ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ނަން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ ފައިސާ ލިބިފައިވާ ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތައް ބާތިލްކުރަން ޖެހޭ ކަމަށް އެމަނިކުފާނު އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ އޮންލައިން ނޫހަކުން ލިޔެފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާކުރައްވަމުންނެވެ. އެ ހަބަރުގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ތިން މިލިއަން ރުފިޔާ ޕީޖީ ޝަމީމަށް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް ޝަމީމް ވަނީ އެކަން ދޮގުކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން މިހާރު ވަނީ އެ ލިސްޓު ދިރާސާ ކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

ޖަމީލް ކުރައްވާފައިވާ ޓްވީޓްގައި ވަނީ ޕީޖީ ޝަމީމްގެ ނަން އެ ލިސްޓުގައި ހިމެނޭނަމަ، އޭނާ މަގާމުން ދުރުކުރުމަސް ގޮވާލާފައެވެ. އަދި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ހައްގު ނޫން ދައުވާތަކެއް ކަމަށް ވިދާޅުވެ އެ ދައުވާތައް ބާތިލް ކުރުމަށް ޖަމީލް ގޮވާލެއްވިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާއިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ގެންދަނީ ދޭތެރެ ދޭތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގަމުންނެވެ. އިތުރު ދައުވާތަކެއް އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ވަނީ ފޮނުވައިފައެވެ.

ރޯދަމަހުގެ 17 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މާފުށީ ޖަލުގައި ހުންނަވާތާ 500 އަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. އެހެންކަމުން އެމަނިކުފާނު ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ރައީސްއަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢިއްތިހާދު

    މިވަގުންގެ ބާރުންސަލާމައަތްވުމައް އދ ގެއެހިއައް ރައްޔިތުން އެދެންވީ މުޅިދައުލަތުގެ ގުނަވަންތަކައް މިވަބާ ފެތުރިފަ ހަންބޯވެފަވަނީ މިކަމުން އަރާގަނެ ވޭނީ ބޭރުގެ އެހީލިބިގެން މިކަމާ ގުޅިފަނެއް ގުނަވަނެއްނެއް އިންސާފުހޯދަ ދޭންބުނިބަޔަކުރީތީ ކޯޓާ ބޫޓައް އަރާތިބެ ކުރަނީވައްކަން ރެއާދުވަލު ހޭބޯނާރާ.

  2. އައްޑޫ މީހާ

    ޝަމީމް އެކަން ދޮގު ކުރާނެ ކަމެއްނެތް އަދީބުގެ ވަކީލަކަށް ދިޔަކަން ސާބިތުވޭ ދެން ކޮން ދޮގެއް ހަދާކަށް ޝަމީމަށް އެވަރުގެ އަދަދުން ފައިސާ ލިބިގެން ޔާމީނުގެ މައްޗަށް އެގޮތައް ހުކުމް ކުރީ ހުކުމްކުރި ގާޒީ އަލީ ރަޝީދަށްވެސް އެވަރުގެ ފައިސާގެ އަދަދެއް މިސަރުކާރުން ދީފައިވޭ ދެން ގުދޯ ގުދޯ ނުގޮވައްޗޭ ޕީޖި ބޮޑުވަގު ޝަމީމް

    19
  3. Anonymous

    ތަބައްޕާ ހުރަވަޅިޔާ ބާތިލްކެރަންޖެހެންނޭ

  4. ކިނޮޅަހު ބޭރި

    ހުސް އެކަތީގެ މީހުން. ބޮނޑިބަތް ޖަމީލެކޭ ޝަމީމެކޭ ތަފާތެއް ނެތް. އެކަމަކު ބޮނޑިބަތް ޖަމީލު ވަރުގެ ޙަޔާތް ކުޑަ މީހަކު ނުދެކެން. އިބޫ ޞާލިޙުމެން ނުބައި ނަމަ، ތި ބޮނޑިބަތް ގަނޑު ކައްކާނީ ޖަލުގައި. ޔާމީނު ވެރިކަން ނަމަ، ޔަޤީންވާ ކަމަކީ އަބަދުވެސް ތި ބޮނޑިބަތް ގަނޑު ކެކިކެކި ތަތްވާނީ ހުރަގޭގައި. ތި ދެމީހުންނަށް ވެސް ޙައްޤުވާ ތަނަކީ ހުރަގެ.

