ޔާމީން ރަޝީދު
ޔާމީން ރަޝީދު

ޔާމީން ރަޝީދު މަރާލި މީހުންނާ އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ކުރިއަށްެގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެނޭޖާ އޮފް މޭޖޯ ކްރައިމް މެނޭޖްމެންޓް ސެންޓަރު ސުޕްރީޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ، ޔަމީން ރަޝިދު މަރާއި، ރާއްޖޭގެ އެއްވެސް ޖަމިއްޔާ ޖަމާއަތެއްގެ އަދި ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުމެއް ވާކަމުގެ އެއްވެސް ހެއްކެއް ތަހުގީގުން ފެނިފައި ނުވާކަމަަށެވެ.

"މިކަން ކުރި ފަރާތްތަކުން ތަފާތު ގޮތްގޮތުން މިކަަމަށް މޯޓިވޭޓް ވެގެން އެމީހުން އަމިއްލައަށް އެ ފިކުރުގައި ޔަމީން ރަޝިދަކީ ދީނަށް ފުރައްސާރަ ކުރާ މީހެއްކަމަށް މި މީހުންނަށް ގަބޫލުކުރެވޭތީ އެ މީހުން ދެކޭގޮތުގައި އެކަމަކީ މީހުން ބަލައިގަންނަ ކަމަކަށް ނުވާތީ މި މީހުންނަށް ފެނުނީ އެއީ ޔާމީން ރަޝީދު މަރާލަން ޖެހޭ ކަމެއް ކަމުގައި". ޝަމީމް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެމީހުން ޔާމީން މަރާލީ އަމިއްލައަށް "މޯޓިވޭޓް" ވެގެން ކަމަށެވެ. އެމީހުން "މޯޓިވޭޓް" ވީ ބައެއް ދީނީ ޝޭހުންގެ ދަރުސްތައް އަޑުއެހުމަށްފަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހުންނަކީ ދީނީގޮތުން މާބޮޑު ތައުލީމެއް ލިބިފައިވާ ބައެއް ނޫންކަމަށާއި ނަމަވެސް ވަރަށް ރަނގަޅަށް ކިޔަވައިގެން ތިބި ބައެއް ކަމަށްވެސް ފުލުހުން ހާމަކުރި ވީޑިޔީ ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ..

ADS BY SHEESHA

މީގެއިތުރުން ފުލުހުން ވަނީ މިކަމުގެ އަޑީގައި ތިބި މީހުންގެ ވަކި ތަހުގީގެއް ކުރިއަށްދާކަން ވެސް ފާހަގަކޮށްލެވެއެވެ.

2 ކޮމެންޓް

  1. އެހެންވެ ފުލުހުންނަށް އެކަން ހުސައެޅުމުންވެސް އަޅާނުލީ ،

  2. ފުލުހުން ބުނީ، ޔާމީން މަރާލުމުގައި ބައިވެރިވި މީހުންނަށް، ދީނީގޮތުން ކަންކަން އޮންނަގޮތް ރަނގަޅަށް އޮޅުންފިލާފައި ނުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ ދީނީ ގޮތުން ކިހިނެއްތަ ދެން ކަންކަން ކުރަން ޖެހެނީ، އިސްލާމްދީނައް ފުރައްސާރަ ކުރާމީޙުނައް ސަނާ ކިޔާ އެމީހުންނައް ހިމާޔަތް ދިނުންނަތް. ނޫން ﷲ އާއި ނަބިއްޔާއައް ފުރައްސާރަ ކުރުމުގެ ހުކުމަކީ މެރުން،