ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތައް ހަފްތާއަކަށް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

ކޮވިޑާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް އިއުލާނުކޮށްފައެވެ.

އެގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގެ ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލަން އަންގާފައި ވެއެވެ. އަދި ބަދަލުގައި ޑެލިވަރީ ޓޭކްއަވޭ ހިދުމަތް ދިނުމަށް އަންގާފައި ވެއެވެ.

އެ އެންގުމުގައި ވާގޮތުން ޕޮލިސް ޕާރމިޓްއާއެކު މެންދަމު 12:00 ޖެހުމާއި ހަމައަށް ޑެލިވަރީ ހިދުމަތް ދިނުމަށް ފުރުސަތު ދޭނެއެެވެ. އަދި މި ގައިޑްލަންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިިއިރަށް ބަންދު ކުރަން އަންގާފައި ވެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި މި ވަނީ ރޯދަ މަސް ގާތްގަނޑަކަށް ނިމުމުން ކަން ފާހަގަކޮށްލަން ޖެހެއެވެ.

މިދިޔަ އަހަރުގެ ރޯދަ މަސް ތެރޭގައި މާލެ ސަރަހައްދު އެއްކޮށް އޮތީ ފުރަބަންދުކޮށްފައެވެ. އެކަމަކުގެ ސަބަބުން ގިނަބަޔަކަށް ދަތިތަކާއި ކުރިމަތިލިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިރިބެ

    ކިހިނެއްތަ މަސައްކައި ކުރާ މީހުން މުސާރަދެނީ ތިވަރައް ގަޑިކުޑަކުރީމަ ސަރުކާރުމުވައްޒަފުންނަށާ ސިޔާސީމީހުންނައް ބަރާބަރައް މުސާރަލިބޭނެ އެމީހުން ބޭނުންވާނީ އަބަދުވެސްލޮކްޑައުން ފުރައްޓުލައިނާ ހުރިހާއެއްޗެއް އބޭފުޅުންނައް

  2. އަޒް

    ބޭންކުތަކުން ރައްޔިތުންގެ ފަހަތުން ދުވަނީ