ހދ. ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް އެރަށުގެ ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ކޮވިޑަށް ފައްސިވެގެން އެރަށަށް އަރާ ފޭބުން މަނާ ކުރިއެވެ.

އަދި އެރަށް އާއްމު ހާލަތަށް ގެނައީ މީގެ ދެ ދުވަސް ކުރިންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. މީގެ ތެރެއިން އަތޮޅު ތެރޭގެ ރަށްތަަކުން ފައްސިވާ ގިނަ އަދަދެއްގެ މީހުން ހިމެނެއެވެ.

މާލެ ސަރަހައްދު ފިޔަވާ މިހާރު އަތޮޅު ތެރޭގެ 38 ރަށެއްގައި ދަނީ ކޮވިޑް ފެތުރެމުންނެވެ.