އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހިންގާފައިވާ ބޮޑު ހިޔާނާތުގައި ތުުހުމަތުވާ މީހުންގެ ނަންތައް ހިމެނޭ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު، އެ ލިސްޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ނަން ހިމެނިފައިވާތީ އެ ލިސްޓުން ނަން އުނިކޮށްދޭން އޭނާ އެދިއްޖެއެވެ.

ހިޔާނާތުގެ ލިސްޓު މަޖިލީހަށް ފޮނުވިއިރު ލިސްޓްގައި ހިމެނޭ މީހުންގެ އަދަދު 281 އަށް އިތުރުވެފައިވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ބޭއްވި ބައްދަލުވުގައި ވަނީ ހާމަކޮށްފައެވެ. އެ ލިސްޓުގައި އާޒިމްގެ ނަން އޮތް ކަމަށް އޭނާ ވިދާޅުވެއެވެ.

އާޒިމްގެ ނަން އެ ލިސްޓުގައި އޮތުމާއި ގުޅިގެން، އޭނާ ވަނީ ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ރައީސް އަހްމަދު އަސްއަދަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި އާޒިމް ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓެއް މަޖިލީހަށް، ފޮނުއްވި އިރު އެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވާ ކަމަށް މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ.

އަދި އެ ލިސްޓުގައި އޭނާގެ ނަން އަސްއަދު ހިމެނުއްވީ، ފަހުން ލިސްޓަށް އިތުރު ކުރެވުނު ނަންތަކެއްގެ ތެރޭގައި، އެއްވެސް އަސާސެއް ނެތި، ތަހުގީގު ކުރުމެއްވެސް ނެތި ހަމައެކަނި ވަކި ފަރާތެއްގެ އިރުޝާދުގެ ދަށުން ކަމަށް އާޒިމްގެ އެ ސިޓީގައި ވެއެވެ.

ލިސްޓްގައި ނަން ހިމެނީ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކާއި، ފާޅުކުރާ ހިޔާލުތައް ބަލައި ނުގަނެވޭތީ ނަން ކިލަނބު ކޮށްލުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށްވެސް އެ ސިޓީގައި ވެއެވެ.

"އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެންވެސް ނުވަތަ އެހެންވެސް ނާޖާއިޒު މުޢާމަލާތަކާ ގުޅިގެން ކަމަށްވިޔަސް މިއަދާ ހަމައަށް އެއްވެސް ފަރާތަކުން އެއްވެސް ފައިސާއެއްވެސް ނޫންނަމަ އެހެންވެސް މަންފާއެއް ވެފައި ނޯންނާނެ ކަން ސާފު ދިވެހި ބަހުން ޔަގީންކޮށް އަރުވަމެވެ." އޭނާގެ ސިޓީގައި ވެއެވެ.

އަދި މިކަމާ ގުޅިގެން ހައިރާންވާ އެންމެ ބޮޑު ކަމަކީ ލިސްޓުގައި ނަން ހިމެނުއްވިއިރު މިއަދާ ހަމައަށްވެސް މި މައްސަލައިގައި އަސްއަދު އާއި އަދި ދައުލަތުގެ އެހެން މުއައްސަސާއަކުންވެސް ސުވާލެއްކޮށް ބަޔާނެއްހާ ހިސާބުވެސް ނަގާފައި ނުވުން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"މީހަކު ނުވަތަ ބަޔަކު ދޭ ބަޔާނަކަށް ނުވަތަ ފޮނުވާ ޓެކްސްޓް މެސެޖަކަށް ރިޢާޔަތްކޮށް ވަކިވަކި ފަރުދުންގެ އަބުރު ކަތިލާފަދަ ޢަމަލުތައް ހިންގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނޭ ކަންކަމެއް ނޫނެވެ." އޭނާގެ ސިޓީގައި ވެއެވެ،

އެހެންވެ އޭނާ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓް އިސްލާހުކޮށް އޭނާގެ ނަން އުނިކޮށްދިނުމަށް އެދިފައެވެ.

