ހދ. ކުޅުދުއްފުށި ސިޓީގެ މިސްކިތްތަކުގައި ނަމާދު ކުރާ ވަގުތު ބޭރަށް އަޑު ނީވޭ ގޮތަށް ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަބްދުލް އަޒީޒު އިސްމާއީލް ސޮއި ކުރައްވައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް އިއްޔެ ފޮނުވާފައިވާ މެސެޖު ފޯމުގައި ވިދާޅުވެފައި ވަނީ އެރަށުގެ މިސްކިތްތަކުގައި ނަމާދު ކުރަމުންދާއިރު، ބޭރަށް އަޑު ޖައްސާފައި ހުންނަ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެން ކަމުން އެވަގުތުގައި ބޭރަށް އަޑު ނީވޭ ގޮތަށް ނަމާދު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

"ބަންގިއާއި ގަމަތް ދިނުމަށްފަހު، ނަމާދު ކުރާ ގަޑީގައި މިސްކިތުން ބޭރަށް ތާޅަފިލީގެ އަޑު ނީވޭގޮތަށް ބެހެއްޓެވުން އެދެމެވެ" މިނިސްޓްރީން ފޮނުވާފައިވާ މެސެޖުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޙަހަ

    މިއީ ކީއްވެ އެންގި އެންގުމުއް ކަމެށް ކޮމެންޓް ކުރާ ގިނަ ބަޔަކަށް ނޭނގޭނެ

    40
    3
  2. އަޙްމަދު

    ބަރާބަރު! ގޭގައި ނިދާފަ ތިބޭ ކުދި ކުދިންނާއި އަންހެންވެރިންނާއި ދަންވަރު ޑިއުޓީއަށް ދާ ބޭފުޅުންނަށް ވަރަށް ފަސޭހަ ތިވީ.

    ވ މުހިންމު ނިންމުމެއް.

    13
    112
    • މުފާސާ

      ގޭގައި ނިދާފަ ތިބޭ ކުދި ކުދިންނާއި އަންހެންވެރިންނާއި ދަންވަރު ޑިއުޓީއަށް ދާ ބޭފުޅުންނައްވެސް އުދަގޫވާނެ ނޫންތޯ ބަންގިއާއި ގަމަތް ތާޅަފިލިން ގޮވީމަ.

      9
      13
    • 🙄🙄

      ނަމާދު ކުރާކަށް ނުނަގާނެ މާކަށް ގިނަައިރު ތަކެއް 🙄

      40
    • Anonymous

      ނިދަން އޮންނަ މީހާ ހޭލައްވާލާކަށްވެސް މާ ގިނަ ވަގުތެއް ނުނަގާނެ

      5
      7
  3. ކާޅު

    ޔަހޫދީންތަ ތިތާއުޅެނީ

    23
    1
  4. ދަރަނި ދަންތުރަ

    އަނެއްކާ ނަމާދުކުރުން މަނާނުކުރާތި ، މިއޮތީވާ ސަރުކާރެއް...

    20
    1
  5. Anonymous

    ލާދީނީ ސަރުކާރަށް ވަރަށް ސަލާމް

    48
    10
  6. ބުއްޅަބެ

    މިސްކިތައް އަރާ އިމާމުމީހާއަށް ހަމަލަދިން މީހާގެ ދިފާއުގަ ސަރުކާރުން ފުރަތަމަ އެޅިފިޔަވަޅު، ދުވަސްކޮޅަކުން ބަންގީގެ އަޑިވެސް މިސްކިތު ފާރުން ބޭރަށް ނީވޭގޮތް ހަދަންވާނެ.

    18
  7. މޫސާ

    ދީނުގައި ނޯވޭ ބަންގީގެ އިތުރުން އަޑުގަދަކޮށް ގޮވާކަށް. މި ފެށިގެން އުޅޭ ބިދުއަ ހުއްޓުވަން އެންގުން އެއީ ރަނގަޅުކަމެއް

    5
    14
  8. Anonymous

    ބަންގީގެ އަޑަށް ޝައިޠާނާ ފުރަގަސް ފަރާތުން ވައިބޭރުވާޙާލު ފިލަން ދުވާނެ ކަމަށް ބުނެވޭ.
    ޔާﷲ އަޅަމެންގެ ވެރިންނަކީ ރައްޔިތުންނަށް ތެދުމަގު ދައްކާ ،އެމަގުގައި ސާބިތުވެ ތިބުމަށް ވާގިވެރިވާ ބައެއް ކަމުގައި ލައްވާށި އާމީން.
    ޤުރްއާނުގެ އަޑަށް ސެލްތަކަށް ވެސް ދިރުން ލިބޭކަމަށް ހޯދުންތަކުން ދައްކާކަމަށް ބުނެވޭ.ހުރިހާ ހެޔޮކަންތައްތަކައިގެން އައި ސަރުކާރުގެ މަޖްލީހުގައި ވެސް ޤުރްއާނުގެ އާޔަތްތައް ކިޔެވުން މަނާކުރުމަކީ ހިތާމަ ހުރި ކަމެއް. އަޅަމެންގެ ވެރިންނަށް ހެޔޮވިސްނުން ދެއްވާށި އާމީން

