އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުގެ މެސެޖްތަކެއް ކަމަށް ބުނެ ސްކްރީން ޝޮޓްތަކެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މީސް މީޑިއާގައި މިހާރު ލީކު ވަމުންދާ މެސެޖްކަތަކަށް ބަލާއިރު، އެމްޑީޕީގެ މެންބަރުން ވޯޓް ދެއްވާނެ ގޮތެއް އަދީބުގެ ނަމުގައިވާ ޓެކްސްޓްއިން އާޒިމްގެ ނަމުގައި އިންނަ މީހަކަށް ފޮނުވައި އަންގައެވެ.
އަދި ހެންވޭރު ދެކުނު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާ ވާހަކަ ދެއްކެވިންތޯ އެއިން އެއް މެސެޖެއްގައި އަދީބު ނަމުގައިވާ ނަންބަރުން އައްސަވައެވެ. އެ ސުވާލުގެ ޖަވާބުގައި އާޒިމްގެ ނަމުގައިވާ ނަންބަރުން ބުނަނީ އޭނާއާ އަދި މުއާމަލާތް ނުކުރާ ކަމަށެވެ.
ދެން އަދީބު ނަމުގައިވާ ނަންބަރުން ފޮނުވާފައިވަނީ ޓެކްސްޓްގައި ވަނީ އެ ކަން ބަލަން ބޭނުންވާ ކަމަށާއި މިހާރު ފެންނަ ފެނުމުގައި ކޮމަންޑޫ ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)، އެ މީހުން ބޭނުންވާ ގޮތަކަށް ވޯޓެއް ނުދޭނެއެވެ. ދެން އާޒިމް ނަމުގައިވާ ނަންބަރުން ފޮނުވި މެސެޖްގައި ވަނީ އެހެންވެއްޖެ ނަމަ ރުކުމާއާއި ނާޝިދާ ވެސް އެބަ މުއާމަލާތް ކުރަން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން އާޒިމް ވިދާޅުވެފައިވަނީ ދައުރުވަމުން ދަނީ ފޭކް ސްކްރީން ޝޮޓްތަކެއް ކަމަށެވެ. އަދި އެ ގޮތަށް މެސެޖް ކޮންވަޒޭޝަނެއްގެ ސްކްރީން ޝޮޓްތަކެއް ކޮންމެ މީހަަކަށް ވެސް ހެދޭނެ ކަމަށާއި އެއީ އެއްވެސް ސައްހަ ކަމެއް ނެތް ފޮޓޯއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑާއި އަދީބަކާ ދުވަހަކު ވެސް ނޯންނާނެ މެސެޖަކުން ވާހަކަ ދައްކާފައެއް، އެހެންވީމަ ހުސް ފޭކް އެއީ،" އާޒިމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތުހުމަތު ކުރެވޭ 281 މީހުންގެ ނަން އޮތް ލިސްޓު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ކޮމިޝަނުން ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ލިސްޓުގައި އާޒިމްގެ ނަން އެބަ އޮތް ކަން ޔަގީންވެފައިވެއެވެ. އެކަމަކު ޚިޔާނާތުގައި ބައިވެރިވީ ކަމަށް އާޒިމް އިންކާރު ކުރައްވައެވެ. އަދި ޚިޔާނާތުގައި ޝާމިލްނުވާ ބައެއްގެ ނަން ލިސްޓުގައި ހިމަނަން ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.
މި ލިސްޓުގައި އާޒިމްގެ ނަން އޮތުމުން އޭނާ ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު ދިރާސާ ކުރަމުންދާ ކޮމިޓީއިން ވެސް ދުރުވެވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީއިން އޭނާ ދުރުވެވަޑައިގަތީ ޚިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާ ކަމުގެ ޔަޤީން ކަން އެރުވުމަށް ކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ.
ތިޔަ ފޮޓޯތައް ދިރާސާކޮއްލަދީފާނަން. އޭރުން އެނގޭނެ ފޭކް ފޮޓޯއެއްވިއްޔާ
ސާބަހޭ- ސާބަސް ތިހެރަ އަހަރެމެންނަށް ހުރިހާ ކަމެއް ހާމަވަނީ
މޮޅުވެފަ ތިމަން ތިޔަކަމެއް ނުުކުރަމާ ބުނެ އޮޅުވާލާ ކޮންމެ ފަހަރަކު އެއީ ދޮގެއްކަން ހާމަވުމުން ވެސް އެއްބަސްނުވާނެ. މި ބޭފުޅާގެވަގުތުވެސް މިއޮތް ޖެހެނީ. ވަގަކަށް ހާސްދުވަސް، ވެރިއަކަށް އެއްދުވަސް. ވައްސަލާމް!
އީވާ އަށް ކިހާ ވަރެއް ލިބުނުބާ
މިވީގޮތުން އެމް.އެމް.ޕީ.އާރް.ސީގެ ދިފާއީވަކީލަށް ޕީޖީ ކަން ލިބުނުގޮތާމެދުވެސް ސުވާލު އުފެދޭ.
އޭނާ ފޮޑި ޖަހާފައި، އަހަރެން ފޮޑިއެއް ނުޖަހަން ތިޔައީ ހީވާ ގޮތެއް، ޖެހިގެން ހުރި މީހާ؛ ވަސް ވެސްދުވާ ތިޔަ ދިމާލުން ފޮޑިޖެހި އަޑުވެސް އިވުނު. އޭނާ؛ ތިޔައީ ދޮގެއް، އެ ފޮޑި ޖެހީ ކަލޭ
ފޭކްނަމަ ކީއްވެބާ ފަޔަށް ހިނިއަރައިގެން ތެޅިފޮޅެނީ؟ ކީއްވެތޯ އޭސީސީވެސް ކުއްވެރި ކުރެއްވީ. ނުވާކަމެއްނަމަ ހާސްވުމުގެބޭނުމެއް ނެތެއް ނުން.