"ނޫންނަމަ، ރަނގަޅަށް ތަހުގީގުކުރެއްވުމަށް ފަހު ހެއްކާ ގަރީނާއާ އެކު ނަން ހިމަނަން ޖެހޭނަމަ ހިމެނުއްވުން އެދި ދެންނެވީމެވެ." އެ ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. މަމެން

    އެއްވެސް ލަދެއް ހަޔާތެއް ހުރީއްޔާ މަގާމުން އިސްތިއުފާ ދޭނީ، ކަލޭމެންނާ ހެދި މުޅިމި ގައުމު ފަސާދަވެ ހަލާކުވެ ނިމިއްޖެ.

    183
    1
  2. ދުންމާރި

    ތިޔަ ކިޔާނާތުގެ ލިސްޓުން ލާދީނީ އެމްޑީގެ ހުރިހާ ބޮޑުންގެ ނަން ފުހެވޭނެ ލިސްޓު ސިއްރުކުރަނީ ރައްޔިތުންނަށް ހަޤީޤަތް ވަންހަނާކޮށް އެމީހުން ބޭނުންވާ ބަޔަކު އެލިސްޓުން އުނިކޮށް މޮޑޭނެ ގޮތަކަށް މޮޑެންކުރާކަމެއް އެއީ ހީނުކުރޭ ދިވެހިންނަކީ ޤަމާރުކަމަށް

    144
    1
    • ރޯނު އެދުރު

      ގަމާރެއްނޫން. ސިޔާސީ މީހުން އެޅިހާބަތަކަށް ރިހަވެގެން އެމީހުނާވެގެން މަރުދެނީ. ތިމާގެ އަމިއްލަ ސިކުނޑި ގޭގަ އެއްފަރާތުގަ ބާއްވާފަ ސިޔާސީ ބޭފުލުންގެ ސިކުނޑި ބޭނުންމިކުރަނީ. ސިޔާސީ މީހުން ޖަހާހާ ބެރަކަށް ނަށަނީ. ދެން ގަމާރުންނަކީ ނޫނީ ގަމާރުވަނީ ކިހިނެއްވީމަތޯ.

  3. ޕެޑްމޭން

    އާޒިމުގެ ނަން އުނިކުރުމަށްފަހު ރައީސް ޔާމީނުގެ ނަން ހިމަނުއްވާށެވެ.
    މަވޯޓާގެ ނަން އުނިކުރުމަށްފަހު ރައީސް ޔާމީނުގެ ނަން ހިމަނުއްވާށެވެ.
    އިވާގެ ފިރިމީހާގެ ނަން އުނިކުރުމަށްފަހު ރައީސް ޔާމީނުގެ ނަން ހިމަނުއްވާށެވެ.
    ބާކީ ތިއްބެވި 238 މީހުންގެ ނަންވެސް އުނިކުރުމަށްފަހު ރައީސް ޔާމީނުގެ ނަން ހިމަނުއްވާށެވެ.

    157
    2
    • އަލްޖިބްރާ

      އިހްތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.

      ޚާދިމުކުމް
      ރީނދޫ ވަގު

      125
    • ކޮވިޑް

      ޕެޑޭ އަރީސް ޔާމީން އެ ގަޓްގަ އެ ސާބިތު ކަމުގާ އެ ހުންނަވަނީ ކަމެއް ވީމަ އެ އޭ ޕީޕީ އެމް އިން ބޭއްވި ހިމަރުވަދު ޖަލަސާ ގަ އެމަނިކުފާން ވިދާޅުވީ ގޮތަކަށް ނޫންތޯ މިއަދު މި މަކަން ހިގަމުން ދަނީ؟ ރައީސް ޔާމީން އަށް ސާބިތުކަން މިންވަރު ކޮށް ދެއްވާށި އާމީން،

  4. އަލީ

    ފަޅާ އަރަނީ.

