މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނާތަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅުގައި އޮތް ޕީޕީއެމް އާއި ގުޅިގެން ކުރި ބޮޑު ވައްކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިފަދައިން ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ހާމަކުރުމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ދެކޮޅު ހައްދަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އުމަރު "ވަގުތު" އަށް ވިދާޅުވީ ދެ ޕާޓީގެ މެމްބަރުން މަޖިލީހުގެ ތަޅަމުގައި އެކަކު އަނެކަކަށް ވަގަށް ގޮވި ނަމަވެސް ފަރުދާގެ ފަހަތުގައި ފައިސާ ބެހުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިިޔާނާތުގައި ދެ ޕާޓީގެ ބައިވެރިވުންވެސް ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.

"ދެ ޕާޓީގެ މެމްބަރުންގެވެސް އަތުގަޔާއި ދަތުގައި މި ހިޔާނާތުގެ ފައިސާ ވަނީ ހޭކިފައި. ޓީވީތަކަށް އަރާ، އަދި މަޖިލީހުގެ ތަޅަމުގައި ދެ ޕާޓީގެ މެމްބަރުންނަށްވެސް ވަގަށް ގޮވާނެ. އެކަމަކު ފަރުދާގެ ފުރަގަހުގައި ހިނގަނީ މުޅިން އެހެން ކަމެއް. ކުޑަދޮށުގައި ދެ ޕާޓީގެ މެމްބަރުން ލާރި ބެހުމުގެ ކަންކަން ކުރިއަށް ގެންދޭ. މިހާރުވެސް ކަންކަން ދަނީ އެގޮތަށް" އުމަރު ވިދާޅުވިއެވެ.

މި މައްސަަލައާއި ގުޅިގެން އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓްއެއްގައި ވަނީ ދައުލަތް ކޮރަޕްޝަނުން މިންޖުކުރަން އެދޭނަމަ ތެދުވެރި އިހްލާސްތެރި ވެރިއެއް ހިޔާލް ކުރުމަށް ގޮވާލާފައެވެ.

އުމަރު ނަސީރު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނު ކުރައްވާފައެވެ.

ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން މިހާރު ވަނީ އެ ލިސްޓު ދިރާސާ ކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

އެމްއެމްޕީާރުސީގެ މައްސަލާގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ތިން ފަރާތެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖަރު އަބްދުﷲ ޒިޔަތުގެ މައްޗަަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރައްޔިތުން

    ދެ ޕާރޓީ އާއި އަދި މަހުޖަނުން ހިންގި ޖަރީމާއެއް

    23
  2. ތިރިބެ

    ޢެހެއްވީމާ އުމަރުވެސް ހިމެނޭނެތަ

    22
    8
  3. ޖަގިޔާ ހުކުން

    ހުދުވާ ތިބުނާ ގޮތަށް ތިހެން ތިކަން އޮތީވިއްޔާ ޔާނު ޖަލަކަށް ދާކަށްނުޖެހުނީސް.

    20
    1
  4. ވިސްނާލުމަށް އެދެމޭ

    މީނަޔަށް ޕޕ މ ނަންނުގަނެ ނުހުރެވޭ.. މރ މގެ ލީޑަރުގެ ދަރި މަޖުލިހަށް ހޮވަން މ މޕރސގެ ފައިސާ ބޭނުންނުކުރޭތަ .އެ މީހުން ބޭނުންކުރިޔަސް ހަލުވާނެދޯ..އު މަރާ އިލްޔާސްއިބުރާހި މު ކުރެން އަހާލަބަލަ ފޕއޑގެ ފައިސާތައް ކޮބާއިތޯ..ގާސި މު މުއްސަދިވެފައެހުރީ ހީވާގިކަ މުން އެކަ މުން އެކަނިތަ... މާލޭގެ އެއް މެ އަގުބޮޑު ދި މަދި މާލުގަ އިލްޔާސް ބިންތަކާ އި މާރާތްތަ އެހުންނަނީ ވާރުތައިން ލިބުނު ތަކެތި ތަ..

  5. ފާރިސް

    ދެން ކީއްވެހޭ ރައީސް ޔާމީނަ އަށް އެކަނި ަސަބު ލިބެބއވީ

    35
    1
  6. ޒަބީބު

    އުމަރު ތިޔަޖެއްސެވީ ސީދާ މޮހޮރުގެ ބޮލުގަ. މިހާތަނަށް އެމްއެމްޕީއާރސީގެ މުޑުދާރު ޚިޔާނާތުގެ ހަޤީޤަތް އެންމެ ސިމްޕަލްކޮށް ކުރުކޮއް ރީތިކޮށް ބުނެ ތިޔަދެއްވީ އުމަރު. އެޚިޔާނާތުގައި ފޮށި ފަޅަން ހަވާލުކުރީ އަދީބް އާއި. ވައްކަން ޕްލޭން ކުރީ އަދީބުގެ ބޮސް. އަދީބުގެ ބޮސް އަށް ހުރިހާ ސަޕޯޓެއް ދިނީ އެމްޑީޕީގެ ލީޑަރުން. ބައިއެޅަން ޖެހޭ މީހުންގެ ލިސްޓު ތައްޔާރު ކުރީ އެއިރުގެ އިދިކޮޅު ލީޑަރު އެމްޑީޕީގެ ރައީސް. ސައުދާކުރީ ބޭރުމީހުންނަށް ބިން މިލކްކުރެވޭ ޣޮތަށް ޤާނޫން އަސާސީ ބަދަލުކުރުމާއި އިދިކޮޅު ލީޑަރު ޖަލުން މިނިވަންވުން.

