ނިރުބަވެރި ޢަމަލެއް ކުރުމާއި، ނުވަތަ ކުރަން އުޅުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި، އެއްވެސް ސިފައެއްގައި އެފަދަ ޢަމަލެއްގައި ބައިވެރިވުން ނުވަތަ ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުންވިޔަސް އެފަދަ ކަމަކަށް ހިއްވަރުދިނުން ފަދަ ޤާނޫނުގައި ބަޔާންކުރާ އެއްވެސް ޢަމަލެއް ސިވިލް ސަރވިސްގެ މުވައްޒަފަކު ކޮށްފިނަމަ ފިޔަވަޅު އަޅާނެކަން ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ އެކިއެކި މީޑިއާގެ ވަޞީލަތްތަކާއި އެނޫން ވެސް ވަޞީލަތްތައް މުވައްޒަފުން ބޭނުން ކުރުމުގަ އާއި މުޖުތަމަޢުގައި އުޅޭ އުޅުމުގައި، އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ނިރުބަވެރި ޢަމަލުތަކަށް ހިއްވަރުދިނުމާއި، އެފަދަ ޢަމަލުތަކަށް ހިއްވަރު ދިނުމުގެ ގޮތުން ބޭނުންކުރެވޭ ފަދަ ބަސްތައް ބޭނުންކުރުމާއި، އެފަދަ ފޮޓޯ އަދި ވީޑިއޯތައް އާންމުކުރުމާއި، ނިރުބަވެރި ޖަމާޢަތްތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ އެއްވެސް އަމަލެއް ސިވިލް ސަރވިސްގެ މުވައްޒަފުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

“މި ސަރކިއުލާއަށް ސިވިލް ސަރވިސްގެ މުވައްޒަފުން ޢަމަލުކުރުމަށާއި، އަދި މި ސަރކިއުލަރއާ ޚިލާފުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާ މެދު ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލަ ބަލައި އިދާރީ ފިޔަވަޅު އެޅޭނެކަމުގައި ދެންނެވީމެވެ” ސަރކިއުލާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ރަެްޔިތުންނަށް ބިރުދެންކުން ނޫން ކަމެއް މިސަރުކާރަށް ކުރެވޭތަ؟ ފިޔަވަޅު އަޅާ ވަޒަިފާއިން ވަކިކޮށް ޖަލަށްލާ ގަންހިންގާނަށް. މިފަދަ ވާހަކަ އަބަދު ގޮވާނީ.

  15
  1
 2. ތުރާ

  ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން، ލާދީނީ ހައްދުފަހަނަ އަޅާފައިވާ މީހުން އަދި ސިޔާސީ މީހުންވެސް ޤައުމުގެ އަމަންއަމާންކަން ނަގާލަން މަސައްކަތްކުރާނަމަ ނިރުބަވެރިން ކަމުގައި ވާނެތޯ؟ ނޫނީ ސުންނަތަށް އުޅޭ މީހުންނަށް ބޭނުންކުރަން ހެދި ޓެގް އެއްތޯ ތިއީ؟
  #ޒީރޯ ޓޮލަރެންސް#ވަރަށް ސަލާމް

 3. ޜަމީ

  ތާހިރެެއްނު. ނުތާހިރު އެޖެންޑާ19. ޢަހަރެ މެންގެ ރައްޔިތުން ގެ ލާރިތައް ބަނޑު އަޅާލައިގެން 2އަހަރު ގަންނަ ގަނޑެއް ގަންނަންވީ. ޥަޒީފާ އަކީ ﷲދެއްވާ ރަޙުމަތެއް. ޙުރިހާ ނުބައެއް ހަދާގެން ނުތާހިރު ދިރިއުޅުމކަށް ދިވެހި ރައްޔިތުން ގަންބާލައިގެން އެއް މޮޅެއްވެސް ނުވާނެ.
  ޢެ މްޑީޕީ ވެރިކަ މަށް އަންނަން ސިވލް މީހުން ސަރުކާރާ ދެކޮޅަށް ބުއްލަޅޭ އަޑީގަ ސޯލިޙުއާ ދެ މީހުން ކުރި ކަންތައް ހަނދާން ކޮށްލާ ފުރަތަ މަ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާތިޔަކަ މަކަށް ސިވިލް މީހުންވެ ސް. ސަޕޯޓެއްނުދޭ

 4. Anonymous

  އެ މްޑީޕީ އަކީ ނިރުބަވެރިކަ މާ ރައްޓެހިބައެއް..ފެބުރުއަރީގައި ހުޅުޖެހީ ކޮންބައެއް..

  9
  1
 5. ޒާ

  މުވައްޒަފުންނަށް ކޮށްދޭ ހެޔޮ އެއްކަމެއްވެސް ނެތްއިރު ބިރުދަންކަންފެށިތަ؟ ކަލޭމެން ބޮޑު މުސާރަކައިގެން ބޮޑު ގޮނޑީގާ ތިބޭ. ނުސިހޭނެ

 6. ޑައެލޯގް

  ހޫން ސަރުކާރުގެ މުވައްޒިފުންނާއި ތުނބުޅިއެއްލީމީހަކާއި ބަރާބަރަށް މިސްކިތަށްދާމީހުންނަށް ފިޔަވަޅުއަޅާފަ ބަހައްޓާތިއެވެ. އެކަމު އެމްޑީއެންއާއި އުތެމައާއި ވެލިޒިނީއާއި ދެންހުރި މުރުތަދުންތަށް ދޫކޮށްފަބަހައްޓާތިއެވެ.

  10
 7. ދުންމާރި

  ދެން ކޮންވާހަކައެއް މިޔެއްނު ކަލޭމެން ނުލިބިގެންއުޅުނު މިނިވަންކަމަކީ މިލިބުނީނު ދެން ބާރައް އަތްޖަހަންތިބެ

 8. ގަލަން ތުނޑު

  ބިރުދެއްކުމަކީ ކޮންކަހަލަ ކުށެއްތޯ؟ މިކަންބަލާނީ ކޮން އިދާރާއަކުން؟އަދި ކޮމިޝަނާމެދު ފިޔަވަޅު އަޅާނީ ކޮން ފަރާތަކުން؟