    22
  9. Anonymous

    ޑރ. އިޔާޒުމެން މިކަމާ ވިދާޅުވާނީ ކީކޭތޯ.
    މިސަރުކާރުގެ ރަނގަޅު ކަންކަމުގެ ތެރެއަށް މާރަނގަޅު ކަމެއް އިތުރުވީތޯ

    14
    1
  10. އަރޫނާ

    ތިރަށުގައި ނަމާދު ކުރުން މަނާނުކުރާނެބާ

  11. .....

    ޙަމަ އެކަނި ޖަމާއަތުގަ ތިބޭ މީހުންނަށް އަޑުއިވުނީމ އެނިމުނީދޯ

    3
    5
  12. ަހަބިބު

    ކިހާބޮޑު ބަލާޔެއް އިސްލާމިކު މިނިސްޓީ އުވާލާ މިނިސްޓަރ އިސްތިއުފާ ދީ

  13. ކައުންސިލުން

    ކައުންސިލުން ނުޖެހޭ މިއެންގުމައް ތަބާވާކަށް މިސްކިތައް ނުދާ މީހުންގެ މިނުބައި ރިޕޯޓަށް ތަބާ ނުވޭ

  14. ާަިަަަަަމީ މަށޭ

    މިއޮތީވާ ސަރުކާރެއް!!!

  15. ޢަހްމަދު

    މިކަހަލަ ކަންކަމުގަ ގިނަމީހުން ބޭނުންވާ ގޮތެއް ވާންޖެހޭނީ މަދު ބައެއްގެ ސަކުވާ ގަބޫލު ކުރާކަށް ނުޖެހޭ، ނުވިތާކަށް ސަކުވާ ކުރާ ބަޔަކަށް އެކަމުންވާ އުދަގުލެއްވެސް އޮންނަންވާނެ އަދި ސަކުވާ ކުރިމީހެއްގެ ގެ ވެސް ހުންނަނީ އުދަގުވާހާ ގާތުގައިތޯބެލިފައި ފިޔަވަޅެއް އަޅަންޖެހޭނީ، އަޑުނުޖައްސާ ކުރީމަ އަޅުގަނޑަށް އުދަގުވޭ، ބަންގި އަޑުވެސް ގެއާއި ހަމައަށް އިވެނީ މަދުފަހަރެއްގައި އެވެސް ވައި ހުންނަ ގޮތަކުން ނިވޭފަހަރު ގިނައީ ، ސަކުވާކުރި މީހަކާމެދު ހިތާމަކުރަން

  16. ތޫރަ

    ތީ ބޮޑު ދޮގެއް.

  17. ޝަރީފް

    ގޭގެ ހުންނަ ޓީވީން ހެޔޮވާނެ ފުލްކޮށްފަ ހުއްޓަސް ޑްރާމާބަލަން ...

    7
    1
  18. ޙަސަނާ

    އަޅުގަޑުމެންގެ މި ކުޑަކުޑަ އިސްލާމީގައުމުގަ ދީނީކަންކަމާދުރައްދިވެހިރައްޔިތުންގެ ބޮޑުބައެއް މިހާރުގޮއްސި މުޅިގައުމުގަ މާއްދިއްޔަތައް ހައްލާލުމުގެ ރޫހެއްގަ ދީނުގެ އަދުއްވުން އެމީހުންގެ މޮޅެތި އުކުޅުތަކު ބޭނުންހިފާ ގެސްޓުހައުސްވިޔަފާރިއޭކިއާ ހެއްލުންތެރިކުރުވައިގެން ރާވިއްކުންހުއްދަކުރަން ވެސް ގެންދަނީ ރާވަމުން ބައެއްރައްރަށުގަ މިސްކިތްތަކުގެ ބޭރުން ފެންސުޖަހާހިސާބައް ކަންކަންދަނީ ރާވަމުން 😥

  19. ޙަސަނު

    ކުޅުދުއްފުށީގައި ދިރިއުޅެނީ މުސްލިމުން ކަމާމެދު ސައްކު އުފެދޭ ކޮމަންޓް ތަކެއް މި ފެނިގެންދަނީ