    9
    2
  7. ބިންބިބުމަރު

    މިކަލޭގެ ވެރިކަމަށް ފައިނަގައިގެން ފައި ތިރިނުކޮށް ހުންނަތާ ލައްކަ ޒަމާންވެއްޖެ...
    ކަލޯއުމަރާ ބުނަން ކިތޭވަރަކަށް ޕީޕީއެމް ޓިކެޓްގަ ވެރިކަމަށް އަންނަހިއްވިޔަސް އެކަމެއް ނުވާނެ...
    ސަބަބަކީ ކަލެޔަކީ އަބަދުވެސް ވަގުތުބަލާ ބާގަނަޑަކުން ރައްުޔިތުންނަށް ބޯނެރެ ދައްކާ މީހާ....
    ރައީސްޔާމީން އަށް ވަގަށްގޮވާ އަދި ހަމަ އެވެރިކަމުގަ މިނިސްޓަރުކަމުގެ ދަހިވެތިކަމުގަ ރައީސް ޔާމީން އަށް ހުސާމަދު ކުރަންވެސް ލަދުނުގަތް މީހާ....
    ކަލެޔަކަށް ރައްޔިތުންގެ އިހްތިރާމެއް ނެތް އަދި ޕީޕީއެމް އަކުންވެސް ކަލެޔެއް ބަލައެއް ނުގަނޭ....

    22
    6
  8. ކޮވިޑް

    އެކަމެއް ހިންގި އިރު އުމަރު ހުރީ އެ ސަރުކާރުގަ ތޯ ؟ ނުވަތަ ނޫންތޯ ؟ ސަރުކާރުގަ ހުރިނަމަ އުމަރު ތިވާޅުވާ ގޮތުން ވިއްޔާ އުމަރުވެސް ހުރި ސަރުކާރު ދެއްތޯ؟

    22
    3
  9. މަރުމަރު

    ޢުމަރުވެސް މިހާރު ތިޔަވާހަކަ ދެއްކީމާ ޤަބޫލުކުރަން ދަތި މީގެކުރިން ސަރުކާގަ ހުރިއިރު ތިވާހަކަ ދައްކަން ނުކެރުނީ ކީއްވެ!

  10. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    ތިޔަ މައްސަލާގައި މަޤާމުގެ ނުރަނގަޅު ނުފޫޒު ބޭނުންފުޅު ކުރެއްވުމާ، ވައްކަމާ، ޚިޔާނާތާއި، މަކަރާއި ޙިލަތް ހިމެނެއެވެ. ނަމަވެސް އަޙްމަދު އަދީބަށް ތިޔަ މައްސަލަ މަކުނުވާ ކޮޅަކަށް ވެއްޖެނަމަ، ދެންތިބި މީހުންނަށް ތިޔައީ މާބޮޑު ކަމަކަށް ނުވެ ހިނގައިދާނެއެވެ. ދޭތެރެ ދޭތެރެ އިން ތިޔަ މައްސަލަ ހޮރުން ނުކުމެލައެވެ އެއަށްފަހު، އަވަހަށް ހޮރަށްވަދެ ފިލައެވެ. މައްސަލައަށް ނިޞްބަތްވާ އެއްވެސް މީހަކާއި ހަމައަށް މައްސަލާގެ ވަސްވެސް ނުފޯރައެވެ. އެއީ ދައުލަތުގެ ބޮޑުންނެވެ. ގައުމުގެ މަހުޖަނުންނެވެ. ޤާނޫނަކީ، މަކުނުވާ ކޮޅެއްފަދަ އެއްޗެކެވެ. އޭގައި ޖެހޭނީ، އެއްވެސް އާރެއް ބާރެއް ނެތް އެއްޗެކެވެ.

  11. އުމަރުއްޔާރުގެ ސުންބުލި

    އުމަރާ ކަލެއަށް ތިހާ ސާފުކޮށް ތިކަން ކިޔައިދޭން ތިއެނގެނީ ތިކަމުގެ މުގުލުގައި ހަރުގަނޑަކަށް އަރާހުރީ ކަލޭވީމަ، ބުނަން އެއީ އެއްވެސް ޕާޓީއަކުން ކުރި ކަމެއްނޫން އެކަން ކޮށްގެން އުޅެނީ އުމަރުމެން ކަހަލަ އަމިއްލަ އެދުމުން ފޯވެތިބި ކަރޮޕްޓް ބައެއް

    ރިޔާސީ އިންތިޚާބަށް ތިގޮތަށް ކެންޕޭން ކުރީމަ ކަލޭގެ އަގުވެއްޓުން ނޫންއެެހެން އެވެސްކަމެއް ކަލެއަކަށް ނެތް، ހުދު ކާފޫރަށް ވެގެން އުޅޭނެކަމެއްނެތް