މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުތުން މަނާކޮށްފި އެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު މިހާރު ދަނީ ކޮވިޑް ފެތުރެމުންނެވެ. އެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް މިހާރު ކޮވިޑަށް ފައްސިވަމުންދާ މީހުންގެ އަދަދުތައް 500 އަށްވުރެ މައްޗަށް އަރަމުންދާއިރު، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ.

އަދި މިހާރު މާލެ ސަރަހައްދުގައި ވޭދަނަތައް އިތުރުވަމުންދާތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. އެ މަސައްކަތުގެ ތެރެއިން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށް، ސްކޫލްތަކާއި، ކޮލެޖްތައް އަދި އޮފީސްތައް ބަންދު ކުރަން އަންގާފައި ވެއެވެ.

މިއަދު އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނުކުމެ އުޅުން މަނާ ވާނެ ކަމަަށް އެ އެންގުމުގައި ބުނެފައި ވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 37019 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 10376 މީހަކަށެވެ. ރާއްޖެއިން ކޮވިޑް ޖެހުނު 87 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢ123

    މިސްކިތަށް ދެވޭނެތަ؟

    18
    3
  2. ނަން

    ހަމަ ހިލާ އެއްބަސް ނުވާތި ދެވަނަ ޑޯޒު ޖަހައިގެން ވެގެން އުޅޭކަމެއްކަމަށް. ބުނޭ އިންޑިޔާ މީހުންނާހެދި ވީކަމެކޭ. ގިނައީ މޮޔައިން، އެވެރިން ތިބޭނެ ކޮންމެއެއްޗެއް ކިޔަސް ޤަބޫލު ކޮށްލައިގެން.

    34
    4
    • ޖޖ

      ސަރުކާރުގެ އޮފިސްތަކާ މުއައްސަސާތައް ބަންދުކޮށް ގިނަ މުވައްޒަފުންތަކެއް އެޗްއީއޯސީ އަށް މަސެއްކަތް ކުރަން ނެރުމުން ވަނީ ކޮން މޮޅެއް...... އެޗްއީއޯސީގަ މަސެއްކަތްކުރަން މިހާލަތުގަ ބޭނުން ނުވިޔަސް އޮފީހުން އެންގުމުން ދާން މިޖެހެނީ..... އެޗްއީއޯސީގަ މާ ގައިގޯޅިކޮށް މަސެއްކަތް ކުރަން ޖެހެނީ... މިއޮށް ޕެންޑެމިކް ގަ ވެސް އެއްސެންޓި މިޓަރ ނުހުންނަ ހާ ކައިރީގަ އެޗްޕީއޭގެ މަސެއްކަތް ކުރައްވާ މުވައްޒަފުން ތިއްބަވަނީ ކީއްވެތޯ؟ ވޮލެންޓިއަރުންނަށާ އެހެން ސަރުކާރުގެ މުވައްޒަފުންގެ ހާލަތު ހުންނާނީ ކިހިނެތް؟ އެޗްޕީއޭ މުވައްޒަފުން އެޗްޕީއޭ ގަވައިދަށް ބޮނުލަބާ!! އެޗްޕީއޭގެ މުވައްޒަފުންނަށް 3 ފޫޓް ޑިސްޓެންސް ނޭގެނީތޯ؟ ނޫނީ ހަމަ ދެފުތް ދެގޮތީތޯ؟

       

       

  3. އިބިލީސް

    ހެހެ. ހަމަ ހެވެނީ. ވ ސަލާން ސަރުކާރަށް

    51
    2
  4. ގެރިމޯދީ

    މިކަމުން އިންޑޮއާ މީހުން އިސްތިސްނާ ވޭތަ

    58
    1
  5. މައިމޫ

    އެޗްޕީއޭ: ބޯޑަރ ބަންދުކުރަން އެބަޖެ ހޭ
    ސަރުކާރު: ނޯ، ނުވާނެ ތިކަމެއް.
    އެޗްޕީއޭ: ލޮކްޑައުންއަކަށް ދާންއެބަޖެ ހޭ.
    ސަރުކާރު: ނޯ، ތިކަންވާކަށްނެތް
    އެޗްޕީއޭ: ފި ހަމަތައް ބަންދުކުރަން އެބަޖެ ހޭ
    ސަރުކާރު: ނޯ، ނުވާނެ ކަމެއްތީ
    އެޗްޕީއޭ: މިސްކިތްތައް ބަންދުކުރަން އެބަޖެ ހޭ
    ސަރުކާރު: އޯކޭ ގޯއެ ހެޑް

    100
    10
  6. ާއަޙުމަދު ޢާތިފު

    ވޯޓު ބޭނުންވީމަ ނޯ ކޮވިޑު، ވޯޓުން ބަލިވީމަ ކޮވިޑު، ވަގުން

    60
  7. ނޫރު

    މީހުން ކަރަންޓީނު މަންޒިލްއަކަށް ރާއްޖެ ހެދުމުގެ ހިތި ނަތީޖާ. ޑޮލަރ ގެ ބޭނުމުގައި ރައްޔިތުން ގުރުބާންކުރީ. ސަރުކާރުގެ ފެއިލިއަރެއް.

    70
  8. Happy 123

    ރަގަޅު ނިންމުމުއް👍

    3
    6
  9. ކާފަ

    ލޮކްޑައުން ޕްލީޒް...

  10. ބޭކާރުލޮކު

    އޮފީހަށް ދާންޖެހޭ. އޮފީހުން އިހައްދުވަހުވެސް ޕޮޒިޓިވް ވެއްޖެ.

  11. ދދދދދދ

    ކައިރި މުސްތަގުބަލެއްގަ ވޯޓެއް ނެތްތަ ނަގާކަށް. މި ނަންބަރުތައް ދަށްކުރަން ވެއްޖެނު.

    12
  12. މުނާޒު

    މިހާރު ފަރުވާދެ މުން ދަނީ 10376 މީހުން ކަ މަށް ބުނު މަކީ ކަނޑައެޅިގެން ދޮގެއް. ތިބުނާ 10376 ތިބިތަންތަން ތަފްސީލާ އެކު ނުބުނެވޭނެ. ޕޮސިޓިވް ވާކޮން މެ މީހަކަށް އަޅައެއް ނުލާ. ގިނަގޭ ގޭގަ ދޮރުގަ އިއްލާން ހަރުކޮށްލީ މަ ނި މުނީ.

  13. އަކޭ

    ހެޔޮނުވާނެ. ބޭންކުތަކަށް ލޯނު ރީސްޓްރަކްޗަރކުރަން އަންގަދީ

    6
    1