ނ. މާޅެންދޫ- ވަގުތު އިމޭޖަސް: އަޝްހާދް އަބްދުﷲ

ނ.މާޅެންދޫގައި އިއްޔެ 11 އަހަރުގެ ކުއްޖަކު "ދަންޖެހިގެން" މަރުވީ ބޫޓުގެ ނާޑުވާ ބޭނުން ކޮށްގެން ކަމަށް "ވަގުތަށް" މައުލޫމާތު ލިބިއްޖެއެވެ.

ADS BY SHEESHA

މާޅެންދޫ އިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ގްރޭޑް ހައެއްގައި ކިޔަވަމުން ދިޔަ އެކުއްޖާ މަރުވެފައި ހުއްޓާ ފެނުނުއިރު ހުރީ ކޮޓަރީގެ ދޮރުގެ ތަޅުގައި ނާޑުވާ އައްސައިގެން "ދަންޖެހިފައި" ކަމަށެވެ. ދޮރުގެ ތަޅުގައި ނާޑުވާ އައްސާފައި ވަނީ ދެނާޑުވާ ގުޅުވުމަށް ފަހުއެވެ.

މައުލޫމާތު ދިން މިހާ ބުނީ ކުއްޖާގެ އިސްކޮޅަށް ބަލާއިރު ދޮރުގެ ތަޅު ހުރީ ކުއްޖާގެ މެއާއި ހަމައިގައި ކަމަށެވެ. ކުއްޖާ "ދަންޖެހިފައި" ހުރީ ސީދަލަކަށް ނޫނެވެ.

އެކުއްޖާގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނައީ އެއުމުރުގެ ކުއްޖަކު ދަންޖެހިގެން މަރުވެދާނެ ކަމަށް ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނަށް ގަބޫލު ނުކުރެވޭތީ އިތުރަށް ތަޙްޤީޤު ކުރަން ބޭނުންވެގެންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކުއްޖާ "ދަންޖެހިފައި" ހުއްޓާ ފެނުނީ ކުއްޖާގެ މަންމައަށެވެ. ނަމަވެސް ކުއްޖާގެ މަންމަގެ މައްޗަށް މިމައްސަލައިގައި އެއްވެސް ވަރަކަށް ތުހުމަތެއް ނުކުރެވެއެވެ.

ކުއްޖާ ދިރިއުޅުނު ގޭގެ އަވައްޓެރިން ބުނާ ގޮތުން މަރުވި ކުއްޖާގެ އާއިލާ އަކީ އެހެން މީހުންނާއި ގުޅިގެން އުޅޭ އާއިލާއެކެވެ. ކުއްޖާގެ މަންމަ ވެސް ކުދިންނަށް އަނިޔާ ކުރި މަންޒަރު ދުވަހަކު ވެސް ފެނިފައި ނުވާކަމަށް އަވައްޓެރިން މައުލޫމާތު ދެއެވެ.

ޖެންޑާ މިނިސްޓްރީ އިން ވެސް ވަނީ މަރުވި ކުއްޖާގެ އެއްވެސް މައްސަލައެއް މީގެ ކުރިން ރިޕޯޓް ކޮށްފައި ނުވާ ކަމަށް އިއްޔެ ވިދާޅުވެފައެވެ.

ADS BY SHEESHA

ކުއްޖާގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފައި ވާއިރު ކުއްޖާ މަރުވީ އަމިއްލަ އަށްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް ބޭނުންވާ ޓެސްޓްތައް މާލޭގައި ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. ކުއްޖާގެ ހަށިގަނޑު މާލެ ގެނައިކަން ކަށަވަރު ކޮށްދިނުން ފިޔަވައި މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

12 ކޮމެންޓް

  1. ގަސްކަރަމަތިން

    އަންނި ވެރިކަމުގެ ދުވަސްވަރު ފެލިަވަރުގައި " ނޯތް ޕްރޮވިންސްގެ އެޑިޔުކާޝަން ޔުނިޓް"ކިޔާ ޔުނިޓެއް ހިންގި. އެ ދުވަސްވަރު އެތާނގައި ވެރިކަންކުރީ ނ.އަތޮޅު ބައިގަނޑެއް. މި ގުރޫޕު އަނބުރާ އެމީހެއްގެ ރަށަށް ފޮނުވާލުމުން އިތުރަށް އެރަށްރަށުގެ ތަޢުލީމާއި ތަރުބަވީ ނިޒާމުވީ ހަލާކޭ ބުނާ އަޑު އިވޭ. އެ ގުރޫޕުގައި މާޅެންދޫ ސްކޫލު މީހަކު ވެސް ހުއްޓޯ!