ރާއީސް ސޯލިހްގެ ނަން ލިސްޓްގަނެތީ ކީތްވެގެންބާ؟
އުނިކުރީމަ
އަދިވެސް މި ކަހަލަ މީހުންނަށް "ބޭފުޅު" ތޯ ކިޔަންވީ؟ ކޮބައިތޯ ދެއަކުރުގެ ލަފުޒު.. ވ.ގ.
މި އަކުރުަގައި ފިލިޖަހަން އެގޭ ކުދީން ރަގަޅަށް މި ފަދަ މީހުންނަށް ލަގަބު ދޭނެ.. އަޅުގަނޑަކަށް ނޭގޭ..
ހަމަ ގައިމުވެސް އިއްޒަތް ތެރި.. ބޭފުޅު.. މިހިރަ މިހިރަ ނަންތަކެއް މި ބައިގަނޑަށް ކުފޫހަމަ ނުވޭ ކަން މާރޯދުވާލު މިދަނީ ހާމަވަމުން ފަޅާއަރަމުން..
އަދިވެސް މިމީހުންގެ ފަހަތުގައި އެލިގަނެގެން އުޅޭ ގައުމިއްޔަތެއް ނެތް މީހުން އުޅޭނެ.. އެއީ ހަމ އެއައިނުގެ އަހުލުވެރިންކަން ކަށަވަރު..
ރައްޔަތުން ގޮތްނިންމާނެ.. އެމީހުންނާއި ހަމަޔަށް އައިދުވަހަކުން.. ނިކަން ހުރެދެކޭނެ އެދުވަސް އިންޝާﷲ..
15 މިލިއަން ޑޮލަރު ވެރިކަ މައް އައްނަންވެގެން ނެގިކަ މައް ދެކެވޭ ވާހަކަތަކުގެ ޙަގީގަތަކީ ކޮބާތޯ؟ ޢެ މް.ޑީ.ޕީގެ ލީޑަރުން މިކަ މުގަ ސާ މިލް ވާކަން ޔަގިން ޑޮލަރު މާރުކުރި މީހުންވެސް
ބަލަގަ ގަމާ ރާ ނުކުރަންޔާ ނަން އޮންނާނެތަ
ސާބަހޭ މީހުން ބުނާގޮތުން އަދި މަވެސް ހީކުރީ މީނާ ނުލަފާވެގެން އެކަނި ރާކަައްބޮނީ މިހާރު އިނގޭ މީނާ މީ ވަގުންގެ ލިސްޓުގަވެސް ކުރީގަ އުޅޭ އިއްޒަތްތެރިއެއްކަން ބޮޑުވަގެއްގެ ލަގަބުވެސް ހޯދީ އަޅެ ހެންވޭރު މެދުދާއިރާ ބޭފުޅުން އެހާނުލަފާ މީހަކައް ވޯޓުދެނީ ކީއްވެބާ، ހެޔޮނުވާނެ ފައިސާގެ ބޭނު މުގަ ކޮންމެކޮންމެ މީހަކަށް ވޯޓު ނުދެއްވާ..
އެއީ ފޭކު.
ކަލެއަކީ ފޭކެކޭ. އެހެންވީމަ ކަލެއާ ގުޅޭ ހުރިހާ ކަމެއް ފޭކުވާނެ. ކަލޭ ދައްކާ ވާހަކަވެސް ފޭކު. ބޮޑު ވަގާ!
ތިޔަފަދަ ސީރިޔަސް މައްސަލައެއްގައި މަޤާމުގެ ޙައިސިއްޔަތު ގެއްލޭކަމެއްގައި ލިސްޓުން ނަންފުޅު މުޅިން ފުހެލުމަށް އެދިވަޑައިގަތުން ވާހުށީ ހަމަކަށަވަރުން ނުޞައްޙަ ނުރަނގަޅު ޢަމަލަކަށެވެ. ކުރެވޭ ތުހުމަތު އިތުރުވެގެންދާ ކަމަކަށެވެ. އެކަމަކު، ނަންލިސްޓް ޗެކުކޮށް ދެއްވުމަށާއި، ލިސްޓުގައި ނަންފުޅުތައް ހިމެނުމުގައި ބަލާފައިވާ އަސާސީ ސިފަތައް އަންގައި ދެއްވުމަށާއި، ލިސްޓް އަލުން އެކުލަވައި ލުމަށް ބާރުއެޅުއްވިނަމަ، ޕާޓީގައި ނުފޫޒުގަދަ ބޭފުޅުންނަށް ޕާޓީގެ ކުޑައިގެ ދަށުގައި ފަހަރެއްގައި ކަމެއް ކުރެވިދާނެއެވެ. ނަމަވެސް، ތުހުމަތުން ބަރީއަވެވޭނީ ތުހުމަތުގެ މައްޗަށް ފެށުނީއްސުރެ ނިޔަލަށް ޤާނޫނުގައިވާ ގޮތުގެމަތިން ބަލައި ތުހުމަތުގެ މައްޗަށް ވާހަކަދައްކައި ތުހުމަތުގެ މައްޗަށް ވަކާލުކޮށް ޝަރީޢަތުގައިވާ ޞައްޙަމަގުން އަދި ޤާނޫނުގައިވާ ދިގު ރާސްތާގެ ތެރެއިން ފަސްބައިގާ ހުރިނަމަ ހުރިއެއްޗެއް މުޅިން ފިލުވައި ލެވިގެންނެވެ.
ނަން ނޯންނާނެކަމަށް ބުނި ވާހަކަ ވެސް ފޭކް