ޅ. ނައިފަރުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން އެ ރަށު ހޮސްޕިޓަލްގައި ހުރި ކޮވިޑަށް ޓެސްޓް ކުރާ މެޝިން ހަފްތާއެއް ތެރޭގައި ބޭނުން ކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ވަގުތު" އަށް ވިދާޅުވީ މިދިޔަ އަހަރު ކޮވިޑަށް ޓެސްޓު ކުރެވޭ މެޝިން ގެނެސްފައިވީ ނަމަވެސް ބައެއް އެއްޗެހި ނެތުމުގެ ސަބަބުން އެ މެޝިން ހިދުމަތަށް ނުގެނެވި ގިނަ ދުވަސްތަކެއް ހޭދަވެގެން ދިޔަ ކަމަށެވެ.

ޖައުފަރު ވިދާޅުވި ގޮތުގައި އެ މެޝިން ހިދުމަތަށް ގެނައުމަށް ބޭނުންވާ ހުރިހާ އެއްޗެއް މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލަށް ލިބިފައިވެއެވެ. އަދި މާލޭގެ ބަޔޯ ޓެކްނިކަލް ޓީމުގެ އިރުޝާދުގެ މަތިން ނައިފަރު ހޮސްޕިިޓަލްގައި މަސައްކަތް ކުރާ ދެ ޓެކްނިޝަނުން އެ މެޝިން ހިދުމަތަށް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު، ޖައުފަރު އަބްދުﷲ

ޅ. އަތޮޅު ނައިފަރުގައި ކޮވިޑަށް ޓެސްޓް ކުރަން ހުރި މެޝިން ބ. އަތޮޅު އޭދަފުއްޓަށް ގެންގޮސްފައި ވަނީ މި ދިޔަ އަހަރުގެ ތެރޭގައެވެ. މިކަމާ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖްކޮށްފައިވެއެވެ. އަދި އެއީ ނައިފަރު ރައްޔިތުންނަށް ދޭ ނިކަމެތި ކަމެއްގެ ގޮތުގައި ސިފަކޮށް އެރަށް ތަމްސީލުކުރައްވާ މެމްބަރު އަހްމަދު ޝިޔާމްވެސް ވަނީ މަޖިލީހުގެ ތަޅަމުގައި ވާހަކަދައްކަވާފައެވެ. އެ މެޝިނަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޑަބްލިއުއެޗްއޯއިން ނައިފަރަށް ހަދިޔާ ކޮށްފައިވާ މެޝިނެކެވެ.

ޅ. އަތޮޅަކީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނަ ފެނުނު އަތޮޅެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުން ފައްސިވި ދެ ފަތުރުވެރިންނެވެ. އެ އިހާ އިތުރަށް ބޮޑުވެ، ރިސޯޓްގެ އިތުރު މުވައްޒަފުންތަކެއް ފައްސިވެފައިވެއެވެ.

ނައިފަރު ފުރަބަންދުކޮށްފައި ވަނީ ފެލިވަރުގެ މުވައްޒަފުންތަކެއް ކޮވިޑަށް ފައްސިވުމާ އެކުއެވެ. އެ އިހާގައި ނައިފަރުގެ ގިނަ އަދަދެއްގެ މީހުން ހިމެނި، ރަށު ތެރޭގައި ވަނީ ބޮޑު ބަލިމަޑުކަމެއް ފެތުރިފައެވެ.

ނައިފަރު ފުރަބަންދުކޮށްފައި އޮންނަތާ ދެ މަސް ދުވަސް ވާން ކައިރިވެފައިވާ އިރު، މިހާތަނަށް ޖުމްލަ 769 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. މި ބަލި ޖެހިގެން އެ ރަށުން ހަތަރު މީހަކު ނިޔާވި އިރު ދެ މީހެއް ކޮވިޑަށް ފައްސިވި ކަން އެނގުނީ ނިޔާވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަސަނާ

    ވާނީވެސްމިހެންނޫންތޯއެވެ.ސިއްހީހިދުމަތްދޭތަންތަނައްވެސް ތަނެއްދޮރެއްނުދަންނަ އެތައްބަޔަކު ސިޔާސީބާރުވެރިކަމުގަ އައްޔަންކޮއް ސިއްހީމީހުނައްއެމީހުން ޕާޓީލައިނުން އަމުރުތައްކުރަންބިރުދައްކަމުންް ގޮސް މުޅިސިއްހީ ނިޒާމު ވަނީފެއިލްވެފައެވެ.ކޮންމެ އަކަސް މިސަރުކާރަކައް ކޮވިޑުގެ މިބަލިމަދުކަމުން ދިވެހިރައްޔިތުންސަލާމަތެއް ނުކުރެވުނެވެ.އެހީތައްލިބި އެހީތައްތަޅާބުރުއްސާލީ ކައުންސިލް އިންތިހާބުގަ މެޖޯރެޓީ ހޯދާށރވެ.

  2. ބީތާ

    ޑަބުލިޔު އެޗްއޯއިން ނައިފަރަކަށް ނުދޭ މެސިނެއް

  3. ޙނނވރ

    ޞޯލިހު ވަރަށް ސާފު ޅ. ޢަތޮޅު ބަހުން މި ގޮވާލަނީ. ޥގުތުން ވަގުތަށް އިސްތިއުފާ ދީފަ ނަޝީދާ އެކު ދވެހިން ނަށް ނުފޮރުއްޕާން ނުކޮށް އިސްތިއުފާ ދީފަ ރައްކާވާށޭ

    1
    1
  4. ހުސޭނުބޭ

    އުނހު! މާއަވަސް! އަންނަ އަހަރު ރޯދައަށް ކުރަން މަޑުޖައްސާލަ!

  5. Anonymous

    ޖައުފަރު ހަދަނީ ހުސްދޮގު .މީނަ ވެކްސިންކޮޅުވެސް ކާރިރިސޯޓްތަކައް ވިއްކާކަމަށް ގިނަބަޔަކު ތުހުމަތު ކުރޭ.

  6. ނައިފަރު ކޮވިޑް

    ވެކްސިންކޮޅުވެސް ކާރި ރިސޯޓުތަކައް ވިއްކާކަމަށް ގިނަބަޔަކުދަނީ ތުހުމަތު ކުރަމުން.

  7. ޙހހހ

    އަދި ނުވޭ މާއަވަސް ، މިހިރީ ޒިންމާ އުފުލަންތިބޭ މީހުންގެ ވިސްނުންކޮށިކަން ، މިބަލި ރާއްޖޭގައި އުޅޭތާ ކިހާދުވަހެއްތޯވީ ، ތިކަން ކުރަން ޖެހޭ މާކުރިންވެސް ، ކަމެއް ދިމާވީމަކާނޫން ، މިބޭފުޅާ އުޅުއްވީ ކައުންސިލް އިންތިހާބުގައި ޕާޓީއަށް ގޮނޑިހޯދަދޭން ، އެކަމަކު ޗޮކުން ދިޔައީ

  8. ނައިފަރު މީހާ

    އަތޮޅު ހޮސްޕިޓަލްނު ކިޔާ ސިއްހީމަރު ކަޒު ހޮސްޕިޓަލަ ކައް
    ވުރެފެންވަރުދައް،،،،