  2. ދަންޖެހުނު ގޮއި

    އޭ ކޮބާ ދަންޖެހުނު ގޮއި؟؟؟؟ އައި ނީޑް ޕިކްޗާރސް

  3. ބުލީކުރުމާއި ކުދިންނަށް ސްކޫލްތެރޭން ފުރައްސާރަ ކުރިމަތިކުރާ ކުދިންނަށް އަދަބު ނުދެވި މިކަން ހައްލެއްނުކުރެވޭނެ

  4. ވަގުތާ...ކަލޭ މޮޔަވެގެންތެ ތިޔައުޅެނީ؟ ފުލުހުންނާއި ޖެންޑާއިން އެެއްވެސް ކަމެއް ހާމަނުކުރަނިސް ކަލޭ ތި އެއްޗެއް ޤަބޫލު ކުރަނީދޯ ހަމަ މީހަކު ބުނެލާއިރަށް؟ ދެން ތަންކޮޅެއް ހަމަޖެހޭ، ގަބޫލު ކުރެވޭ ވާހަކައެއް ދެއްކިނަމަވެސް ރަނގަޅެންނު...ކަލޭމެންގެ ކަމަކީ ފިތުނަ ފަސާދަ އުފެއްދުން

  5. Check with his class mates if these is any student or a group who bully or make fun of him that might make him do such a thing, but it's very unlikely for such a thing to be happened at this age, next thing is to check if he watches Hindi movies and if he is familiar with such scenes, it could be a possible cause that he might have tried to experiment.

  6. ބޫޓްގައި ނާޑުވާ އަކީވެސް މުސްތަޤްބަލުގައި ނުރައްކާތެރި އެއްޗަކަށް ވީތާ..

  7. 13 ރީޒަން ވައި؟

  8. ނުކުރާނަން ގަބޫލެއް ދޮރުގެތަޅު ކުއްޖާގެ މެޔާހިސާބުގަ ހުރެގެންނެއް ކުއްޖާޔަށް ދަންޖެހެވޭނެ ކަމަކަށް އަދި ބޫޓް ނާޑުވާބޭނުންކޮއްގެންވެސް ދަމެއް ނުޖެހެވޭނެ ތީގަބޫލު ކުރެވޭނެކަމެއްނޫން އަދި ބަލައި ގަނެވޭނެ ކަމެއްވެސްނޫން ތިމައްސަލަ ފުރިހަމަޔަށް ތަހުގީގު ކުރަންޖެހޭނެ.

  9. ބޫޓުގެ ނާޑުވާ ބޭ ނުންކޮއްގެ ކުއްޖަކައް މަރެއް ނުވެވޭނެ ތީގަބޫލު ކުރެވޭ ވާހަކައެއް ނޫން

  10. ވަގުތަށް އިނގޭނީ އެންމެ މޮޅަށް

  11. ވެދާނެނު ނާޑުވާ އެކީ ކުޅެން އުޅެނިކޮށް. ކަރުގަ ވާގަނޑު އެޅުނީ ކަމަށް. ދެން އެކުއްޖާއަށް ނުނެއްޓި ވާންވީ ކަމަށްވެސް. ދަންޖެހެން އުޅުނީ ނޫން ކަމަށްވެސް

  12. ދޮރުގެ ތަޅުގަ ދަންޖެހެވޭތަ؟ އަނެއްކާ ތިވެދާނެ މޮޅުކަމެއް ކުރަން އުޅެނިކޮށް ދަންޖެހެވުނީ ކަމަށް. އެ އުމުރުގެ ކުދިން އުޅޭނެ އެހެން