ލަންކާގައި ދިރިއުޅޭ ދިވެހިން 28 ރޯދައަށް ފަހު އީދު ނަމާދުކޮށްފިއެވެ. ލަންކާގައި ދިރިއުޅޭ ދިވެހިން އީދު ނަމާދުކޮށްފައިވަނީ ރާއްޖެއަށް މިއަދަކީ ޝައްވާލް މަހުގެ އެއްވަނަ ދުވަސް ކަމަށް ވުމުން، އެޤައުމުގައި ދިރިއުޅޭ ދިވެހީންވެސް ޢީދު ފާހަނގަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖެއަށް މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ވީ މެއި 16 ވީ ބުދަ ދުވަހަށެވެ. ނަމަވެސް ރާއްޖެ ފިޔަވައި އެންމެ ގިނަ ދިވެހީން ދިރިއުޅޭ ސްރީލަންކާއަށް މުލަ ރޯދަ ދުވަސް ވެގެން ދިޔައީ މެއި 18 ވީ ހުކުރު ދުވަހުއެވެ.

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދިވެހިރާއްޖެއާއި އިސްލާމީ ގިނަ ގައުމުތަކަކަށް ފެނި، ޝައްވާލް މަހުގެ ފުރަތަމަ ދުވަހަކީ (އީދު ދުވަހަކީ) މިއަދު ކަމުގައި ކަނޑައެޅި ނަމަވެސް އަވަށްޓެރި، ސްރީލަންކާއަށް ހަނދު ނުފެންނަ ކަމަށް އެ ގައުމުގެ ވެރިރަށް ކޮލަންބޯގައި ހުންނަ ކޮލޮމްބޯ ގްރޭންޑް މޮސްކް (މަސްޖިދުލް ކަބީރު ކޮލޮމްބޯ) އިން ވަނީ ކަނޑައަޅާފައެވެ. މަސްޖިދުލް ކަބީރުގެ އުލަމާއިން ނިންމާފައިވަނީ މިރޭ ރަމަޟާން މަހުގެ 29 ވަނަ ރޯދައަށް ފަހު، ޝައްވާލް މަހުގެ ހަނދު ފެނޭތޯ ބެލުމަށެވެ.

ނަމަވެސް ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީއިން ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިއަދަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް އީދު ދުވަސް ކަމަށާއި، މިއަދު އެއްވެސް ދިވެއްސަކު ރޯދަ ނުހިފުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ސްރީލަންކާގެ ކޮލަންބޯގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ)ގައި މިއަދު ވަނީ ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކޮށްފައެވެ.

ސްރީލަންކާގައި ރޯދަ ހިފަން ފެށީ ދެ ދުވަސް ލަހުން ކަމަށް ވުމުން އިއްޔެއާ ހަމައަށް އެގައުމުގައި ހިފީ 28 ރޯދައެވެ. އެހެންކަމުން ސްރީލަންކާގައި 28 ރޯދަ ހިފައި، މިއަދު ފިތުރު އީދު ފާހަގަކުރާ ދިވެހީން ޝައްވާލް މަހުގެ ކޮންމެވެސް ދުވަހެއްގައި ރަމަޟާން މަހުގެ އެއް ރޯދަ ގަޟާއަށް ހިފުމަށް އިސްލާމިކް މިނިސްޓަރު ލަފާ ދެއްވާފައިވާ ކަމުގައިވެސް އެމްބަސީއިން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވި މެސެޖުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސެންޗޯ

    ޑރ ބާރީ ނެތުމުގެ ހިތްދަތިކަން ވަރަށްބޮޑަށް އިހްސާސްވޭ.ދުނިޔޭގަ ހުންނެވިނަމަ ދިވެހިންނަށް ދީނީގޮތުންމިކަންއޮންނަގޮތް ސާފުކޮށްދެއްވީސްކަންކަށަވަރު

  2. ޓިއްޓީ ކެއްޓީ

    ޢަހަރުން މިޔަދު ރޯދަ، ދުނިޔޭގެ އެހެން ގައުމު ތަކަށް ވުރެ ކުރިން ރާއްޖެއިން ރޯދަ ހިފަން އޯކޭ؟ ޒިޔާދަކަށް ނޭންގޭނެ އަހަރުން ހަދާނެ ގޮތެއް.

    • ސީން

      ޢެކަނިން ޢީދު ނަމާދު ކޮށްލާދެން.

  3. މަވޯޓާ

    މިއީ އިސްލާމީ ހުރިހާ ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް ގޮތެއްކަޑައަޅަން ޖެހިއްޖެ، ކަމެއް، މިހާރު ލައިވްކޮށް އިރުއޮސޭތަނާއި ހަނދު އޮއްސޭ ފެންނަންހުރި މި ޚިލާފް އުފެދޭކަށް ޖާގައެއްނެތް. މިހެންވީމާ ޣައިރުމުސްލިމުންނަށް އިސްލާމްދީނަށް ޖޯކުޖަން ފުރުސަތު ލިބެނީ، މަށަށްފެނޭ ދިވެހިރާއްޖެ އިން އިސްނަގައިގެން ވެސް މިޚިލާފް ނައްތާލަން. އިސްލާމިކް މިނިސްޓަރ އަށް ސާބަސް ތިކުރެއްވި މަސައްކަތަށް.

  4. Anonymous

    Quran, Surah Ibrahim, Ayat 22
    And the Shaitan shall say after the affair is decided: Surely Allah promised you the promise of truth, and I gave you promises, then failed to keep them to you, and I had no authority over you, except that I called you and you obeyed me, therefore do not blame me but blame yourselves: I cannot be your aider (now) nor can you be my aiders; surely I disbelieved in your associating me with Allah before; surely it is the unjust that shall have the painful punishment

  5. ފޯރި

    މާބޮަޑައް ދީން އެގެނީ. ކީއްކުރާނީ