ކުކުޅު ކޮށްޓަކުން ކުކުޅަކާއި ހާއްޔެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު 21،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި ތިން މަހާއި 18 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ސ. ހިތަދޫ، ޚަރުދަލުގެ އަނަފް އަބްދުﷲ ގެ މައްޗަށް މި ހުކުމް ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މިއީ އޭޕްރީލް 27، 2018 ގައި އަނަފް އަބްދުﷲ ސ. ހިތަދޫ، ސަންޝައިންވިލާ ގޯތި ތެރެއަށް ވަދެ އެ ގޭގެ ތެރޭގައި ހުރި ކުކުޅު ކޮށިން ހުދުކުލައިގެ ކުކުޅަކާއި، ރަތްކުލައިގެ ހާލެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލި ދައުވާއެކެވެ.

މި މައްސަލާގައި ބޭއްވި ޝަރީއަތުގެ އަޑުއެހުންތަކުގައި އަނަފް އަބްދުﷲ ވަނީ ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ހުކުމް ކުރީ އަވަސް ނިޔާގެ ދަށުންނެވެ. މި ގޮތަށް ހުކުމް ކުރަނީ ކުށަށް އިއުތިރާފް ވެފައިވާތީ ގާނޫނުގައި ބަޔާން ކުރާ އެންމެ ލުއި އަދަބު ދިނުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖާބެ

  ވ.ސަޅި ކޮބާ ދަޢުލަތް ދަވާލި މީހުން ނިކަމެތި މީހާޔައ ވ.އަވަހައް ހުކުމްޖަހާލާނެ. ބޮޑެތި ވަގުންނައް އެފައިސާ ބެނުންކޮށްގެން ސަލާމަތް ހޯދެނީތާ. މަޖްލީހުގަވެސް ވަގުން ސަރުކާރުގަ ވެސް ވަގުން އެމީހުން އއަދިވެސް ދައުލަތުން މުސާރަދީފަ ފުލުހުންނާ ސިފައިންގެ ހިމާޔަތުގެ މިއީވާ ޤަޢުމެއް.

 2. ހުސޭނުބޭ

  ބޮޑެތި ވައްކަންތައް ފޮރުވާފައި ކުދިކުދި ވައްކަންތަކަށް ތި ޙުކުމްކުރަނީ. ހުތުރު ކަމެއް!

  12
 3. ނީތާ

  މުޅި ގައުމުގެ ބައިތުލް މާލު ވަގަށް ނަގައިގެން ކައިގެން އުޅޭ ޕޮލިޓީޝަނުންނަށް ހައްްގުވާ ޞައްޙަ ހުކުމެއް އިއްވާ ތަންފީޒުކުރެވޭނެ ދުވަހެއް އަންނާނެބާ؟؟؟؟ މީ ހަމަ އަދުގެ ސަދޫމު ސިޓީ.

 4. ޖޭމުސް

  ހަމަ ހިނިއަންނަނީ.. ކުކުޅު ކަތިލާހެން މީހުންމެރިމީހުންް ކޮބާ!

 5. ކުކުޅު

  ކުކުޅު ކޮށްޓަކުން ކުކުޅަކާއި ހާއްޔެއް ވަގަށް ނެގި

 6. ކުކުޅު

  ތިޔަކަހަލަ ހުކުމް ބުނީމަ ލިބޭނީ ކޯޓު

 7. ދަށު ކޯ ޓު

  ވަގަށް ނެގި މައްސާލާގައި އެ ހާލާއި ކުކުޅު މިހާރު ވަނީ ވަރިވެފައި

 8. އެމަންޖެ

  ތިޔަވާނީ މިގައުމުގަ އެއްމެ އަގުބޮޑުކޮއް ވިކުނު ކުކުޅާ ހާ.