މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ދިވެހި އިސްލާމީ އުންމަތަށް ދިން ހަމަލާއެއް ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. މި ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށާއި އިތުރު ބައެއް ފަރުވާތަކަށް ޖަރުމަންވިލާތަށް ގެންދަވަން މަސައްކަތް ކުރަމުންދާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ވަމުންދާ ކަމަށް ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޚިއްސާ ކުރައްވަމުން އަލްހާން ވިދާޅުވީ، އެމަނިކުފާނަށް ހަމަލާ ދިން ބަޔަކު ހޯދަން ޖެހޭނެ ކަމަށާއި އެ ކަމުގެ އަޑި ފުލުހުންނަށް ހޯދޭނެ ކަމަށެވެ. އަދި އިންސާފުގެ ކުރިމައްޗަށް ހަމަލާގެ އެންމެހާ ބައިވެރިން ގެނައުމަށް އަލްހާން ގޮވާލެއްވިއެވެ.

"އަޅުގަނޑުގެ އިޚްލާސްތެރި ދުއާއަކީ ރައީސް މުހައްމަދު ނަޝީދަށް އަވަސް ޝިފާ ﷲ މިންވަރު ކުރެއްވުން، އެމަނިކުފާނަށް ދިން ހަމަލާއަކީ ދިވެހި އިސްލާމީ އުންތަމަށް ދިން ޓެރަރިސްޓް ހަމަލާއެއް،" އަލްހާން ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނުކުންނަވައިގެން މަޖީދީމަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ. ނަޝީދާއެކު، އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ދިވެއްސަކާއި އިނގިރޭސި ވިލާތުގެ މީހަކަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނެވެ.

ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާގައި އެންމެ ބޮޑު އަނިޔާއެއްވީ ނަޝީދަށެވެ. ބޮން ގޮއްވާލި ވަގުތުގައި ނަޝީދު ހުންނެވީ އެ ބޮން ހަރުކޮށްފައިވާ ސައިކަލުގެ ވެސް އެންމެ ކައިރީގައެވެ.

މި މައްސަލާގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. ތިން މީހުނަށް ކުރާ ތުހުމަތުތަކަށް އެ ތިން މީހުން ވެސް އިންކާރުކޮށްފައިވާއިރު، އެކަމަކު މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ. އެ ތިން މީހުނަކީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މައިކް

  ކަލެޔަދޯއެގެނީ އިސްލާމީއުމްމަތައްކަންދިނީ. ތިކަހަލަދެއުޅިއެނުވާމީހުން ނާހެދި މިގައުމްމިއޮހަލާކުވަނީ

  15
  1
 2. އަބްދޫ

  ނަސީދަށް ދެވޭ ހަމަލާއެއް އިސްލާމީ އުންމަތަށް ދިން ހަމަލާއަކަށް ނުވާނެ.ނަސިދު ގެ ސަބަބުން އިސްލާމީ އުންމަތަށް ލިބެނީ ގެއްލުން

  23
  2
 3. ޔ

  ހެހެ. ބަނޑުހަންގަނޑޭ ކިޔާބަލަ. މީނަމިހެން މިބުނީފަލަސްތީނަށްދިން ހަމަލާއަކީ އިސްލާމީއުއްމަތަށް ދިންހަމަލާއެކޭ ތުރުކީގެ ރައީސް ބުނީމަ ކޮޕީކޮށްލައިގެން. ފަލަސްތީނާ އިސްލާމީ އުއްމަތާގުޅުން އެބައޮތް. އެކަމަކު ނަޝީދާ އިސްލާމީއުއްމަތާއޮތް ގުޅުމެއް ނޭގުނު.

  20
  1
 4. ޕަކާސް

  ލޮލް😂😂😂

  10
 5. އެމަންޖެ

  އަލްހާނު ކަލޭ ދެފުއްކެހެރި ވާހަކަ ނުދެއްކުން ބުއްދިވެރި.

  17
 6. ކޭޖް

  ކަލޯ އަމިއްލަ ހިޔާލަށް ބަހެއް ބުނެބަލަ، ނޫސްތަކުގަ ހުންނަ އެއްޗެތި ކޮޕީ ނުކޮށް، ކަލޯ އާ ނަސީދު އާ އިސްލާމްދީނާ އަދި އިސްލާމީ އުޢްމަތާ އޮތް ގުޅުމަކީ ކޮބައި؟

  12
  2
 7. އިސްލާމީ ދިވެހި އުންމަތް

  ތިޔަހަރީ ކަލޭމެންގެ ބަސްމަގު ހުނަނަގޮތް.. އަހަންނަކީ ބަހުގެ އެދުރަކަށް ނުވިޔަސް އަލްހާންގެ ތިޔަ ބުނުމަކީ ފޭރާންދެރަ ބުނުމެއް.
  "ދިވެހި އިސްލާމީ އުއްމަތަށް" ބުނުމުން މަށަށް މުރާދުކުރެވެނީ އިސްލާމްގައި ދިވެހި ވައްތަރު ޖައްސަން އުޅެނީ ކަމަށް. ބައެއް ދިވެހިން އުޅޭތާ އިސްލާމްގެ ނަމުގާ އިލާހީ އަމުރުުތަކާ ދެކޮޅަށް ރޯއޮރިޔާމުންވެސް.. އިސްލާމްގައި ދިވެހި ވައްތަރު ޖައްސަން ވީއެއް ނޫން. ދިވެހިންގައިގާ ހުންނަންވާނީ އަލް އިސްލާމް.. އެހެންވީމާ ދިވެއްސެއް ވެއްޖެއްޔާ އެތެރެޔާ ބޭރު ފުށުންވެސް އަލް އިސްލާމް ތަން ފީޒްވާން ޖެހޭނެ.
  އެހެންވީމާ ރަނގަޅު ގޮތަކީ އިސްލާމީ ދިވެހި އުއްމަތަށް މިހެން ބުނުން.

 8. ހުސައިން

  އެހެންވީމަ އެމްޑީއެން މިސަރުކާރުގެ ތާއިދާ އެކު ނެރުނު ރިޕޯޓަކީ އިސްލާމް ދީނާއި،ރަސޫލާގެ ދިފާއުގައި ނެރުނު ރިޕޯޓެއް ތާ...