އެއްވެސް އުނިއިތުރެއް ނުގެނެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނަތުގައި ހިމެނޭ މީހުންގެ ލިސްޓު އާންމުކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
281 މީހެއްގެ ނަމާއިއެކު ހިޔާނާތުގެ ތުހުމަތު އޮތް މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ކޮމިޓީއަށް ފޮނުވާފައެވެ.
ރޭ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާނާތުގެ ލިސްޓަށް ބޭނުންނަމެއް އިތުރުކޮށް، އުނިކޮށް ހެދުން އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. މަޖިލީސް މެމްބަރެއް ވިޔަސް، ސަރުކާރު ވިޔަސް އެކަމުގައި މީހަކު އިސްތިސްނާވެގެން ނުވާނެކަމަސް ސައީދު ވިދާޅުވިއެވެ.
"މޮޑޭ ފުއްގަނޑަކަށް އެމްއެމްޕީއާރްސީގެ ވައްކަން ނުހައްދަވާ. މަޖިލީސް ވިޔަސް ސަރުކާރު ވިޔަސް އިސްތިސްނާވާކަށް ނުޖެހޭ." ސައީދު ވިދާޅުވިއެވެ.
Uni ithuru nugenes MMPRC ge list aammu kuran jehey.Beynun nameh ithurukoh unikoh hedhun eiee rayyithun balaigannaane kameh noon.Modey fu’ggandakah MMPRC ge vakkan nuhadhdhavaa. Majlis viyas,sarukaaru viyas, isthisnaa vaakah nujehey. Eiee siyaasee party egge Haggeh noon @evattey
— Mohamed Saeed (@em_saeed) May 10, 2021
ޚިޔާނާތުގެ ތުހުމަތު އޮތް މީހުންގެ ލިސްޓު އާންމު ކުރުމާ މެދު ވެސް ބައެއް ޚިޔާލު ތަފާތުވުންތަކެއް އެބަ އޮތެވެ. އެމްޑީޕީގެ ބައެއް އިސް މެންބަރުން ވަނީ ތަހުގީގު ކުރިއަށްދާތީވެ އެ ލިސްޓު ސިއްރު ކުރަން ޖެހޭ ކަމަށް ވަކާލާތު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. ލިސްޓު މަޖިލީހާ ޚިއްސާކުރި އެސެޓް ރިކެވަރީގެ ރިޔާސީ ކޮމިޝަނުން ވެސް ވަނީ އެ ގޮތަށް އެދިފައެވެ. މިކަމާ ގުޅިގެން އާންމުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށްޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ. އެކަމަކު މައްސަލަ ބެލުން ވަރަށް ބޮޑަށް އަދިވެސް އޮތީ ލަސްކޮށެވެ.
ފަޅާއަރާފަ އޮއް ނަންލިސްޓެއް މިހާރު ސިއްރުކުރުމުގެ ބޭނުމަކީ ކޮބައިބާ؟؟ ތިޔައީ ސައްހަ ލިސްޓެއްނަމަ އެ ފައިސާ ބަސްތާ ތަކުގެ ރަހައަށް މުލުވަގު އަދީބު ކިޔަމަންކުރުވާފައިވާ ފަނޑިޔާރުންތަކާއި މަޖިލިސްގެ ކުރީގެ އަދި މިހާރުގެ މެންބަރުންގެ އިތުރުން އެއްމެ ފުރަތަމައައް އޮންނާނީ ރައީސު އިބުރާހީމް މ.ސާލިހުގެނަން، އެއީ މުލުވަގު އަދީބު އެއްމެ ގިނައަދަދަކަށް ޑޮލަރ ދިނީ އެމަނިކުފާނައްކަން އަދީމުގެ ދުލުން ބުނެ ޕަބުލިކަށް ހާމަކޮށްފައިވަނީ އަދި އެލާރި ދަބަސް ރ.އ. ސާލިހު އަމިއްލަފުޅަށް ގެންދިޔަތަން ވީޑިއޯތަކުންނާއި ސީސީ ކެމަރާތަކުންވެސް ރައްޔިތިންނަށް ފެނިފައިވަނީ، ވީއިރު ތިޔަ ރިޔާސީކޮމޮޝަނަށް އިންސާފުވެރި ތަހުގީގެއް ހިންގަން ނުކެރޭނެކަން އިނގޭ
ކިތައްމެ ވަރަކަށްހަޅޭލެވިއަސް ޔާމީނުވައްކަން ނުކުރާކަމަކަށް ނުވާނެ. ސަހީމުވެސް އެކަމަށްއެއްބަސްވާނެ.