    127
    1
  5. ގލ

    ބޮޑު ޚިޔާނާތުގައި ހި މެނޭ މޑޕ މީހުންގެ ނަން އުނިކުރަން
    ޖެހޭ ސަބަބެއް ނެތެވެ.

    136
  6. ކިނބޫ

    ހަހަހަކެކެކެ ވަގުކަލޭގެ ތެޅި ބާލަނީ!

    128
  7. އަފޭ

    ނަސީދު ބުނާހެން މިމމމމިމ މީހުން ވައްކަން ކޮއްފަ ފަޅާ އެރީ މަ ވައްކަ މުގެ މަތި އަޅަން ތެޅޭނެ ކަ މެއް ނެތް ދެން ރައްޔިތުންގެ މަޖިލީހުން ކަލޭގެ ނަން އުނިކޮއް ދޭން އެދުނިއްޔާ މާ ތާހިރު ވާނެ

    102
    2
  8. ޒާ

    ނަން އުނިކުރަން ބުނާ އިރު ކަލޭ ލަދުހަޔާތްކޮބާ؟ ނިކަން ނަން އުނިކޮށްބަލަ. ދެންވާއެތި އެނގޭނެ.

    82
    1
  9. ބިންގޯ

    ކަލޯ ދެން އަވަހަށް ފިލޭތޯބަލާ. ބަލިވެގެންނޭ ކިޔާފަ ސިންގަޕޫރަށް ފުރާ.

    85
    1
  10. ޢިއްތިހާދު

    މިހިޔާނަތުގެ ބައިވެރިންވަނީ މިކަމުން ސަލާމައްވުމައްރާއްޖެ އިންޑިއާގެ މުޝުތެރެއްލާފަ ރައްޔިތުންނައް ހުރިހާގޮތަކުންވެސް ގެއްލުންވީ ދެކޮޅުގަ ތިބެގެންވެސް ކުރީވައްކަން ވެރިކަން މަޖުލީސްދިނީމަވެސްކުރީވައްކަން ގައުމުވިއްކާލީ ބޭރުމީހުނައް ރައްޔިތަކައް ކޮއްދެވުނުކަމެއްނެއް އެޅުނުއިމަރާތެއްނެއް ހުރިތަންތަންވިއްކަލީ ކޭބަލް ކޮޅުވެސް ވިއްކާލީ އަޅާފަހުރި ފުލެޓްތައްވެސް ނިއްމާނުލެވުނު 4އަހަރުވަނީ ވައުދެއް ފުދައެއްނުލެވުނު ކީރިތިކުރެއްވުންނޫން ކަމެއްނުކުރެވުން މުޅިދައުލަތުގަ ކޮކޮޑި އާކޮވިޑް މިސާފުކުރަން ނިކުއްނަންވީ ކޮއްމެ ވައްކަމެއް ފަޅާއަރާއިރައް ލޮކްޑައުން ރައްޔިތުން ގޭބަންދު ރަޝުބަންދުގަ މީވެސްވެރިކަންކުރަން މޮޅުގޮތެއް

    69
  11. ސައީދު

    ކޮން ވާހަކަޔެއް! ތި ބޭފުޅާ ނަން ތިޔަ ލިސްޓުގަ ނެެއްނަމަ ލިސްޓުގެ ސައްހަކަމާ މެދު ސުވާލު އުފެދުނީސް ނަމަވެސް މިހާރު އެބައެގޭ ތިޔަ ލިސްޓު ރަގަޅުކަން

    72
  12. އިތުރު މިތުރު

    އަލީ އާޒިމުގެ ނަމާ އަދި ލިސްޓްގައި ދެންތިބި ހުރިހާ މީހުންގެ ނަން އުނިކޮށްދިނުން އަޅުގަނޑު ވަރަށް އެދެމެވެ.

