަ އެބައިންތަ މަންމަ އެއްގެ ލޯބި ނުލިބެޔޭ ނޫނީ އެއްޗެހިކިޔާ ވާހަކަ އެއް ލިޔެފަ؟ މީހުނަށް ޖަޖު ކުރން ހިފާލެއް ހާދަ އަވަހޭ ދޯ! ތި ގޮތަށް މަވެސް ޖަޖު ކޮއްފާނަން ކަލެއަށް... ބައްޕަ އެއްގެ ހައިޞިއްޔަތޭ ކިޔާ އިރު ކލޭ ތީ ރަނގަޅަށް ކަލޭގެ ދަރި އަށް ލޯބި ނުދެވޭ މީހެއް ކަން ސާބިތު ވަނީ... ހަމަ ވަކިން ހާއްސަކޮށް މަންމަ މީހާ އަށް އެކަނި އޮތް ކަމެއް ނޫން ހިތްހަމަޖެހުމާއި ލޯބި ދަރި އަކަށް ދިނުމަކީ. ދެމީހުންވެސް މިކަމުގަ ހަމަހަމަ ވާން ވާނެ... ކަލޭ ކަހަލަ މީހުން ބަލާނެ އމިއްލަ އިހުމާލުން ދަރިއަކަށް ކަމެއް ވިޔަސް އަވަހާ އންހެނުން މަތިކޮށް ތިމާގެ އަމިއްލަ ކުށް އެކުއްޖާގެ މަންމަ މަތި ކުރެވޭތޯ. ހާއިވާނު އަދި މާ ރަނގަޅު ބައްޕަ އަކަށް ވެގެން ކޮން މުއިތުވާރެއް ކިޔާކަށް...
      މާތް ﷲ އެ ކުއްޖާއަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާނދޭވެ! އާމީން.

    • ބައްޕަ މެން ޒިންމާ ކޮބާ...ހުރުހާ ކަމެއް މަންމަ މެން ބޮލަށް

  28. ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެ ކުއްޖާ ހުރީ ދަންޖެހިފައިކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވާ އިރު ކީވެތަ ދަންޖެހިގެންނޭ ލިޔެފަ މިއޮތީ؟

  29. ‫ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‬

  30. ސުބުހާނަﷲ އެވަރުކުޑަކުއްޖަކު؟ ކުއްޖާގެ މަންމަ މިހާރުން މިހާރު ކުއްޖާގެމަންމަ ޒިންމާދާރުމަންމަ އެއްތޯ ބަލާ؟

  31. ޙީވަނީ ބުލީކުރިހެން... މީ ވަރައް ދެރަކަމެއް

    • އިސްލާމް ދީނުގައި އަމިއްލަޔަށް މަރުވުމަކީ ކިހާވަރެއްގެ ކަމެއްކަން ކުދިންނަށް އެނގިފައި ނެތުން

  32. ީްކުއީން އައިޝާ ✌️

    ލޮލީ އަދިއެއްފަހަރު ކިޔާލަބަލަ އެއޮތީނު ލިޔެފަ ފިރިހެން ކުއްޖެކޭ

  33. ތިކަމުގަވެސް ރައީސް ޔާމީނާ ބެހެންވާނެ މައްސަލަ ތަހުގީގުކޮއްނިމުނަސް ރައީސްޔާމީނާ ހަމައިން ތިކަން ނުނިމުނީޏަ ގަބޫބެއްނުކުރާނެ

  34. އޭ މިހިރަ ބުރާންތި ލޮލީ
    ދަންޖެހުނީ ފިރިހެންކުޖެކޭ ޖަހާފަ އެބެއިން އިނގޭ.ދޭބަލަ އައިކެއާ އޯލޮޕްޓި ކަލަ ތިޔަލޮލުގެ މަސަލަޔެއް އުޅޭހެންހީވޭ..............ހެހެހެހެ

  35. މިނިސްޓްރީން ބަލަނީ ހުޅަނގުގެ ލައިފްސްކިލްސް ސްކޫލުގައި ކިޔަވާދެވޭތޯ. ދީނީ ތަރުބިއްޔަތު ދެވޭތޯއެއްނޫން.

  36. ލޮލީ އަދި އެއްފަހަރު ލިޔުން ކިޔާލަންފެނޭ 11 އަހަރުގެ ފިރިހެންކުއްޖެކޭ ލިޔެފަވާތަން އަހަންނަށްފެނޭ

  37. އެހާކުޑަކުއްޖަކު ދަން ޖެހިދާނެހެން ހީއެއް ނުވެއެވެ. ނާދިރުކަމެކެވެ. ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމެކެވެ.

  38. ކިތައްމެ ހާވެސް ދެރަ. ބުލީ ކުރުމުގެެ ކޭސް އެއްބާ....

  39. ހާދަ ދައްފެންވަރެއް ގެލިއުމެކޭ ފިރިޖެން ކުޖެކަމެއް އަންހެން ކުޖރކަންވެސް ނޭގުނެ

  40. ރާއްޖޭގެ ތަޢުލީމީ ކަންކަން މިދަނީ އިންޑިޔާގޮތަށްވަމުން. މިހެންވާނަމަ މާޔޫސްވާ މީހުންގެ ޢަދަދު ގިނަވާނެ. އޭގެ ނަތީޖާވެސް ހިތިވާނެ.

    • انا لله وانا اليه راجعون البقاء لله
      ޢޭ އަޚުންނޭ! މިފަދަ ވަގުތެއްގަިވެސް ގުދޯގުދޯ ގޮވުން ދޯ ސާބަހޭ ތިމާމެންގެ ނިމުމާމެދު ވިސްނަ ބަލަ މުސީބާތެއް ކުރިމަތި ވުމުން ތިހެން ނުކިޔާ!