ރިކަވަރީ އޭ ކިޔާފަ ތިޔަކަމިޝަނަށް ލާފަ ތިބި މީހުންގެ މުސާރަޔާ އެހެން ކަންކަމަށް ތިވަރު ހަރަދު ނުވި އްޔާ ރަގަޅު، އިބޫކާރިން އަހަރުމެން ރަ އްޔިތުން އެދުނީ ކަމިޝަން ހަދާ އިގެން ރިކަވަރީ ކޮ ްއދޭށެކޭ ނޫން. މިގަ އުމުގަ ހުރި ތަހުގީގު ކުރާ އިދާރާތަކާ އެހެންވެސް އިދާރާތަކުގެ އެހީ އާ އެއ އްކޮށް ރިކަވަރީ ކޮ އްދޭށެ. ތިހަދާގޮތުން ތިޔަށް ކިޔޭނި ރިހޭ ފާ އި މަ އްޗަށް ފޮ އި ވެ އްޓުމޭ
އެމްއެމްޕީއާރސީގެ ވައްކަމުގެ ފައިސާއިން ނަފާ ލިބުނު މީހުންގެ ލިސްޓަށް އުނިއތުރެއް ނުގެނެސް ޢާއްމު ކޮށްފި ކަމުގައި ވާނަމަ ސައީދު އާއި ޖެހިގެން ތިޔައިން މެމްބަރުން ފެށިގެން ނިއްކުރީގަ ހުނިޖަހަމުން މަޖިލިސް ޗެމްބަރުގައި ވާށާ ބުރެއްޖަހާ ނިމޭއިރު މަޖިލިސް ރިޔާސަތު ބަލަހައްޓާ ދެގޮނޑި ވެސް ހިމަނައިގެން ހަމަ ގައިމުވެސް މަޖިލިހުގެ ތަޅުމުގައި 40 އެތައް ގޮޑިއެއް ހުންނާނީ ހުހަށް ކަން ކަށަވަރު. މީގެ އިތުރުން ފަނޑިޔާރުގެއާއި، ފުލުހުންގެ އިދާރާއާއި، ސިފައިންގެ އިތުރުން ދައުލަތުގެ އެތައް މުއައްސާއެއް އެތައް މޭޒެއް ހުންނާނީ ހުހަށް. މީގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕް އާއ ޤައުމީ މަޖިލިހުގެ އެތައް ގޮޑިއަކާއި އަލަށް އުފެދުނު ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ޖެހޭނީ އަލަވަދާއުކިޔަން.
ތިޔަ ލިސްޓް ޢާއްމުކުރާކަށް ނުކެރޭނެ! ރައްޔަތުންނަށް ދައްކާނީ ހުސް ހުވަފެން. ދެން އަންނަ އިންތިޚާބަކަށް ފުމޭ ދުއްމާރިއަކަށް ތިޔައެތި ބޭއްވުން ނޫންކަމެއް ނުވާނެ!
ސައީދުމެންވަރުގެ ތެދުވެރިން މިގައުމުގައި މަދުވާނެ. ތި ލިސްޓު އޭސީސީން ފުރަތމަ ނެރުން އިރު އޮތް ގޮތަށް އޮވެއްޖެނަމަ، ނަޝީދު ކްރައިސިސް ސަރކަސް އަށް އެއަރާ ބޯތަތްކުރި ސޮރުވެސް ބުރައިގެން ދާނެ. އަދި އެތަނުގައި މިހާރު ފަތްކޯޅި ޖަހައިގެން ތިބި ލައްކަ މީހުންގެ ހިޔާނާތް ފަޅާ އަރާނެ. 2019 ގެ ކުރިން މަޖްލިހުގައި ތިބި މޑ÷ މެންބަރުންނާއި، މޑޕ ގެ އިސް ސަރު އެކީގަ ތި މުޑުދާރު އަމަލުކޮށްފަ އޮތީ. ރައްޔިތުންގެ ފައިސާއިން ރިސްވަތު ހިފާ ބުރޯ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ގެންނަން ވޯޓް ދޭން އެއްބަސްވި ކަން އެނގޭނެ.
އެމްއެމްޕީއާރސީ ގެ ހިޔާނަތް ބަލަނީ ހިޔާނާތުގެ ބައިވެރިވެފަވާ ޕާރޓީގެ ގިނަބައެއްގެ މެޖޯރިޓީ އޮތް މަޖިލީހަކުން. ކިހާ އިންސާފުވެރި ވާނެބާ؟🤦🏻♀️
މިވީހާދުވަހު ރައްޔިތުންނަށް ވިސްނަދިނީ އެ ލިސްޓުގަ އިނީ އެންމެ މީހެކޭ. އެމީހާ އެވަނީ ޖަލުގައޭ.އެމައްސަލައަށް އެވަނީ އިންސާފު ހޯދަ ދީފަޔޭ.
ލޯކަލް ކައުންސިލް އިންތިހާބުގަ މާލޭގެ މެޖޯރިޓީ ނުގެއްލުނު ނަމަ އަދިވެސް ތިލިސްޓް އޮންނާނީ ހަމަ ބޮޑު ފޮށީ އަޑީގަ
*ހަގީގަތަކީ އެ ލާރީގަ ނުޖެހި ދައުލަތުގެ ބެލުމުގެ ދަށުގަބެހެއްޓައި ދައުލަތާއި ހަވާލުކުރިމީހާ ރ.ޔާމީނު އެކަނި ޖަލުގަ ބަހައްޓާފަ މިވީހާދުވަހު އެހެން މީހުން މިތިބީ މިނިވަންކަން މަތީގަކަން. މިއީތޯ ޒީރޯ ޓޮލަރެންސްގައު އިންސާފް ހޯދަދޭން ވައުދުވި ވެރިކަމަކީ.
ޚިޔާނާތުގެ މައިމުލުވަގު އަދީބު ސރުކާރުން އެއްވެސް ޖުށެއްބެއްޖަމަާް މިނިވަންކޮށް އޭނަ އެހެރީ 5ސްޓަރ ފެންވަރު ގަނޑުވަރެއްގަ އަރާމު ދާންކޮޅެއްގަ ވަޑުވާލާފައި
ފަހަރަކު ވަގެއް ފައިސާ ނުދައްކައިފިނަ ހުކުމްކޮށް ޖަލަށް ލާށޭ ކަމުން ރެކެން ވެގެން އަނގަތަޅާވަރު