    53
    1
  13. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    ލޯބިވާ މީހާ އާސްމާނަށް، ރުޅިއަރާ މީހާ ޑަސްބިނަށް،

    54
    1
  14. އޭކު ޚިޔާލް

    އަލީ ޢާޒިމްގެ ނަން އުނިކޮށްފައި ދެންތިބި އެންމެން ގެ ނަން ފޮހެލާށެވެ.

    57
  15. ޢަގީލަންބާ

    މިޚަބަރު ހުޅުވާލީމަ އިވެނީ ރޮޒެއިނާ އާއި މަވޯޓާ ޝަރީފު ހޭ އަަޑު.

    58
  16. ބިރަކާއިނުލާޚަޒާނާހުސްކުރާ

    އެއްވެސް މީހެއްގެނަން އެލިސްޓްގައި ބަހައްޓާނެކަމެއްނެތް، ހުރިހާއެއްމެންގެ ނަން އެލިސްޓުން އުނިކޮށްފަ އެއީ ހުސްކަރުދާސްގަނޑަކަށް ހަދާލަންފެނޭ، އެހެނީ އެއީ މައި ދެ ޕާޓިގެ މައިވަގުންތައްގުޅިގެން ރައްޔިތުންގެ ޚަޒާނާ ހުސްކޮށް ރައްޔިތުން ބިކަކޮށްލާފަ އެ ދެ ޕާޓީގެ އިސްސަފުގައިތިބިމީހުން ޖީބުތައްފުރާލައި އަދި އެމީހުންގެ ލީޑަރަކަށްޓަކަށް ރައްޔިތުން ޤުރުބާންކޮށްގެން ހިންގާފައިވާ ޖަރީމާއެއް، އެތަނުން ކާކުގެ ނަމެއްނުބާއްވާފަ ކާކުގެ ނަމެއް ބާއްވަންވީ، މިއަދު ރައްޔިތުންނަށް ހާމަވެގެންއެދިއައީ ތީހައްތަހާވެސް ބޮޑެތިވަގުންކަން، ރައްޔިތުން ބިކަކޮށްފަ މިހާރުވެސް ކުރަމުން އެދަނީ ހަމަ އެހާމެބޮޑެތި ޖަރީމާތައް، ތަފާތަކި މިފަހަރު ހިންގަނީ އެކަނިމާއެކަނި އެމީހަކާއި އެމީހަކާއިކަން

    51
  17. އިލްޔާސް ވަހީދު

    އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ނަން ހިމެނިފައިވާތީ އެސޮރައްރޭގަޑުނުވެސްނިދޭ މިކަލޭގެމުލީއާއިލާއަކީވެސްނުބެހޭކަމެއް ނޯންނާނެ މުޅިހެންވޭރައް ވެސްއުދަގޫ ފަލޫރަށެއްއޮތިއްޔާ މިހުރުހާވަގުން ފޮނުވާލާ....

    41
    1
  18. ދުންއެރި

    ސަރިއަތް ކުރަމުންދާއިރު ކުރިންނެތް ނަންތައްވެސް މިހާރު ފެންނާނެ ތެދުވެރިކަމާއެކު ތިކަން ކުރެވޭނެބާ

    41
  19. އީފާ

    ތިޔައީ މުޅިން ފޭކް ލިސްޓެއް، ތިކިަްޓާއި ކިސްޓް ޓައިޕްކުރި ކޮމްޕް ނެތްތާލީމާ ތިމައްސަލަ ނިމުނީ

    3
    3
  20. ޏަމް

    ބަލަ މީނަގެނަން އުނިކޮށްދޭން ބުނީމަ އުނިކޮށްދޭނެބާ ނޫނީ ނުދޭނެބާ ގައިމު ވަށްކަންކުރީމަތާ ވަގުންގެލިސްޓުގަ މީނަގެ ނަން އޮތީ މީނަ މިހާވަރަށް ސިހުރުވެރިން ފުމޭހެން ގޮށްގޮށަށް ފުމެން މި ފެށީ ކީއްވެބާ؟؟؟؟؟

