ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އީދު ސަލާން ކުރަން މިއަދު އެތައް ހާސް ބަޔަކު ރަސްރަނި ބަގީޗާއަށް އެއްވެއްޖެއެވެ.

ރައީސް އާއި އީދު ސަލާން ކުރުން ފެށީ މިއަދު ހެނދުނު 9:00 ގައެވެ. ކުރިން އެއްގަޑިއިރަށް އީދު ސަލާން ކުރުން އެއް ގަޑިއިރަށް ބާއްވަން ނިންމި ނަމަވެސް އެތައް ހާސް ބަޔަކު ސަލާން ކުރަން ޖަމާވުމުން ސަލާން ކުރުން ވަނީ ދެ ގަޑިއިރެއްހާ އިރަށް ކުރިއަށް ގެންގޮސްފައެވެ.

ރައީސުލް ޖުމްހޫރިއްޔާއާއި ސަލާން ކުރަން ދިޔަ މީހުންގެ ކިޔޫ ރަސްރަނި ބަގީޗާއިން ހުކުރު މިސްކިތާއި ހަމައަށް ދެމިގެން ދިޔައެވެ.

ރައީސް އާއި ސަލާން ކުރަން ދިޔަ މީހުންގެ ތެރޭގައި ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންވެސް ހިމެނެއެވެ. މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާވެސް ސަލާންކުރަން ވަޑައިގެންނެވިއެވެ. މީގެ އިތުރުން އެހެން ބޭރު ގައުމުތަކުގެ ސަފީރުން ވަޑައިގެންނެވިއެވެ.

މީގެ ކުރީގެ އީދުތަކުގައި ވެސް ރައީސްގެ އީދު ސަލާމަށް ގިނަ އަދަދެއްގެ މީހުން ވަނީ ގޮސްފައެވެ. އާންމުކޮށް ޒުވާނުން ވެސް އީދު ސަލާމަށް ގޮސް އުޅޭއިރު ރައީސް އާއިއެކު ސެލްފީ ނެގުމަކީ އާންމު ކަމެކެވެ.

ރައީސް ޔާމީން މިއަދު ފޮނުއްވި އީދު ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ ފިތުރު އީދުގެ އުފާ ފާޅުކުރަމުން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިޔާވަހިކަމެއް ނުލިބި، ބަނޑުހައިހޫނުކަން ތަހައްމުލް ކުރަމުންގެންދާ ނިކަމެތި މުސްލިމުންނަށް ހަމްދަރުދީވެ، އެމީހުންނަށް ހެޔޮދުއާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގިވްއިން

    ރައީސް އާއި ސަލާން ކުރަން އެތައް ހާސް ބަޔަކު ރަސްރަންޏަށް ދިޔައީ އެއީ މަޖްބޫރު ކޮށްގެން ވެސް ނޫނޭ އެއީ ސީދާ ދާހިތުން ދިޔާއީއޭ މަމެން ނަށް ވެސް މެސެޖް އައޭ އެއުސޫލުން ކޮންމެ މީހެއްގެ ފޯނަށް މެސެޖޭ ދިޔާ ދެން ހުރިހާ ކުދިން ވެސް ދިޔާ ދާ ހިތުންނޭ ރައްިޔިތުން ގެ އެތައް ހާސް ބަޔަކު ރައީސް އާއި އީދު ސަލާމް ކުރަން ދިޔާ އެއީ އެމެންގެ ވެސް އުއްމީދެއް ވާތީއޭ އެގޮތުން ބަލާއިރު މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ 15 ހާސް މީހުންނަށް ފްލެޓްސް ތައް ނުދެވޭނަމަ މިހާރު ހުޅުމާލެ ދޭއްގައި ހުރި ހުސް ބިން ތަކުން ކޮންމެ މީހަކަށް 1000 އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް 100 އަހަރު ދުވަސް ވަންދެން ދައްކާ ގޮތަށް ކުއްޔަށް ދޭންވީއޭ ބިން ހުސްވެއްޖެނަމަ އަނެއްކާ ހުޅުމާލެ ފަޅު ތެރެ ހިއްކާލާނީއޭ ކޮން އެޗްޑީސީ ޕްލޭނެއް ތޭ އެޗްޑީސީ ޕްލޭން އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ. އައި ހޭވް ސްޕެންޓް ލައިފް ޓައިމް ލުކިންގް ފޯރ ސަމްތިންގް އެމޭޒިންގް އެން ފްލޯލެސް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  2. ވިންގްސް

