މިއަދު ރާއްޖެއިން 1800 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މިރޭ 7:00 އާ ހަމައަށް ވަނީ 1800 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެވެ.

އަދިވެސް މިއަދު ފައްސިވި އަދަދުތައް އެންޓާ ކުރަމުންދާތީ މި އަދަދު ވަރަށް ބޮޑަށް އިތުރުވުމުގެ ފުުރުސަތު އެބަ އޮތެވެ.

އެނގިފައިވާގޮތުން މިރޭ 8:00 އާ ހަމައަށް އެކަނި ފްލޫ ކްލިނިކްތަކަށް ދެއްކި މީހުންގެ ތެރެއިން 1500 އަށްވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ދަނީ ފެތުރެމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުންދާވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ދެ ދުވަހު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތައް 1000 އިން މަތީގައި އުޅުނުއިރު، އޭގެ ތެރެއިން މާލެ ސަރަހައްދުން ފައްސިވި އަދަދުތައް އުޅެނީ 900 އިން މަތީގައެވެ.

މިފަހަަަކަށް އައިސް ރާއްޖެއިން ކޮންމެ ދުވަހަކުވެސް ދަނީ ކޮވިޑަށް ފައްސިވާ އަދަދުތަކުގެ ރެކޯޑް ހަދަމުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައިތިބި 10376 މީހަކު އެބަތިއްބެވެ. އަދި ރާއްޖެއިން ކޮވިޑަަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 37019 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ފެތެރުމުންދާތީ މިހާރު ހަރުކަށި ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރެފްރީ

    ތިވާނީ މިދިޔައަހަރުގެނަތީޖާތަކެއް އޮޅިގެންހިމަނާލެވުނީކަމަށް .. އަލިފު ހާ

    27
    6
  2. ލަތީފު

    ފުލް ލޮކްޑައުނަކުން ނޫންގޮތަކަށް މިކަން ހައްލެއް ނުވާނެއޭ ހުރިހާ ޑޮކްޓަރުން އެހެރަ ގޮވާ ނަގަނީ

    44
    7
  3. ާައަހުމަދު

    ކޮން ވަގުތަކުބާ މިހުރިހާ ސާމްޕަލް ނަގަނީ؟

    34
    5
    • ޛނ

      ދުވަހުގ 24 ގަޑިއިރު

  4. މަރީ

    ސަރުކާރުގެ ފަރުވާކުޑަކަމުން، ކަންތައްތަކަށް މާބޮޑަށް މާ އަވަހަށް ދޫދެވުނީމަ ވީ ގޮތް މީ. ދެން ކީއްކުރާނީ. މާތްﷲ އަށް ވަކީލުކޮށްގެން ތިބޭނީ. މާތް ﷲގެ އިރާދަފުޅާއެކު ރާއްޖެއިން މި ނުރައްކާތެރި ބަލި ފިލުއްވާފާނދޭވެ.

    9
    1
  5. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    އެޗްޕީއޭއިން ދޮގުހެދުން ހުއްޓުނު ދުވަހަކުންނޫނީ ކޮވިޑުން އަރައެއް ނުގަނެވޭނެ. ވޭތުވެދިޔަ 24ގަޑިއިރުތެރޭ 1800 ޕޮޒިޓިވް ސާމްޕަލްގެ ނަތީޖާ ލިބޭނީ އެއަށްވުރެ ގިނަ ސާމްޕަލް ޓެސްޓް ކުރެވިގެން. 24ގަޑިއިރުތެރޭގައި 1800ސާމްޕަލް ނަގައި އެސާމްޕަލްތައް ޓެސްޓު ކުރުމުގެ ގާބިލްކަމެއް އެޗްޕީއޭއަކު އަދި ރާއްޖެއަކުވެސްނެތް. މިހާރު ނަތީޖާ މިއިއުލާންކުރަނީ ކުރިން ނަގާފާ ޓެސްޓު ނުކުރެވި ހުރި އެތައްހާސް ސާމްޕަލެއް އެއްކޮށްލައިގެން. ދުވަހުން ދުވަހަށްނަގާ ސާމްޕަލް ޓެސްޓްކޮށްގެނެއްނޫން.

    8
    2
  6. ޖަމަލު ފޮޑި

    މި ބަލި ފަތުރާލުމަކީ މިސަރުކާރުގެ ވަޢްދެއް...

    4
    1
  7. ޢަލިބެ

    ނަގާ ހުރިހާ ސާންޕަލް ޕޮޒިޓިވްކަމަށް ހަދަންވީނު. ތިހަދާ ޕީސީއާރ ޓެސްޓްހަދަނީ އަނެއްކާ ރަނގަޅަށްބާ؟

    5
    2
  8. އިޒްރާ

    މުޅި ރައްޖެއަށް އިންޑިއާ މުންޑުބުރިލާ ބަބުރުވަސްދުވާ ޓޫރިސްޓުންގެނެސް ބަލި ފަތުރާލަފައި ފެސިލިޓީތައް ނެތް ގައު މެއްކަން އެނގިހުރެ މި ޖަރިމާ ގަސްދުގައި ހިންގައި ރައްޔިތުން ނުރައްކަލަށް ހުށައެޅުވި ވެރިން ނަށް ޖިނާއީ ދައުވާކުރަންޖެހޭ!!

  9. ....އެހެ

    މިރާއްޖޭގައި ތިހާ ސާމްޕަލް ނަގާ ޓެސްޓް ކުރެވޭނެހާ ކެޕޭސިޓީ ހުރިކަމަށް މީގެ ކުރިން އެނގިފައެއްނުވޭ...ގަބޫލު ކުރަން ދަތި...

    5
    2
    • ހިލޭ

      ހަތަރުދުވަހުން ނަތީޖާ ލިބޭތަނެެއްމީ... ދެން ހަފުތާއެއްގެ އެއްޗެހި އެއްކޮށް އިއުލާން މިކުރަނީ. އެޗްޕީއޭ އިސްތިއުފާ

  10. ޔޫސޭ

    Covid ge adhadhuthah (HEELATHEH hadhaigen)
    inthihaa ah boduvanee kamah bune maaley miskih thakuge jamaa'ai huttaalumakee gaboolu kureveyne kameh noon.