މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ރާއްޖެ އިން ނިންމައިފިއެވެ.

ޝައްވާލު މަހުގެ ހަނދާއި ގުޅޭ ގޮތުން ރާއްޖެ އިން ނިންމި ގޮތް އިއުލާން ކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު އިއްވެވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް މިއަދު އިރުއޮއްސުނު ފަހުން ހަނދު ފެނިފައި ނުވާތީ އާއި އަދި އިތުރުބާރުކުރެވޭ ފަލަކީ ހިސާބަށް ބަލާއިރު ވެސް މިއަދު އިރުއޮއްސޭ ފަހުން ރާއްޖެއަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ހަނދުން ފެންނާނެ ކަމަކަށް ނުދައްކާތީ ރަމަޟާން މަހުގެ 30 ދުވަސް ހަމަކޮށް ޝައްވާލު މަހުގެ 01 ވަނަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

ފިތުރު ޢީދު ދުވަސް ބުރާސްފަތި ދުވަހު ފަށާއިރު ރާއްޖެ އަށް ވަނީ ކޮވިޑްގެ ހަތަރުވަނަ ރާޅެއް ކުރިމަތިވެފައެވެ. ކޮވިޑްގެ ހާލަތު ގޯސްވެ މާދަމާ އިން ފެށިގެން ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އަށް މާލޭގައި ކާފިއު ހިންގަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯޑް

    ބުރާސްފަތި ދުވަހަކީ އީދު ދުވަސް

  2. ނަމްސާ

    އީދު ނަމާދު ކުރެވޭތަ؟؟

    5
    1
  3. ރޮވޭ

    ޢީދު އައީ ފުރަބަންދަކުން...ހިތްތަކުގާ މޮޅިސާލު ލަމުން..
    ~ޢީދު މުބާރަކް~

    9
    1
  4. ކޮވިޑު

    އީދު ނަ މާދު ކޮށްލާ ދެން ގޭގަ މިބުރު ހުރިހާ އެން މެން. ލޮލް ދެތިކިޕީ

    1
    5
  5. ވަސް

    ހަނދުބަލަން މީހަކު ނިކުތްތަ.