    ރައީސް އާއި ސަލާން ކުރަން އެތައް ހާސް ބަޔަކު ރަސްރަންޏަށް ދިއުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ދެން ރޯދަ މަސް ވެސް ނިމުމާއި އެކު މިފަހަރު މާލެ ސަރަަހައްްދުން ވޯޓް ލާމީހުންގެ %95 ވޯޓް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ނަގާނެ ކަމަށް. އެއިރުން ކެނެރީގެ ނަޝީދު ތަންޑާވާނެ ކަން މަމެންނަށް ޔަގީނޭ އެއިރުން އޭނާ ދެފައިދަނޑި އަށް ޖެހޭނީ ސީލާން ދޯ ދެން ރާއްޖޭގެ ސިޔާސީ މައިދާނުގައި އޭނާ އުޅެން ބޭނުން ނަމަ. މިގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީންގެ އަދަދު 30 ހާހަށް އަރައޭ އެކަން ނުވިއޭ އިމިގްރޭޝަން އަށް އިމިގްރޭޝަން އަތުން އެޓާސް ނަގާ ވަރުގަދަ ޓާސްކް ފޯހެއް ޕޮލިހުންގެ ތެރޭގައި ހަދާ ސެޕްޓެމްބަރު މަހުގެ އެެކެއްގެ ކުރިން މާލެ ސަރަހައްްދުގައި ތިބިއްޔާ ތިބި ގަވާއިދާއި ޚިލާފަށް އުޅޭ ހުރިހާ ބަންގާޅީން ފުލުހުން ހޯދާ ފުރުވާލަންވީއޭ އަދި އަމިއްލަ ކުންފުނި ތަކުގެ ކޯޓާ އިން ފްރީޒް ކޮށްފައިވާ ފިލައިގެން އުޅޭ ބަންގާޅީންގެ ބައި ވެސް އަންފްރީޒް ކޮށްލާ ބަންގާޅުން މީހުން ގެންނަން މިހާރު ޑިޕޮޒިޓްގެ ގޮތުގައި ދައްކާ 8 ހާސް ރުފިޔާ 4 ހާސް ރުފިޔާ އަށްބަދަލު ކޮށް ހަދަންވީއޭ. މިހާރު އިމިގްރޭޝަން އިން ބަންގާޅުން މީހުން ގެންނަން ހަމަޖައްސާފައި އޮތް ގޮތުން ދެން ވަރަށް ބަންގާޅުން ނުފިލާނެއޭ އަދި ފުލުހުން ކޮންޓިނިއަސް ކޮށް މުޅި ރާއްޖޭގައި އަތް ފުނާ އަޅައިގެން ތާ އަބަދު ފިލައިގެން އުޅޭ ބަންގާޅުން ހޯދާ ނަމަ ދެން އެމެން ނުފިލާނެއޭ ފިލައިގެން އުޅޭ ބަންގާޅީންގެ ޗެޕްޓަރ އެއިރަށް ކްލޯސްވާނެއޭ. އިމިގްރޭޝަން އަށް އެކަން ނުވާނެއޭ އެމެން އެކަން ނުވެސް ކުރާނެއޭ އެއީ ކޮރަޕްޓް ލޯރޑުން ތަކެއް ހިންގާ ބޮޑު ވައްކަމެކޭ އެމެން އަތުން ފިލައިގެން އުޅޭ މީހުންގެ ކަންކަން ނަގަންވީއޭ. މީ ކެނެރީގެ ނަޝީދަށް ވެސް ނުކުރެވުނު ކަމެއް އަދި މައުމޫނަށް ވެސް ނުކުރެވުނު ކަމެއް މަމެން މިކަން ކާމިޔާބު ކޮށް ހަދާ މާލެ ސަރަހައްދުގެ ހުރިހާ ވިޔަފާރި ވެރިންގެ ހިތް ތަކުން ވިން ވުމުން ދެން އެމެން އުފަލުން ވޯޓް ދޭނެ ނޫންތޭ އެމެންގެ ވިޔަފާރި އަށް ފަހި ގޮތް ތަކެއް ހޯދާ ދިނުމުން. ދޭ ސޭ ވީ ޑޯންޓް ނޯ ވަޓް ޓު ބީ ޑަން އައި ވޮނާ ޕްރޫވް ދޭއާރ ރޯންގް. ވީއާރ ދަ ރާދަރ ތިންގްސް އެން ރާދަރ ތިންގްސް ވިލް ނެވަރ ޑައި އެން ވެން ދޭ ނޯ ހައު މަޗް ވީ މީން އިޓް ދޭވިލް ކަމް ޓު ނޯ ވީއާރ ދަ ސްޕެޝަލް ތިންގް ވީއާރ ދަ ސްޕެޝަލް ތިންގްސް އިޓްްސް ލައިކް ވީއާރ ފްލައިންގް ވިދައުޓް ވިންގްސް އައި އޭމް ފްލައިންގް ވިދައުޓް ވިންގްސް އައި އޭމް ފްލައިންގް ވިދައުޓް ވިންގްސް އައި އޭމް ފްލައިންގް ވިދައުޓް ވިންގްސް...