22:39

ރާއްޖެ އިން އިތުރު 1572 މީހުން ކޮވިޑަށް ފައްސިވެއްޖެ.

19:38

ކޮވިޑް-19އާ ދެކޮޅަށް އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ

18:54

ކޮވިޑް-19 އާ ގުޅިގެން އައްޑު އާއި ފުވަމުލައްކު ސިޓީގައި ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި

18:29

މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ގދ.ތިނަދޫއާއި ފ.ނިލަންދޫ ގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

17:27

ށ. ކަނޑިތީމުން ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

10:55

ދުވަހަކު ކޮވިޑަށް ޓެސްޓް ނުކުރާ ދިވެއްސަކު ކޮވިޑަށް ފައްސިވެއްޖެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައި ހުރި ފިޔަވަޅުތައް އުވާލުމުން ހާލަތު ގޯސްވެ، ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ހީވުމުން މާދަމާ އިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ.

އެގޮތުން ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. ރެސްޓޯރެންޓްތައް އެއްހަފްތާ ދުވަހަށް ވަނީ ބަންދުކޮށްފައެވެ. އަދި ޖަމާޢަތުގައި ނަމާދު ކުރުން ވެސް ހުއްޓާލަން ވަނީ އަންގާފައެވެ.

މިފިޔަވަޅުތައް އަޅާފައި މިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުކަށި ނުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިއަދު ވެސް 1501 މީހަކު ކޮވިޑަށް ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަބޭ

    ކޮވިޑްގެކަންކަން ހަމައިންނައްޓާލިީ ކޮނަބަޔެއްގެ އިހުމާލުންތޯބަލަން ތަހުގީގެއްހިންގަންއެބަޖެހޭ

    21
    1
    • މުހައްމަދު

      ކުރީ ސަރުކާރުގެ ސަބަބުން.

      4
      1
  2. ބަބުރު

    ސޯލިހުއަށް ވެރިކަން ހިންގަންނޭނގުމަކީ ޖެހިގެންއުޅޭ އެންމެބޮޑު މުސީބާތް.

    8
    1
  3. ފީރޯޒް

    އެޗްޕީއޭ ފެއިލް ވެފަ.. ޕޮޒިޓިވް ވިއަސް އަންގަނީ 3 4 ދުވަސް ފަހުން.. ދެން ކޮން ލޮކްޑައުން އެކޭ ކިޔާކަށް؟؟ ރައްޔިތުން ހަނާ އަރުވާލައިފި..

    8
    2
  4. ދިދަ ދަނޑި

    ކުރިން ފިޔަވަޅު އެޅިނަމަ މިއަދު މިހެން ނުވީސް..

    9
    1