ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެއިން ނިކުންނަވާ ގަޑި އަދުހަމްއަށް އެނގުނު ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމާލާގައި އިސްކޮށް ހިމެނޭ އަދުހަމް ހުންނެވި ސަރަހައްދަކީ އެއީ ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން މަޖީދީ މަގަށް ނިކުމެވަޑައިގަންނަވާއިރު، ސީދާ ފެންނަ ގޮތަށް ހުރި ސަރައްދެއް ކަމަށެވެ. އަދި އޭނާ ހުރި އަތަމާ ގޯޅިއަކީ އެއީ ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަންނަވާ ގޯޅި ކުރިމައްޗަށް ހުންނަ ގޯޅިއެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އެ ހާދިސާއަށް ފަހު އަދުހަމްގެ ހަރަކާތްތައް ވެސް ފެނިގެން ދަނީ ހާދިސާއާއި ގުޅުން ހުރި ގޮތަކަށް ކަން ވީޑިއޯއިން ފެނިގެންދާ ކަން ރިޔާޒު ވަނީ ފާހަގަ ކުރައްފައެވެ.

މިކަމާއި ގުޅިގެން ތަހުޤީޤަށް ބަލައި މައުލޫމާތު އާއްމު ކުރާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ފުލުހުން އާއްމު ކޮށްފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ރައީސް ނަޝީދު ކާރު ކޮޅާއި އަރާ ހަމަވިތަނާ ކަހަލަ ގޮތަކަށް ބޮން ގޮއްވާލުމަށްފަހު އަދުހަމް ދުއްވައިގަންނަން މަސައްކަތް ކުރާ މަންޒަރެވެ. އަދި އޭގެ ފަހުން މާލެގެ ބޮޑު ސަރަހައްދެއްގައި އޭނާ ހަރަކާތްތެރިވި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ފުލުހުން ވަނީ ހިއްސާ ކޮށްފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޞބގވވ8

  ބަލަ އަންނިގެ ދަރި އެބުނަނީއެއްނު ތީގެ އަޑީގަ މާރިޔާ އަދި ފައްޔާޒު ވެޔޭ.
  އެފަރާތްތަކުގެ ފޯނުތައް ހޯދައި ތަހުލީލިކޮށްބަލަ ކޮން ވާހަކަތަކެއް ކޮން ބަޔަކާ އެއްކޮށްތޯ ދައްކާފައިވަނީ.

  36
  2
 2. ރައްޔިތުން

  ކާރު މަޑުކުރާ ޕޮއިންޓް ވެސް އެނގުނީ ކިހެނެއް،

  21
  3
  • އަމައްޔާތަ

   ކާރު އަބަދު އެއްތަނަކަށް މަޑުކޮށް އަރާ ފައިބަންޞާވެސް އެނގޭނެ ބަލާ ފާރަލަަ ބަޔަކަށް.. ފާއިތުވި 2 މަސްދުވަހުގެ ސީސީ ފޫޓޭޖު ނަގާފަ އެމީހުންގެ ހަރަކާތްތައް ތިޔަ ހިސާބުގަ ހުރިތޯ ބެލީމަ އެނގޭނެ ފާރަލުން ހުރި ނެތް ގޮތް.. ތިޔަހުންނަނީ ނާ އަމައްޔާތަވެގެން އުޅޭ ޒާތުގެ ކަންކަމެއް ނޫނެއްނު..

   14
 3. ކޮވިޑް

  ރަނގަޅު ތިކަން ބަލަން ޖެހޭ ، ހަމަ ތިގޮތަށް ދިވެހި ފުލުހުންގެ ކަމިސަނަރ އަކަށް ހުރި މީހަކު ކަމަށް ބެލެވޭ މީހަކު އޭނާގެ އަނބި މީހާ ކަމަށް ބެލެވޭ މީހަކު ގޮވައިގެން ޑީޖޭ އެއްގަ އުޅޭ ވީޑިއޯ އެއްވެސް ފެނުން މީބަލަން ޖެހޭ ކަމެއް ނޫންތޯ؟

  41
  3
 4. އެމަންޖެ

  އެވަރު ކަމެއްތަ ނަޝީދު ގެއިން ނިކުންނަ ގަޑި އެނގުން....؟؟؟🤫

  33
  4
 5. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  ކާރުކޮޅު މަޖީދީމަގު އޮތުމުން ސީދާ ނުކުމެ ވަޑައިގަންނަވާ ގަޑި ނޭގުނަސް ކާރުކޮޅަށް ފާރަލެވިދާނެ ދެއްތޯ،

  31
 6. ފޫޓޭޖް

  ކޮންއިރަކު ތިޔަބުނާ ސައިކަލް ތިތަނަށް ދިޔަޢީ.އެ ސުވާލުގެ ޖަވާބު އަދިވެސް ނުލިބޭ.ވީޑިއޯ ފޫޓޭޖް ކޮބާތޯ؟

 7. ފަރެސް

  ކޮންމެއިންސާނެއްގެފުރާނައަކީވެސް ﷲ ދެއްވިއެއްޗެއް ވީމާ، މިކަމުގައި ވެރިއެއް،ގެރިއެއް،އާދައިގެއިންސާނެއް، ނިކަމެއްޗެއް،ފަގީރެއްއޮނަނާނެކަމަށް ނުދެކެން ހިތާމައަކީ ވެރިއަކާގުޅޭކަމަކަށްވީމަފުލުހުންނާ،ކެެމެރާތަކާ އަދި ކިތަންމެބޮޑުޚަރަދެއްހިގިކަމުގައިވިއަސް އެކަމެއްކުރިބަޔަކާ، އެކަންކުރިސަބަބުދެނެގަތުމަށް ގިނަވަގުތުހޭދަކުރައްވާއިރު ބައެހާދިސާތައްހިގާ މީހުންމަރާ، ވަޅިޖަހާބޮޑެތިޒަޚަމްކޮށްގެއްލުންތައްދީ ބައެއްފަރާތްތައް ގެއްލިއެތަށްދުވަހެއްވާއިރުވެސް އެކަންކުރިފަރާތެއްނުވަތައެކަންކުރިބަޔަކުނޭގުންއެއީ އެކަމަށްމަސައްކަތްނުކުރައްވަނީތޯ، ނޫނީއެކަމުގެ ގާބިލްކަންނެތީތޯ،ނޫނީ ކެމެރާތައްނެތީތޯ މިއީއުފެދޭސުވާލެއް ކޮންމެއިންސާނަކުވެސް ގާނޫނުގެކުރިމަތީގައި ހަމަހަމަ މަހުޝަރުދުވަހުންވެސް ﷲ ތައާލާބައްލަވާވޮޑިގެންވަނީ އެމީހެގެ ޢަމަލުތަކަށް މަގާމާ،ޖާހާބޮޑުކަމަކަށްނޫން