ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ހަފްތާއަކަށް މަނާކޮށްފިއެވެ.

މިހާރު ދެކުނު އޭޝިއާ ސަރަހައްދުތަކުން އިންޑިއާ އާއި ސްރީލަންކާގައި ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. އަދި ބައެއް ގައުމުތަކުން ރެކޯޑް އަދަދަކަށް މީހުން ދަނީ ކޮވިޑަށް ފައްސިވަމުންނެވެ.

މިހެންވުމުން ރާއްޖެއަށް އިންޑިއާ ފަދަ ގައުމުތަކުން ފަތުރުވެރިން އައުން މެދުކަނޑާލަން މީގެ ކުރިން އެތައް ފަހަރަކު އާއްމުންނާއި ސިޔަސީ ބައެއް ފަރާތްތަކުން ގޮވާލާފައި ވެއެވެ. އެހެން ނަމަވެސް އެކަމަށް އެއިރު އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލަން އަންގާފައެވެ. އަދި ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ވާރކްޕާރމިޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވުން ހުއްޓައިލަން އަންގާފައި ވެއެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު އެންގުމެއްގައި ވަނީ މާދަމާ އިން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާލުމަށެވެ.

އެޗްޕީއޭ އިން މިގޮތަށް ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދަނީ ކޮވިޑްގެ އާ ވައްތަރެއް ކަމަށް ރާއްޖޭގެ ބައެއް ސިއްހީ މާހިރުން ގަބޫލުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މޯދީދޮންބެރަތަށް

  މަޗާ ކީއްތިކުރީ، ތިހެންއުޅެގެން ކިހިނެއް ބުރިޖުކަންތައް ކުރިއަށްދާނީ.

  22
  1
 2. އުސައިދު

  ވަގުތު ފާއިތުވެ ވާނެއެއްޗެއްވީމަ ނޫނީ ފިޔަވަޅެއް އަޅާކަށް ނޭނގުނުދޯ..

  48
  1
 3. މަބޭ

  ފިޔަވަޅެއް އަޅަން މިއެންގެނީ އަތައްގޮވީމަ. ވަރައްސަލާން

  7
  1
 4. ޝޮރޮކޮނޮލަޚީ

  ސޯލްމޭޓުން އެކުވުމަށް ހުރަސްއެޅުމުގެ ސަބަބުން ސޫރައެއް ކުރެހެމުން ދާތީ އެކަން ހިގިގޮތް ހުރަސްއެޅިމީހާ އަމިއްލައަށް އައިސް އެކަމުގަ ވާހަކަ ދައްކަންޖެހޭ މީހާއަށް އެކަމުގެ ތަފްސީލް ދީ ހައްލު ކުރަން ބުނާތާ ތިން އަހަރުވެއްޖެ. ތަހުލީލު ކުރަން ރަގަޅު މައްސަލައެއްމީ

 5. އޮޅުވާލި ވޯޓު

  ކޮމްމެކަމެވެސް ކުރަން މިއެގެނީި އެކަމެއްގެ ވަގުތުފާއިތުވެ ދިޔާމާ އެޖެންތާވާނީ ވެސް އިލްމެ ހިލްމެ ނެތް ބަޔަކު ވެރިކަމުގަތިބީމާ މިހާރު ވްގުތު ފާއިތުވެއްޖެ ދެން ކުރެވޭނެ ކަމެނެތް މިހާރު ތީ އަރުވާލާއަޑެ

  16
  1
 6. ޏަމް

  އިކްމާއި ހިލްމު ނެތީމާ ވާނެގޮތް ތިޔަވީއެވެ މަށަށް ވެރިކަންދިނަސް ހަމަޔަގީނުންވެސް ހިންގާނަމެވެ އެކަމަކު ރާއްޖެއިން ބޭރުން އެހީތަށް ލިބެންޖެހޭނެއެވެ އެގޮތްދޯ މިހާރުވެސް މިވަނީ.

  11
 7. ޏަމް

  އިލްމާއި ހިލްމު ނެތީމާ ވާނެގޮތް ތިޔަވީއެވެ މަށަށް ވެރިކަންދިނަސް ހަމަޔަގީނުންވެސް ހިންގާނަމެވެ އެކަމަކު ރާއްޖެއިން ބޭރުން އެހީތަށް ލިބެންޖެހޭނެއެވެ އެގޮތްދޯ މިހާރުވެސް މިވަނީ.

  6
  1
 8. ނަގޫރޯޅި

  މާދަ މާ އިންޑިޔާ ލޮކްޑައުން އަކައް ދޭ, އެހެންވީ މަ އަންނާނެ މީހަކުނެތިދާ މުއްދަތުގަ ވިސާ ދިނުން މަޑުޖައްސާލީ. ސަރުކާރުގެ އިސްތިހާރުތައް މޮޅު.

  9
  1
 9. ޒީވާ

  އަވަހެއްނޫންތަ ތި ފިޔަވަޅު އަޅަން،،،، މުޅިރާއްޖެއަށް ފަތުރާފަ ދެން ކޮންހާ ފިޔަވަޅުތަކެއް އަޅާކަށް،،،،،މި ވަރު މިވީ ހަމަ ފިޔަވަޅުތަށް އެޅުން ލަސްކޮށްފަ އަމިއްލަ އެދުން އިސްކުރީމަ،،، ވައްލާހު އައުލަމް

 10. އެމް ޑީ ޕީ

  ބަލަ އިންޑިޔާގެ އަވަށަކަށް އިންޑިޔާ މީހުން އައުން ނުހުއްޓުވޭނެ. މިތާނގަ އޮތީ އިންޑިޔާ ސަރުކާރެއް. ވެރިކަމަށް އަންނަން އެތައް ބައިވަރު ލާރި ހޯދާފަ އޮތީ.