    16
  21. އިންޑިއާ އައުޓް

    ބަލަކަލޯ އާޒިމު ހަކުރު ވިއްކާމީހާ ހަކުރާއެކު ހައްޔަރު ކުރީމަވެސް ބުނަނީ ތިމަންނަ ކުރާކަމެއް ނޫނޭ އިމަންނަ ނުވެސް ގެންގުޅެމޭ ތިޔަކަހަލަ އެއްޗެއް އެމީހާ މިހެން ބުނީމާ ކަލޯމެންމޭޒުމަތީ އޮންނަ ބަރު އެމީހާޔާ ދެކޮޅައް ހެކިދޭ އެކަމަކު ކަލޯ ބުނީމާ ބުނާހާ އެއޗެއް އެމީހާ ވަނީ ގަބޫލުކުރަން ނުވާނެ ތިކަމެއް ކަލޭ ކިށްވަތުގެ ފާއިސާ ކޭވަރު އެނގޭނީ ކަލެއާ ކަލޭ ހެއްދެވިފަރާތައް

    19
  22. ރުއް

    ހުރިހާ މީހުންވެގެން ރައްތިތުންގެ ލާރި ބަނޑުއަޅާލާފަ ބަނޑޭ ކިޔާނެ ކަމެއްނެއް ކޮން އިއްޒަތްތެރިއެއް ކިޔާކަށް ވަގުންތައް އަހަރުމެން މިތިބެނީ އެއްއިރު ކާފިއްޔާ އަނެއް އިރު ނުކައޭ ތިބި މަގާމުތަކުން އިސްތިއުފާދީފަ ރައްކާވޭ މިހާރު

    21
  23. އާދަމުގެދަރި

    އެމްޑީޕީގެ އާންމު މެންބަރުންނަށް ޕާޓީގެ އިސްފަރާތްތަކުން މިވަނީ އޮޅުވާލާފައި. ޕާޓީން މުޒާހަރާތައް ބާއްވަން ލާރި ހޯދާފައި މިވަނީ ޚިޔާނާތުގެ ފައިސާގެ ތެރެއިން. މިއީ އާދައިގެ ކަމެއް ނޫން. ޕާޓީގެ މެންބަރު ޖަލުން ނެރެން ރާވައިގެން ބޭއްވި މުޒާހަރާއަކަށް ޚަރަދުކުރަމުންދާގޮތް އެ މެންބަރަށް ނޭނގި އޮތުމަކީ ވާނެ ކަމެއް ނޫން. ޕާޓީގެ ފަރާތުން ބައްދަލުކުރަން މަޝްވަރާކުރަން ދާ އިސްބޭފުޅުން މި މައުލޫމާތު ނުދީ ނުތިބޭނެ. ޕާޓީގެ އާންމު މެންބަރުން މިކަންކަމާމެދު ފުންކޮށް ވިސްނަވާ! ރިޝްވަތާއި ފަސާދައާއި ޚިޔާނާތްތެރިން އިސް ސަފުގައި ތިބެގެން އެކަންކަން ފޮހެއެއް ނުލެވޭނެ.

    16
    2
  24. ރާސީންދާލް

    މަށޭކިޔާތަ.

    14
  25. ކާފަ

    އިއްޒަތްތެރި ވަގު

  26. ޢަލި

    ޢެލިސްޓްގައި ހިމެނޭ އެންމެންވެސް ސިޓީ ފޮނުވަންވީނުދޯ ލިސްޓުން އުނިކުރަން

  27. ޒަބީބު

    ދި އަދާ ޕާޓްނާރ އިން ކްރައިމް ހިތުން ބޮޑުވަޒީރު އުޅުއްވަނީ އަވަހަށް ގޮހޮރު ފޫބައްދަން ދާ ނަމުގައި ޖަރުމަން ވިލާތުގެ މިނިވަން ޖައްވަށް ފުރަން. އެމްއެމްޕީއާރސީ ބޮޑު ވައްކަމުގެ މާސްޓަރ މައިންޑް މިހާރު ޖަލުގައި ހުއްޓާ އެހުރީ ބަރުލަމާނީ ސުރުވާ ކައްކަން ގެއަށް ބަދަލުކޮށްދީފައި. މިދީބުގެ ފޮށިފަޅަން ފޮނުވި ސޮރު ހުރީ ދައުލަތާއިއެކު ރަންކިޔައިގެން ކައިވެނީގެ އުއްމީދުގައި ގޭގައި މަޑުކޮށްލައިގެން. މަޖިލިސް މެމްބަރުނާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިބި އެންމެން ތެޅިބާލަނީ ލިސްޓުން ނަން އުނިކުރަން. ދެން މިވާގޮތް ވިސްނާ ފިކުރު ކުރާ ބަޔަކަށް ފަހުމުވާނެ ތޯއްޗެއް!!!!!

    5
    1
  28. ރާކަނި

    ލަދެއް ޙަޔާތެއް ނެތް ބޮޑު ވަގެއް. މި ވަގުގެ ނަން ލިސްޓުން އުނިކޮށްގެން ނުވާނެ. މަޤާމުން ވަކިކޮށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ގޮވާލަން. މިއީ އެމްޑީޕީ އަށް ވެސް ހުރި ހުތުރެއް. މިވަރު މީހެއް މިގެން މަޖިލީހުގައި އަނަގާ ހާވަނީ. ބޮޑު ވަގެއް.

  29. އަހްމަދު

    އެިލިސްޓުގައި ހިމެނޭ އެންމެގެން ނަންތައްވެސް ނަގާފައި އެއެންމެންނަކީ ފަސްބައިގެ ކިލަނބުކަމެއް ނެތްބަޔަކަށް ހަދަންވީ!

  30. ސަމާ މުހުސިން

    ރައްޔިތުން ގުނބޯހެއްދުމުގައި ކުރާކަންކަންމީ. ލިސްޓުހެދީ، ރިލީސް ކުރަނީ، ބަލަނީ، އަދި ފިޔަވަޅުއަޅަނީ އެއްބަޔަކު. ދެން ކިތަންމެ ވަރަކަށް މިތާ ކޮންމެ ކޮޅަކަށް ކަންކަން ކުރިޔަސް ހަމަ އެމީހުން ބޭނުން އެއްޗެއް ބޭނުންގޮތަކަށް ބޭނުންވައްތަރަކަށް ބޭނުން ނަތީޖާއެއް ނުކުންނަގޮތަށް ކުރާނީ. މެޖޯރިޓީ ރައްޔިތުން ވިސްނާނީކީ ނޫންވިއްޔަ. ކިޔޭ، އަޑުއިވޭ އެއްޗަކުން ފުއްދާލާނީ. އެހެންވީމަ ތިޔަކުޅޭ ގޭމު ރަނގަޅު. ރައްޔިތުން ގުނބޯހެއްދުމާއިގެން ކުރިޔަށް.

  31. ދުުނިދަޑި

    ދެން އެއްޗެކޭ ކިޔާ ސަލާމަތްވޭ

  32. އައްޑޫ މީހާ

    ކަލޭގެ ނަން އުނިކުރަން ޖެހޭ ސަބަބެއް ނެތް އެހެން އުނިކުރަންޏާ ޔާމީނުގެ ނަންވެސް އުނިކުރަން ޖެހޭ

  33. ކައުންސެލަރު 🙌

    މިސްކިތް ހުޅުޖެހީ މަށޭކިޔާތައެބަ؟

  34. ނިޒާމު

    ތީ ތަސްމީނު ހުލިއަރުވާލި ސޮރު،