އިންޑިއާގައި ފެތުރެމުން އަންނަ ހުރިހާ ވޭރިއަންޓެއް ރާއްޖެ އެތެރެވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެއެވެ.

ތޯރިގް އެގޮތަށް ވިދާޅުވެފައި ވަނީ ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ވޭތުވެދިޔަ 48 ގަޑިއިރު އެކަނި ވެސް 2،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި މި މަހުގެ މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 5،000 އަށް ވުރެ މައްޗަށް އަރައިފައެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރުން ފަހުން ނަންބަރުތައް މިހާ މަތިވި ފުރަތަމަ ފަހަރެވެ.

އިންޑިއާއަކީ މިހާރު އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން އަންނަ ގައުމެވެ. އެ ގައުމުން އެހާ ގިނަ ބަޔަކު ފައްސިވަމުން ދަނީ އިންޑިއާގައި ފެތުރެމުން އަންނަ ނުރައްކާތެރި ވޭރިއަންޓްގެ ސަބަބުން ކަމަށްވެއެވެ. އެހެންވެ، ގިނަ ގައުމުތަކުން ވަނީ އެ ގައުމަށް ދަތުރު ކުރުން ހުއްޓާލައިފައެވެ. އަދި އިންޑިއާ އިން މީހުން އައުން ވެސް ވަނީ މަނާކޮށްފައެވެ.

އިންޑިއާގައި ކޮވިޑް ފެތުރުން އެންމެ އިތުރުވި ދަނޑިވަޅުގައި ވެސް ރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން އާދެއެވެ. އަދި ގަލްފު ގައުމުތަކުގައި މަސައްކަތްކުރާ އިންޑިއާ ފަތުރުވެރިން ވަނީ ރާއްޖެ ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފައެވެ.

އެކަމަށް އިޝާރާތްކުރައްވައި ތޯރިގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ސަލާމަތަށްޓަކައި އިންޑިއާ އަށް ނޫނެކޭ ބުނުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ނެތް ކަމަށެވެ. އަދި މިހާރު އިންޑިއާގެ ހުރިހާ ވޭރިއެންޓެއް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން އެތައް ދިވެހިންނެއްގެ ފުރާނަ ގެއްލެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ގޮނޑުދޮށުގައި އިންޑިއާގެ ބައެއް ފަތުރުވެރިން އެމީހުންގެ އަންނައުނު ހިއްކަން އަޅާފައިވާ ފޮޓޯއެއް ހިއްސާކުރައްވައި ތޯރިގް ވިދާޅުވީ ފޮޓޯއިން އެ ފެންނަނީ ފަތުރުވެރިންގެ ތަފާތު އާ ވޭރިއެންޓެއް ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 37،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްްސިވެ 87 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިންޑިއާބަލަ

    އަނެއްކާ ރިސޯޓުތަކުގަ ތިބި އިންޑިއާ މީހުން އެމްބަސީ އެމްބަސީ ވެގެން ދިވެހިންނަށް ބިރު ދައްކަމުން ދަނީ. ކޮބާތަ ބޮލުގަ ތެޅާއަކުން ޖެހިފަ ހުރި މައުސޫމް ދެކޮތަޅު؟

  2. ޑރ.

    ނަމުގެ ކުރިޔަށް ޑރ. އައީމަ މަގާމަށް ގާބިލް ވިކަމަށް ދިވެހިން ދުށީ. ޑރ. ނަމުގައި ނެތަސް ދުރުވިސްނުމާ އެކު ކަންކަން ރޭވިގެން ކުރިއަށް ގެންދިޔަ ވަޒީރަށް އިހްތިރާމް ކުޑަކޮށް ފްރޭމް ކުރުމުގެ ހިތި ނަތީޖާ

    4
    1
  3. އެމަންޖެ

    އެއްމެ ނުރައްކާތެރި ވޭރިއަންޓަކީ އަދިވެސް ކެނެރީގޭ ނަޝީދު.

  4. ހުމާ

    ތިވާނީ ހަމަ ތެދަކަށް. މިޑްލް އީސްޓަށް މަސައްކަތު މީހުންނަށް ދާން ބޭނުންވި އެންމެންގެ ކަރަންޓީނު ފެސިލިޓީއަކީ ދިވެހިރާއްޖެއަށް ހެދި. މާލެއާ މީހުން ދިރިއުޅޭ ރައްތަކުގައި އެމީހުން ބޭނުން ގޮތަކަށް ދާންވީތާކަށް ގޮސް އުޅުނު.

  5. ހުމާ ހާލިދު

    ތިވާނީ ހަމަ ތެދަކަށް. މިޑްލް އީސްޓަށް މަސައްކަތު މީހުންނަށް ދާން ބޭނުންވި އެންމެންގެ ކަރަންޓީނު ފެސިލިޓީއަކީ ދިވެހިރާއްޖެއަށް ހެދި. މާލެއާ މީހުން ދިރިއުޅޭ ރައްތަކުގައި އެމީހުން ބޭނުން ގޮތަކަށް ދާންވީތާކަށް ގޮސް އުޅުނު. ކާކުބާ މިގައުމުން މިމަރުވާ މީހުންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ. ޓޫރިޒަމް މިނިސްޓަރ؟ ހެލްތް މިނިސްޓަރ؟ ރައީސުލް ޖުމްހޫރިއްޔާ؟

    5
    1
  6. އޭނާ

    އެންމެ ނުރައްކާތެރި ވޭރިއެންޓަކީ ޚިޔާނާތުގެ ވައްކަންތަކާ އެއްޗެހިކޮށް ރިޝް ވަތުހިފާ ބަހައްޓާ ވެސް ތިމާމެންގެ ނުބައިކަމާ ނުލަފާކަން ޤަބޫލުނުކޮށް އަދި ވެސް އަނެކާޔާ ދިމާލަށް އިނގިލި ދިއްކުރާ މީހާ އިނގޭތޯ!