  5. ޚިޔާލު 3

    އަދީބު ހައްޔަރު ކޮށްގެން ލޯޔަރު ފީގެ ގޮތުގައި ދީފަ ވާ ފައިސާ އެމް.އެމް.ޕީ އާރު ފައިސާއަށް ވީ ކިހިނެއްތޯ. ބުނެދެއް ވާބަލަ.

  6. ފަރެސް

    މިފަދަބޮޑެތިޚިޔާނަތްތަކުގައިބައިވެރިވެ މަތީމަގާމްތަކުގައި ތިއްބަވައިގެން ކަމެއްރަގަޅުވާނެތޯ
    ޖަމީލްބުނުއްވާފަދައިން ޕީޖީގެ ނަން ލިސްޓްތުގައި އޮތްނަމަ ރައީސް ޔާމީނުގެ ދަޢުވާތައް
    ބާތިލްކުރަންޖެހޭ އެއީ މިފަދަޚިޔާނަތްތެރިއަކަށް ރަގަޅުދަޢުވާއެއް ނުކުރެވޭނެކަމަށް ބެލެވޭތީ
    މިހާރުއެނގިއްޖެ މިރާޖޭގެ ވެރިކަންކުރެއްވި ފަރާތަކަށް ( ގައުމުގެ ތަރައްގީގެ މޭސްތިރިއެއް)
    ނުހައްގުބޮޑު ހުކުމްއިއްވީ ބޮޑުޚިޔާނާތެއްއޮތީމަ އެކަމުންރެކެން ބަޔަކު ހިތްހަމަޖެއްސުމަށް
    ނަމަވެސް ހުރިހާކަމެއްމޮޅަށް ދެނެވޮޑިގެންވާފަރާތެއްވޭ އެފަރާތައް ގޮންޖައްސަވާ އެއްކަމެއްވެސް
    ނުކުރެވޭނެ އެކަމުގެ ހެއްކެތް ޚިޔާނަތްވެސް ފަޅާއަރާބޭޒާރުވުން

  7. ގލ

    ކާކުތޯ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް އެއްބަސް ވާނީ؟
    މޑޕ އަށް ރަޖިސްޓްރީ ވެފައި ވާ މީހުންގެ ތެރެއިން
    ރ ޔާމީންގެ ސަރުކާރަށް ވަގަށް ގޮ ވި އެންމެން ވަނީ ޚިޔާނާތުގައި ބައި ވެރި ވެ ބޮޑެތި މަންފާތަށް ހޯދާފައެ ވެ.
    އެ އެންމެންގެ މައްޗަށް ތަހްގީ ހިންގައި ޝަރީޢަތް ކުރެވެ ވެން
    ޖެހޭއިރު އެކަންކަން މިސަރުކާރުން ވަނީ ފަސްއަޅާފޮރު ވާފައެ ވެ.
    އަދި ކުށް ވެރިއަކީ ރ ޔާމީންކަމަށް ނިންމާފައެ ވެ.

  8. ގލޅ

    ޕޖ ސަމީމް މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް
    ގޮ ވާލަން! އެއް ވެސް އުޒުރެއް ދެއްކުމުގެ ބޭނުމެއް ނެތް!

  9. ތުއްތުބޭބެ

    ޝަރުައީ ޙުކުމަކާއިނުލައި ޚިޔާނާތްވީކަމަށް ނިންމުމަކީ ކާކަށް ކުރެވޭނެ ކަމެއްތޯ؟؟