ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ފުރަބަންދު ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި ތައްޔާރުވެގެން ތިބުމަށް ހެލްޕް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މިހާރުން ފެށިގެން ފުރަބަންދުގެ ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި ތައްޔާރުވެގެން ތިބުމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.

"މިހާރުން ފެށިގެން ފުރަބަންދުގެ ހާލަތަކަށް ރާއްޖެ ގޮސްދާނެ ކަމަށް، ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ އެ މަސައްކަތް ފައްޓާފައި". މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ ފުރަބަންދު ކުރުމަށް އެކަމާއި ގުޅުން ހުރި އިދާރާތާކާއެކު ވަރަށް ބޮޑަށް ދަނީ ވާހަކަދެކެވެމުންނެވެ. "ވަގުތު"އަށް ލިބުނު މައުލޫމާތަށް ބަލާއިރު، މާދަމާވެސް ރާއްޖެ ފުރަބަންދުކޮށްފާނެ އެވެ.

އެގޮތުން މާލެ ސަރަހައްދު ދެ ހަފްތާއަށް ފުރަބަންދު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

އަދި ފުރަބަންދު ކުރުމުގެ ކުރިން މިހާރު މަޝްވަރާ ކުރަމުން ދަނީ ފުރަބަންދުގެ މުއްދަތުގައި ލުއި ދޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ވަޒީފާއަށް ދާ މީހުންނަށް ވީހާވެސް ލުއިގޮތްތަކެއް ހަމަޖެއްސޭނެ ގޮތަކާއި މެދު މަޝްވަރާ ކޮށްފައެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ފުލުހުންގެ އެންފޯސްމެންޓް ވަރުގަަދަކޮށް މަގުތަކުގައި ތިބޭ ފުލުހުންގެ އަދަދު އިތުރުކުރުމާއި، މިހާރަށްވުރެ ބޮޑަށް ކަންކަން ދޭތޯ ބެލުމަށް އަންގާފައި ވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 38،520 އަށް އަރާފައެވެ. އަދި މިހާރު ފައްސިވެ ފަރުވާދެމުން ދަނީ 11626 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަކޭ

  ބޭންކުތަކަށް ތިހެން އަންގަދީ.

  20
  1
 2. ޙހހހހ

  ދެން ރާއްޖެތެރެ ރައްތައް ކުރޭތަ

  10
  1
 3. ޙަހަހަ

  އަދި ތަންކޮޅެއް އަވަސް ކަންނޭނގެ

  15
 4. ޙަސަނު

  ހެޔޮނުވާނެ އަދި މަޑުކޮއްލަދީ 1 ހަފްތާއައް ، މިއަދު 1500 މީހުން ދޯ ، 2500 އައް އަރަންދެން މަޑުކޮއްލަދީ އާދޭސް ކޮއްފަބުނަން.
  މިއޮތީވާ ގައުމެއް ، ބަލަންހުންނައްޗޭ އެންމެ ފަހުވަގުތު ހުރިހާ ކަމެއް ކަނޑާލާނީ ރަތްޔިތުންގެ ބޮލައް.

  8
  1
 5. ގަނޖ

  ހުރިހާ ރައްތައް ވެސް ކުރަންވީ ރައްކާވެ ތިބިއްޔާ ދަތުރު

  7
  1
 6. ކާފަބޭ2020

  ޑޮކްޓަރުންގެއާދޭސްބޮލާލާޖެހާފަ ވާނެހާއެއްޗެއްވާންދޫކޮށްލާފަ ހުރިހާނިކަމެތިކަން އާދައިގެރައިއްޔަތުންހަނާވެދިޔައީ ވަކިބަޔަކަށް ބޭގަރާރުތައްނެރެދެވުނީ ދެންވާހަކަގިނަނުކޮށް އިސްތިއުފާދޭށެވެ ނޫނީ ލޯނުތައްނަގައިގެންދަރަނިވެރިވާމީހުންގެ ދަރަނިތައް ކުޑަކޮއްދިނުމަށްޓަކައި އެލޯނުތަކުގެ އިންޓުރަސްޓުރޭޓުދަށްކޮށް އިންޓުރަސްޓުގެބައި އިތުރުނުވާނެގޮތެއްހަދައިދޭށެވެ. ކޮމިޝަންތައްހަދައިގެން ތިޖަހާސަކަރާތަށްވުރެރައިއްޔަތުންނަށް ވާނެފައިދާއޭރުންބޮޑުވާނެކަންޔަގީނެވެ.

  3
  1
 7. މަބް

  ވައްކަންތައް ފޮރުވަން ޓވ އައް އަރުވާ ސޮރެއް މިއީ.

  7
  1
 8. ޝަވީ

  މާލޭގެ މަގުތަކައް ޗައިނާގަ ހެދިހެން ދުންޖަހާބަލަ. އަދި ވެކްސީންދެވަނަ ޑޯޒް ފުރިހަމަ ނުވެ ތިބި އެންމެނައް ދީބަލަ. އަދި އަނގި ލައިގެން މެނުވީ ބޭރައް ނުނިކުމެވޭ ގޮތައް ހަދާބަލަ.

  3
  1
 9. ރޯދަމުބާރަކް!

  ތިޔަބޭފުޅުން ބޭނުންވީމާ ފުރަބަންދު، ބޭނުން ނުވީމަ ބަންދު ނުކޮށް ރައްޔިތުން ބޮލުގަ އިލްޒާމު އަޅުވާފަ...!! އަޅުގަނޑުމެން ނިކަމެތިން ހަމަ ތި ބެންޖެހޭނީ...!! އަލް ހަމްދުލިއްލާހި! އީދު މުބާރަކް!

 10. ދަންތުރަ

  ޞިއްޙީ މާހިރުންގެ ލަފަޔާ އީ ސީގެ ބަސް ބޮލާ ލާ ޖަހާފަ ކެންޕޭނަށާ ވޯޓްދޭން ކަރަންޓީނެއްނެތި ރަށްތަކަށް ހެސްކިޔާފަ މީހުން އެރުވީމާ މިއޮތީ ވާނެ ހައެތި ވެފަ! ދެންވެސް ކަމެއްކުރަންޏާ ބޮޑުރަސްމިއްޔާތަކާ އެކު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަދީ!