އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އެކުލަވާލާފައި ވަނީ ލިބެމުންދާ ހެކި މައްޗަށް އިންސާފުވެރިކަމާ އެކު ކަމަށް މި ޚިޔާނާތުގެ އެންމެ ފުންމިން ތަހުގީގު ކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު މިއަދު ވިދާޅުވެއްޖެއެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން މިހާރު ވަނީ އެ ލިސްޓު ދިރާސާ ކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

އެ ޖޮއިންޓް ކޮމިޓީގެ ނައިބު މުގައްރިރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު ދިރާސާ ކުރުމުގެ މަސައްކަތް ނިމެންދެން ކޮމިޓީއިން ދުރުވެފައެވެ. އެނގިފައިވާ ގޮތުގައި އެ ލިސްޓުގައި އާޒިމްގެ ނަން ވެސް އެބައޮތެވެ. އެކަމަކު އެ ފައިސާ ލިބުނު ކަމަށް އާޒިމް އިންކާރު ކުރައްވައެވެ.

އާޒިމް "ވަގުތު" އާ ވާހަކަ ދައްކަވަމުން ވަނީ ރިޔާސީ ކޮމިޝަންގެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އާޒިމް ވިދާޅުވަނީ އެ ކޮމިޝަން މިހާރު ފެއިލް ވެފައިވާ ކަމަށެވެ. އަދި ޚިޔާނާތުގައި ޝާމިލްނުވާ ބައެއްގެ ނަން އެ ލިސްޓުގައި ހިމަނަން ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މައްޗަށް ތަފާތު އެކި ނުފޫޒުތައް ވެސް އަންނަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެއީ ޔަގީން ކަމެއް، އިތުރު ސުވާލެއް ނެތް މި ކަމަކު، ކަމާއި ނުގުޅޭ މީހުންގެ ނަންތައް ލިސްޓަށްލާން ކޮމިޝަނުން މަސައްކަތް ކުރޭ،" އާޒިމް ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން ރިޔާސީ ކޮމިޝަންގެ ރައީސް އައްސަދު ވިދާޅުވީ، އެ ގޮތަށް ކޮމިޝަންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ދަންނަވާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ. ނަމަވެސް ކޮމިޝަންގެ މަސައްކަތް ކުރިއަށް ދަނީ ކަމާ ބެހޭ އެހެން އިދާރާތަކާ ވެސް ގުޅިގެން އިންސާފުވެރިކޮށް ކަމުގެ ޔަގީން ކަން ދޭން ބޭނުންވާ ކަމަށް އައްސަދު ވިދާޅުވިއެވެ.

"އެހެން ހަމަ ހުރެފަ ކުރާ ތުހުމަތުތަކަށް ބުނާނެ ވަކި އެއްޗެއް ނެތް، އެހެން ވިޔަސް ޔަގީން ކުރޭ، އެ ބުނޭ ޒާތުގެ ކަމެއް ނުކުރަން، ވަކި ބަޔަކަށް އަމާޒުކޮށް ކުރާ ކަމެއް ނޫން މިއީ، މި ކަން މި ކުރަނީ އިންސާފުވެރި ތަހުގީގަކުން،" އައްސަދު ވިދާޅުވިއެވެ.

އައްސަދު ފާހަގަކުރެއްވި އަނެއް ކަމަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މިހާރު ތަހުގީގު ކުރެވެމުން ދަނީ ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޓީއަކުން ކަމެވެ. މީގައި ރިޔާސީ ކޮމިޝަންގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުންނާ ވެސް ތިބެއެވެ. މި ލިސްޓު އެކުލަވާލާފައި ވަނީ ވެސް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޓީންނެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމާއި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންވިޔަސް އެ ތަހުގީގު ލަސްވަމުންދާތީ އާންމުންގެ ގިނަ ފާޑުކިއުމެއް ސަރުކާރަށާއި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނަައީމް

