ހދ. ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް އެރަށުގެ ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ކޮވިޑަށް ފައްސިވެގެން އެރަށަށް އަރާ ފޭބުން މަނާ ކުރިއެވެ.

އެފަހުން އެ މީހުންނާއި ގުޅުން ހުރި މީހުން ހޯދައި، ފަހުން ވަކި ތަރުތީބެއް ނެތި އެރަށުން ސުންކު ނެގިއެވެ. އަދި އެ ސުންކުތައް ވަނީ ކޮވިޑަށް ނައްސިވެފައެވެ.

މެއި ދެ ވަނަ ދުވަހު އެރަށަށް އަރާ ފޭބުން މަނާ ކުރިއިރު، އެރަށް އާއްމު ހާލަތަށް ގެނައީ، މީގެ ދެ ދުވަސް ކުރިންނެވެ.