ނ. ވެލިދޫގައި ކަރަންޓީނުގައި ހުރި މީހަކު އަމިއްލަ އަށް ދަން ޖެހިގެން މަރުވެއްޖެއެވެ.

ވެލިދޫ ކައުންސިލް ރައީސް އަސްމާ ހުސަައިން "ވަގުތު"އަށް ވިދާޅުވީ ދަން ޖެހި މަރުވެެފައި ވަނީ އެރަަށުގައި ކަރަންޓީނުގައި ހުރި 23 އަހަރުގެ ޒުވާނެއް ކަމަށެވެ. އޭނާ އަކީ އެރަށު މީހެއް ނޫން ކަމަށާއި، އެއީ ކ. އަތޮޅު ގުރައިދޫ މީހެެއް ކަމަށް އަސްމާ ވިދާޅުވިއެވެ.

އަސްމާ ވިދާޅުވި ގޮތުގައި އެއީ މިމަހުގެ އެއްވަނަ ދުވަހު އެރަށުގައި ކަރަންޓީނުވި މީހެކެވެ. އޭނާގެ ސުންކު ނެގުމަށް އެރަށު ހެލްތު ސެެންޓަރުން ރޭ ދިޔަ އިރު އެފަދަ އެއްވެސް ކަމެއް އެ ޒުވާނާގެ ކިބައިން ފާހަގަވެފައި ނުވާކަމަށް އަސްމާ ވިދާޅުވިއެވެ.

ދަންޖެހިގެން މަރުވި ޒުވާނާ މިހާރު ވަނީ ވަޅުލައިފައެވެ. އޭނާ ރަށަށް އައީ ކޮން ބޭނުމަކު ކަމެއް އެނގިފައެއް ނުވެއެވެ.


އެޑިޓަރުގެ ނޯޓު:
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކިޔުންތެރިޔާ

  ވ ރަނގަޅު އެޑިޓަރުގެ ނޯޓް ކޮޅެއް.

  31
 2. މެެރީޑް ތަ؟

  ހާދަ ޔަންގް ސޮރެކޭ!!! ސުބްޙާނަﷲ

  31
  1
 3. 🥺

  އިބޫ.. އިސްތިއުފާ 😡😡😡

  16
  27
 4. 😡

  އެޗްޕީއޭ…އައުޓް 😏😏

  16
  21
 5. ކިޔުންތެރިޔާ

  ތިޔަ ޒުވާނާ ކުރީ މޮޅު ކަމެއް ނޫނެވެ. އަދި ޚަބަރު ލިޔެލުން އެވެސް މޮޅުކަމެއ ނޫނެވެ. އަމިއްލައަށް މަރުވާ މީހުންނަކީ ﷲ ގެ ހަޟްރަތުގައި ނަރަކައިގެ އެންމޭ އަޑީގައި އަނދާނެ މީހުންނެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އިންސާނާގެ ހިތާއި ސިކުޑީގެ ޚިޔާލު އެނގޭނެ އިތުރު ފަރާތެއް ނެތެވެ. ނަފްސާނީ ބައްޔަކީ އަމިއްލައަށް މަރުވާން އޮތް ހައްލެއްވެސް ނޫނެވެ. އަދި އެއީ އުޒުރެއްވެސް ނޫނެވެ. ފުރާނައަކީ ﷲ ގެ މިލްކެއް، އަމާނާތެއް. އިންސާނުންނަށް އެ ފުރާނަ ނަގައިލުމުގެ ހައްޤެއް ނެތް، އެކަން ކީރިތި ޤުރުއާނުގައި ބަޔާންވެގެންވޭ

  65
  7
  • ބުރާންތި

   ބުއްދި ހަމަނުޖެހޭ މީހަކު ކުރާ އެފަދަ އަމަލަކުން އޭނާއަށް އަޒާބުލިބޭނެއޭތަ ތިބުނީ ؟
   ހަމަހޭގައި ހުރި މީހަކު މަރުވާން ދިމާކުރާނީ ސިނކުޑިއަށް އުނިކަމެއް ލިބި ގޯހެއް ހިނގައިގެން.
   ފެޝަނަކަށް ނުވަތަ އައު ސްޓައިލެއް ކުރިއަރުވަން އަމިއްލަޔަށް މަރުވާ ބަޔަކު އުޅޭތަ.

   21
   21
 6. އަބްދޫ

  ނަފްސާނީ މައްސަލަޔަށް އޮތް ހައްލަކީ ކީރިތި ގުރްއާނު ކިޔެވުން. ނަފްސާނީ ވަނީ ކަމަކާ މަބޮޑަޥް ވިސްނެންފެށުމާއެކު އެކަމުން ހިޔާލު ދުރުނުކުރެވުން. ކީރިތި ގުރްއާން ކިޔަވަންފެށުމުން އެހެން ހިޔާލްތަކުން ދުރަށް ދެވިދާނެ.

  55
  4
  • އާނީ

   ނަފްސާނީ ބައްޔަކީ އީމާންތެރިކަން ކުޑަ ވެގެން ވާ ކަމެއް ނޫން. ކީރިތި ގުރުއާން ކިޔަވައިގެން ރަންގަޅު ނުވާ ކަމެއް ނެތް. އެކަމް ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހަކަށް އެހެން ބުނުމަށްވުރެ ރަނގަޅު ވާނެ އިހުސާސްތައް އަޑު އަހާނެ މީހެއް ވެއްޖިއްޔާ.

   22
   3
 7. މުހައްމަދު

  އަންހެނެއް ނުވަތަ ފިރިހެނެއްތަ

 8. މަރީ

  ހުމް.. ތި ވީ.

  1
  3
 9. އިބުރާހިމު

  މީހުން ސަލާމަތުންތިބެ ހައްޔަރުކޮށް ގޮތްހުސްވެ ނަފުސާނީ ބޮޑު ބަލިމަޑުކަމަށް މިޤައުމުގެ ރައްޔިތުން ވައްޓާލައިފި މިނާގާބިލް ޖާހިލް އިބޫވެރިކަމެއްގަ.
  ހަމަ ވައްކަމެއް ކޮށްލަން ބޭނުންވީމަ އެކަމެއްވެސް ކޮށްލަނީ ކިނބޫރަސްގެފާނުގެ އަހުލުވެރީން.
  އެކަމަކު މިވެރިން އައީ ވައްކަމާ އަނިޔާވެރިކަމާ ދެކޮޅަށޯލަ.
  އަމިއްލަޔަށް ނާގާބިލްކަން ނޭގޭތާގަ ބަޔަކު ގޮވާއިރުވެސް ނޭގޭތީތާ ދުންފިއްތާފަ ޓީވީއަށް އަރާހުރެ ކުންޏޭ ފުންޏެ ފަޅޮލޭވީދެނީ.....ބލވެރިކަމެއްމީ.

  4
  3