    ސަރުކާރާއި ހަވާލުވި ފަހުން ހަމައެކަނި ކުރެވުނުކަމަކީ ޔާމީން ޖަލައްލާފަ ތިޔަހެން ކިޔާލަ ކިޔާލަ ތިބުން ހިޔާނާތުގެ ފައިސާ ބޭނުންކޮށްގެން އިލެކްސަނުން ވޯޓްތައް އޮޅުވާލީމާ ހީވީތަ ރައްޔިތުން ސަނާކިޔާނެހެން

    42
    • ލޮލްލް

      ސަރުކާރު އައި ފަހުން އިދިކޮޅަށް ކުރެވުނު ކަމެއް ބުނެބަލަ

      4
      13
      • ލޮލްލޮލްލޮލް

        އެހެންވިއްޔާ ސަރުކާރަށް ކުރެވުނު ވަކިކަމެއް އެބައޮތްތައް؟

  2. Anonymous

    ކޮބާ 2018 ވަނަ އަހަރު އޭސީސީ އިން ހެދި ލިސްޓް. އެލިސްޓަށްވުރެ ފުރިހަމަ ލިސްޓެއް ތި އެއްފަރާތަށް ބަރުވެފަތިބި ކޮރަޕްޓް މީހުނަކަށް ނުހެދޭނެ.

    31
  3. އާޒިމާ ސ

    މީހާގެ ހިސްޓްރީ ބަލައިލީމަ އެނގޭނެ ނަޒާހަތްތެރިކަން ހުންނާނެވަރު..

    34
  4. ކައްޓެޅި

    ބޭފުޅާ ކޮރަޕްޝަނާ ގުޅޭ ވާހަކަތަކުން އެނގޭ ތެދުވެރިވާނެ ވަރު.. ބޯ މައްޗަށް ޖަހައިގެން ހިނގާ މީހަކު ކަލޭމެން ކުރާ ކަމެއް ގަބޫލެއް ނުކުރާނެ.. އެކަމަކު ހަނދާން ކުރާތި، ކަލޭމެންގެ ނިމުން ވަރަށް ކައިރިވެއްޖެ އިންޝާﷲ.. މުދާ އަތުލައި ރައްޔިތުންގެ މިލްކުގެ ގޮތުގައި އެތަކެތިވެސް ހަދާނެކަންވެސް ހަނދާން ކުރަންޖެހޭ.

    27
  5. އާދަމުގެދަރި

    ގަބޫލު ނުކުރެވޭ. ގަބޫލުކުރާނެ ޖާގައެއްވެސް ނެތް. ސަބަބަކީ ވަކި ޕާޓީއެއްގައި އުޅޭ ވަކި މީހަކު ނޫން މީހަކު ތިޔަ ކޮމިޝަނުގައި މިއަދު ނެތުން. ގަބޫލުކުރާނީ، ޕާޓީތަކަށް ނުވަންނަ ޕާޓީތަކުގެ ފިކުރުގައި ނުޖެހޭ ޕާޓީތަކަށް ކެމްޕޭން ނުކުރާ މިނިވަން ބަޔަކު ތި ތަނަށް ވަދެ ތިޔަ ލިސްޓު ހެދީމާ.

    24
    1
  6. ރައްދު

    ބޮޑު ޚިޔާނާތުގެ ލިސްޓް ގަޑުބަޑުކޮށް، ކުރީސަރުކާރުގެ
    މީހުންގެމައްޗަށް ތުކުމަތުކޮށް މޑޕ އަށް ނިސްބަތްވާ މީހުން ލިސްޓުން އުނިކުރުމަކީ މިސަރުކާރުގެ އުކުޅެކެވެ
    އެހެން ކަމަށް ވިއަސް ބޮޑު ޚިޔާނާތް 2023ގައި އަންނަ
    ސަރުކާރުން ބަލާނެއެވެ އަދި ލިސްޓަށް ގެނެސް ފައިވާ
    ބަދަލުތަށް ގެނައި ބޭނުމާއި މޑޕ އަށް ލިބުނު މަނފް ފާ
    ބޭނުންކުރި ގޮތް ބަލާނެއެވެ.

    24
  7. ސަފަރު ކައްދަގެ ތިއްތިބެ

    ރައީސް ނަޝީދަށް ދިން ހަމަލާ ގެ ފުންމިން ހޯދި ގޮތަށް، ތިއެންމެންގެ ހުރިހާ މުޢާމަލާތެއް ވެސް ގުޅިފައިވަނީ ކާކު ކާކާ ކޮންހިސާބަކުން ކަން އެކައުންޓް ތަކުން ތިލަކޮށް ހާމަ ކުރުމުން، ނަފްސުގެ ދިފާއުގައި ދޮގެއް ނެހެދޭނެ. ބިތުފަންގި ނަގަންވީ!

    25
  8. ދުންތަރި

    ބޮޑު ޚިޔާނާޔްތެރިއެއް އެތަށް ސަތޭކަ މިލިއަން ރުފިޔާގެ ތުޚުމަތު އޮށްވާ ކޯޓުގަ މައްސަލަ ހިނގަމުން ދަނިކޮށް ލާދީނީ އެމްޑީޕީއަށް ވެރިކަން ލިބުނީމާ މައްސަލަ އަނބުރާ ގެންގޮސް ހުދުފޮތިކޮޅަކަށް ހަދާފަ ހިޔާނާތް ހޯދަށް ހަވާލުކުރީމާ ދެންވާނެގޮތް އެންމެނަށް އެބަ އެނގޭ ބޮޑު ޖޯކެއް

    26
    1
    • Anonymous

      ގައުމުގެ ހާލަތު ތިއީ. އެކަމަކު ބްރެއިންވިށްޑް ޝީޕް ތަކެއް އުޅޭ ގައުމެއްގެ ހާލަތު ހުންނާނީވެސް ހަމަ ތިހެން. ލަދުވެސް ނެތް މީހެއް މިއަސަދަކީ، ދޮތްތޯ؟

      16
      2
  9. ޭލާރިބަނޑު

    އިބުރާހީމްގެ ނަމެއް ނެތްތަ. އެއީ އެއިރުގެ ޕީޖީލީޑަރު އޭނަ ނުލާތިކަމެއް ނުހިނގާނެ. ޢޭނާ އުފެއްދި ކޮމޝަނަކުން އޭނާގެ ނަމެއް ނުޖަހާނެތާ. ތިލިސްޓް ފައިނަލްކުރަން ހަވާލުކުރަންވީ އަދީބުއާ.

    22
    • Anonymous

      35 މިލިއަން ކަމަށް އޭސީސީ ރިޕޯޓް ގަ އޮތީ.

      17
  10. Anonymous

    ކަލޯ އާޒިމު މިދުނިޔޭ އަޑުގަދަ ކޮށް ގަނެގެން ކަންކަމުން ބޯ ދަމައި ގަނެވުނަސް މިނޫން ދުވަހެއް އޮތްކަން ހަނދާނުގައި ބަހައްޓައިގެންއިޅެބަލަ

    20
  11. Anonymous

    މަތީ ލެވެލްގެ އެންމެންގެ އޮޑިޓެއް ހަދަންވީ. މޕރސ ފައިސާ ދައުލަތަށް ޖަމާކުރުމުގެ ބަދަލުގައި އަދީބުެ އަމިއްލަ ކުންފުނިތަކަށާ އޭނާގެ އައުވާނުންގެ ކުންފުނިތަކަށް ވަންނަން ފެށި ހިސާބުން ފަށަންވީ. އެހިސާބަށް އެންމެންގެ އެކައުންޓުގަ ހުރި ފައިސާއާއި ވިޔަފާރިއާއި ދިރިއުޅުމުގެ ހާލަތު ބަލާފަ އޭގެ ފަހުން ވިޔަފާރިއާއި ދިރިއުޅުމުގެ ހާލަތު، ގޯތި ގެދޮރު، ރާއްޖޭން ބޭރަށް ކުރި ދަތުރު، ގެންގުޅުން ސައިޑް އަނބިން ފިރިން، ރެސްޓީރަންޓް ތަކަށް ޚަރަދު ކުރި މިންވަރު މި ހުރިހާ ކަމަކަށް ޚަރަދު ކުރި ފައިސާ ލެޖިޓިމޭޓްކޮށް ހޯދި ގޮތްތައް ބަލަންވީ. އެހިސާބުން އެނގޭނެ ވަގުންނާ ނުވަގުންނާ ޚަރާމް އެއްޗެހިން ކައި ބޮއެ ދަރިންނަށް ޚަރަދުކުރާ މީހުން. މިއީ ވ.ފަސޭހަ ތަހުގީގެއް. 400 ވަރަކަށް މީހުންނާ ގުޅޭ ތަހުގީގަކަށް 2 އަހަރު ނުނަގާނެ.

    10
  12. ކާފަބޭ2020

    ޢަޅުގަނޑުގެސުވާލަކީ ތިޔަކޮމިޝަންތަކަށކުރާބޭކާރުޚަރަދު ހޯދަންމަސައްކަތްކުރާއަދަދުންސަލާމަތްވާނެތޯ؟ ކޮމިޝަންގެ ބޭފުޅުންގެ(ހާމަކުރަންބޭނުންނުވާ) މުސާރަފުޅުތަކާފަރިއްކޮޅާއި އެލަވަންސްގެގޮތުގައިދެވޭރުފިޔާފައިސާ ދެކޮޅަށްހަމަނުވާ ތިލަފަތަށްއެޅީމަ ބުރަވާނީކޮންކޮޅަކަށްބާ؟ ސޯލިބޭއަކަށްތިކަމެއް ނުވާނެހަމަނުވާނެ! ކޮމިޝަންތައްއުވާލާފަ މަޖިލިސްވެސްއުވާލާ! ދެންސޯލިބޭވެސް އިސްތިއުފާދެއްވާ!!!!

  13. ރެފްރީ

    ޖާބިރުގެނަންއޮތީ ލިސްޓުގެކިތައްވަނައިގަތޯ؟

  14. ާައަހުމަދު

    އަޑުތަށް އިވޭ ގޮތުގަ މީނަޔަކީ ބުރޯގެ ކޮންޓްރޯލްގަ ހުރިމީހެކޯ އެއީ ތެދެއްތޯ؟

  15. ކަޑަ

    ކޚިޔާނާތް، ކޮރަޕްޓް ތި ކިޔަނީ އަމިއްލަ ޖީބަށް އެއްޗެއް ލީމަތަ. ރައްޔަތުންގެ ލާރި ރައްޓެހިންނަށް ބެހުން. ނަޝީދު ވެރިކަމަށް އައިސް ހެވީ ލޯޑަށް ދިން އެތައް މިލިއަން ޑޮލަރު، ސާކް ސަމިޓުގެ ބޮޑު ކޮރަޕްޝަން މުންކޮއަށްވެސް އެތައް މިލިއަން ރުފިޔާ. ބިޑަކަށް ނުލާ ރައްޓެހިންނަށް ދަތުރު ފަތުރު ނިޒާމޭ ކިޔާފަ ރަށްތައް ދީފައި. 800 މިލިަންޑޮަލރުގެ މައްސަލަ ބަލަން ބޮޑު ކޮމިޝަނެއް ހަދާ ބޭރުގެ ކުންފުންޏަކަށް އެތައް މިލިއަން ޑޮލަރު ދީ ވީކަމެއް ހަރާން. ވަރަށް ބާރުލާފަ ބުނާނެ އަޅުގަނޑު ލާރިއެއް ނުނަގަމޭ އެހެން މީހުންނަށް ރައްޔަތުންގެ ލާރި ދިނުން އޯކޭ. ހުސް ކޮރަޕްޓް ސަރުކާރު. އަމިއްލަ ޖީބަށް ވަންނަން ފެށީމަ އޯ.ކޭ. މިވެސް ތި ކޮމިޝަނުން ތަހުޤީގުކޮށްބަލަ